ހޮޅުދޫއިން ކުއްޖަކު ރައީސް ޔާމީންއަށް ކާޑެއް ހަވާލުކުރަނީ/ ފޮޓޯ: ވޮއިސް
ހަބަރު
25 Oct 2022 | 21:28
"ހޮޅުދޫއާއި މީދޫ ބްރިޖަކުން ގުޅާލުމަށް ދެކޭ ހުވަފެން ފުއްދަވާދެއްވާ"

ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު ނ އަތޮޅަށް ކުރައްވާ ދަތުރުފުޅައި ހޮޅުދޫއަށް ވަޑައިގަތުމުން އެމަނިކުފާނުގެ އިސްތިގުބާލުގައި ހުރި ކުއްޖަކު، ހުޅުދޫއާއި މީދޫ ބްރިޖަކުން ގުޅާލުމަށް ދެކޭ ހުވަފެން ރައީސް ޔާމީންއާއި ހިއްސާކުރައްވައިފިއެވެ. 

އެމަނިކުފާނު ހޮޅުދޫއަށް ވަޑައިގަތުމުން އެމަނިކުފާނުގެ އިސްތިގުބާލުގައި ހުރި އެ ކުއްޖާ ވަނީ ހޮޅުދޫއާއި މީދޫ ބްރިޖަކުން ގުޅާލުމަށް ދެކޭ ހުވަފެން ދައްކުވައިދޭ ކުރެހުމެއް ރައީސް ޔާމީންގެ އަތްޕުޅަށް އަރުވާފައެވެ.

އެ ކުރެހުމުގައި އޮތީ ހޮޅުދޫއާއި މީދޫ ބްރިޖަކުން ގުޅުވާލާފައިވާ މަންޒަރެވެ. އަދި އެ ބްރިޖާއެކު އުސް އިމާރާތްތަކާއި އެ ކުރެހުމުގައި ވަނީ ކުރަހާފައެވެ. 

ރައީސް ޔާމީންގެ އަތްޕުޅަށް އެރުވި އެ ކާޑުގައި "އައި ވިޝް މައި ޑްރީމް ކަމް ޓްރޫ" މިފަދައިން ލިޔެފައި އޮތެވެ. 

ހޮޅުދޫގެ ތުއްތު ކުއްޖަކު ރައީސް ޔާމީންގެ އަތްޕުޅަށް އެރުވި ކާޑު (އެ ކުއްޖާގެ ޑްރީމް)

ރައީސް ޔާމީން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ތިބޭ ތުއްތު ކުދިން، މީގެ ކުރިންވެސް ވަނީ އެ ކުދިންގެ ޑްރީމްތައް ނުވަތަ ޝުއޫރުތައް ކާޑުތަކުގެ ސިފައިގައި ކުރަހާ ރައީސް ޔާމީންގެ އަތްޕުޅަށް އަރުވާފައެވެ. 

އެގޮތުން ރައީސް ޔާމީން އަކީ ހީރޯއެއްކަމަށް ލިޔެފައިވާ ކާޑެއް ހއ އަތޮޅަށް ކުރެއްވި ދަތުރުގައި ތުއްތު ކުއްޖަކު އެމަނިކުފާނާއި ހަވާލުކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ. 

ރައީސް ޔާމީން ނ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ހޮޅުދޫއަށް ވަޑައިގަތުމުން، ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. އެމަނިކުފާނުގެ އިސްތިގުބާލުގައި ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު ސަރަހައްދުގައި ތިއްބެވިތަން ފެނިގެން ގޮސްފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.