އިދިކޮޅު ލޯޑަޝިޕްގެ ބޭފުޅުން/ ފޮޓޯ: ވޮއިސް
ހަބަރު
12 Jul 2023 | 08:15
އާރުޑީސީއިން ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅުތައް ނާޅާ ހުންނަކަން ފާހަގަ ކުރެވޭ: އިދިކޮޅު

އާރުޑީސީއިން ކުރިއަށް ގެންދާ މަޝްރޫޢުތަކުގައި މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅުތައް ނާޅާ ހުންނަކަން ފާހަގަ ކުރެވޭ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން ބުނެފިއެވެ.

އެ ކޯލިޝަނުން މިފަދައިނަ ބުނެފައިވަނީ ނ. ހޮޅުދޫ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ފާރެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާގައި އަނިޔާ ލިބުނު ފަރާތްތަކާށާއި އެފަރާތްތަކުގެ ޢާއިލާތަކަށް ހަމްދަރުދީ ފޮނުވާ ނެރުނު ބަޔާނުގައެވެ.

އެގޮތުން މި ހާދިސާގައި އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދި ދުޢާ ކުރާ ކަމަށާއި އަނިޔާ ލިބުނު ފަރާތްތަކަށާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް ކޯލިޝަންގެ ލީޑަރު ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމާއި، ލީޑަރޝިޕާއި، ސެނެޓަރުން އަދި ޢާންމު މެންބަރުންގެ ހަމްދަރުދީ ފާޅުކުރާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

މިއާއިއެކު އާރުޑީސީގެ ފަރާތުން މާލެ އާއި ރަށްރަށުގައި ކުރިއަށް ގެންދާ މަޝްރޫޢުތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ނާޅުއްވާ ހުންނަކަން ވަރަށް ގިނަ ފަހަރަށް ފާހަގަ ކުރެވޭ ކަަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.

އެގޮތުން ހޮޅުދޫގައި ހިނގި މި ހާދިސާގައިވެސް ފާރު ބުޑު ކޮންނަމުން ދިޔައިރު ފާރު ވެއްޓުނަ ނުދިނުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ނުވާކަމަށް އިދިކޮޅުން ވަނީ ފާހަގަކޮށްފައެވެ.

އަދި މިފަދަ ހާދިސާތަކުން ގެއްލުން ލިބެމުން ދަނީ ނިކަމެތި ދިވެހި ރައްޔިތުންނަށް ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ސަރުކާރުން ހިންގާ މަޝްރޫޢުތަކުގައި މަސައްކަތް ކުރައްވާ އެންމެންގެ ރައްކާތެރިކަމަށް އިސްކަން ދިނުމަށާއި، މަސައްކަތް ކުރައްވާ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަބަދުމެ އެޅުމަށް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

އަދި މި ހާދިސާގައި އަނިޔާވި ފަރާތްތަކަށް ފުރިހަމަ ފަރުވާއެއް ދިނުން އަވަސް ކުރުމަށްވެސް ވަނީ ގޮވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.