ޑރ މުހައްމަދު މުއިއްޒު
ހަބަރު
24 Aug 2023 | 19:45
މުޅި ރާއްޖެއަށްވެސް މިވީ އަމީނީ މަގަށް ވީވަރު: މުއިއްޒު

މި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ނުނިމި ދިގުލައިގެން ގޮސް މުޅި ރާއްޖެއަށް ވެސް މިހާރު ވެފައި އޮތީ އަމީނީ މަގަށް ވީ ގޮތް ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ މަޝްރޫއުތަކަށް ކުރިއަށްދާ ދުވެއްޔާމެދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ. 

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ނ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ހޮޅުދޫއަށް ވަޑައިގެން އެރަށުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ބޭއްވި ޖަލްސާގައި އެރަށުގެ ރައްޔިތުންވަނީ އެ ރަށުގައި ފަށާފައި ހުރި މަޝްރޫއުތައް ނުނިމި ލަސްވުމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

މިކަމާއި ގުޅިގެން މުއިއްޒު ވިދާޅުވީ މި ސަރުކާރަށް ފަސް އަހަރުގެ ދައުރެއް ނިމޭއިރު މަޝްރޫޢެއް ނުނިންމުމުން ހައިރާނެއް ނުވާކަމަށާއި، މި ސަރުކާރުގެ ދުވެލި ހުރިވަރު މާލޭގައި ހިނގަމުންދާ އަމީނީމަގުގެ މަޝްރޫޢަށް ބަލައިލުމުން އެނގޭކަމުގައެވެ. 

ޑރ މުއިއްޒު ނ ހޮޅުދުއަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން އެ ރަށުގައި ފަށައިފައިވާ ފެނުގެ ނިޒާމުގެ މަޝްރޫޢު ނުނިމި ދިގުލައިގެން ދިއުމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

އަޅުގަނޑު ހީކުރީ އަމީނީ މަގު ހެދެން އޮތް އަގަށް ވުރެ ދެގުނަ ބައި އަގު ބޮޑުކޮށް ހަވާލުކޮށްލީމަ ވަރަށް ބާރަށް ދާނޭ، އެހެނެއް ނޫން މި ވަނީކީ، އެހެން (އަމީނީ މަގުގެ މަޝްރޫއު ހެން) މުޅި ރާއްޖެ

ޑރ މުއިއްޒު 

އެގޮތުން މުއިއްޒު ވަނީ، ހޮޅުދޫ ރައްޔިތުން ބޭނުންވެފައިވާ ސާފު ފެނުގެ އަސާސީ ހިދުމަތް ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި ހާއްސަ އިސްކަމެއް ދެއްވައިގެން ބާރު ސްޕީޑުގައި ނިންމައިދޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. 

މީގެ އިތުރުންވެސް ހޮޅުދޫގެ ރައްޔިތުން އެދޭ ގޮތަށް މުޅިން އާ ސްކޫލް އިމާރާތެއް އަޅައިދިނުމާއި، ހޮޅުދޫ ފަޅުތެރޭގައި އޮންނަ ފަޅުރަށެއް ކަމަށްވާ މީދޫގައި ހައުސިން ޔުނިޓު އަޅާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އިތުރުން ހޮޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހަދައިދެއްވާނެ ކަމުގައި މުއިއްޒު ވަނީ ވައުދުވެ ވަޑައިގެންފައެވެ. 

 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.