24 Apr 2024
މިފްކޯ ގެ ސީއީއޯ ޝަމާހުގެ ސަސްޕެންޝަން އުވާލައިފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހު ރަޝީދުގެ ސަސްޕެންޝަން އުވާލައިފިއެވެ.
24 Apr 2024
އަމިއްލަ ގޮތުން ނައިފަރު ދާއިރާއަށް އިންތިހާބުވި ޔާސީން ޕީއެންސީއަށް
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ނައިފަރު ދާއިރާއަށް ވާދަކުރައްވާ، އިންތިޚާބު ކާމިޔާބު ކުރެއްވި، ޔާސީން އަބްދުﷲ މިއަދު ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ އަށް ސޮއިކުރައްވައިފިއެވެ.
24 Apr 2024
ޝާހިދުގެ ބައްޕާފުޅު އަވަހާރަވުމުން ޕީޕީއެމް/ޕީއެންސީ އިން ތައުޒިޔާ ކިޔައިފި
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ބައްޕާފުޅު ޝައިހް މޫސާ ޖަމީލް އަވަހާރަވުމާއި ގުޅިގެން ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް/ޕީއެންސީ އިން ތައުޒިޔާ ކިޔައިފިއެވެ.
24 Apr 2024
ޝާހިދުގެ ބައްޕާފުޅު އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ބައްޕާފުޅު ޝައިހް މޫސާ ޖަމީލް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
23 Apr 2024
މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރަން މާދަމާ (24 އޭޕްރިލް) ހެންވޭރުގެ އަމީރު އަޙުމަދު މަގު، ބޮޑުތަކުރުފާނު މަގު، ދީފްރަމް ގޯޅި، ފިނިފެންމާ ގޯޅި، ގަލަދުން ގޯޅި، ހިތްފަސޭހަ ގޯޅި، ހުސްނުހީނާ މަގު، އަދި ކުރަނގި ގޯޅީގެ އިތުރުން މެހެލި ގޯޅި އާއި ރޯޝަނީ މަގު ހިމެނޭ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް ކެނޑިދާނެ ކަމަށެވެ.
23 Apr 2024
ގަދަ ވިއްސާރައިގެ ސަބަބުން އިންޑިޔާގައި ހަދަމުން ދިޔަ ބްރިޖެއް ވެއްޓިއްޖެ
އިންޑިޔާގައި ހަދަމުން ދިޔަ ބްރިޖެއް ވެއްޓިއްޖެއެވެ. އިންޑިޔާގެ ޓެލަންގާނާގެ ޕެޑަޕަލީގައި ހަދަމުން ދިޔަ ބްރިޖެއް ވެއްޓިފައިވަނީ ބްރިޖުގެ ފަސް ކޮންކްރީޓް ގާޑަރުގެ ތެރެއިން ދެ ގާޑަރު ވެއްޓިގެންނެވެ. މިހާދިސާ ހިނގީ ރޭ 9.45 ހާއިރު އެސަރަހައްދަށް ކުރި ގަދަ ވިއްސާރައިގެ ސަބަބުންނެވެ.
23 Apr 2024
ނަޒްރާއަށް ގޮނޑި ނުލިބުނީ ފައިސަލްގެ ސަބަބުން - މަހުލޫފު
އެމްޑީޕީގެ ގުރޫޕަކަށް މިއަދު މަހުލޫފް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ އެމްޑީޕީއަށް ގޮނޑި ގެއްލުވާލީ ސީދާ ފައިސަލް ކަމަށެވެ. އަދި އެންޓި-ކެމްޕެއިން ކުރުމަށް އާއިލާއާއި ދަންނަ އެތައް ބަޔަކަށް ފައިސަލް ގުޅާފައިވާ ކަމަށްވެސް މަހުލޫފް ތުހުމަތުކޮށްފައިވެއެވެ.
23 Apr 2024
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް ހީނާ ވަލީދު ޢައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް، ހީނާ ވަލީދު ޢައްޔަންކުރައްވައިފިއެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައީސް އޮފީހުގެ ޗީފު ސްޕޯކްސްޕާސަންކަމުގެ މަޤާމަށް ސ.ހިތަދޫ، ސަންސެޓްވިލާ، ހީނާ ވަލީދު އައްޔަނު ކުރައްވާފައިވާ ކަމަށެވެ. މިއީ، މި މަޤާމާ އަންހެން ބޭފުޅަކު ޙަވާލުވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.