ހަބަރު
25 Apr 2024
ކުޅުދުއްފުށީގައި ހުރި ކެމްޕެއިން އޮފީހެއްގައި ރޯކޮށްލި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ވިހިވަނަ އިންތިހާބަށް ކެމްޕެއިންކުރުނުގެ ތެރޭގައި ކުޅުދުއްފުށީގައި ހުރި ކެމްޕެއިން އޮފީހެއްގައި ރޯކޮށްލި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
25 Apr 2024
މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުން މައި ކެމްޕަހަށް ބަދަލުކުރިޔަސް ކިޔެވުމަކަށް ބުރޫއެއް ނާރާނެ - އެމްއެންޔޫ
ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ބޭސްވެރިކަން ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން މައި ކެމްޕަހަށް ބަދަލުކުރި ނަމަވެސް، ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާނެ ކަމަށް އެމްއެންޔޫ އިން ބުނެފިއެވެ. އެމްއެންޔޫއިން މި ފަދައިން ބުނެފައިވަނީ އެމްއެންޔޫއިންއިން ބޭސްވެރިކަން ކިޔަވަމުންދާ ދަރިވަރުން ކިޔެވުމަށް ދަރުމަވަންތަ ހޮސްޕިޓަލުން ދޫކޮށްލައިފައިވާ ދެ ފަންގިފިލާ ހުސްކުރަން އެންގުމާ ގުޅިގެންނެވެ.
25 Apr 2024
މޫސަގެ މަރު: އެކަކު ޖަލަށް، ދެންތިބި ދެމީހުން މިނިވަންވެއްޖެ!
ތޫނު އެއްޗަކުން ހަމަލާދީ ވ. ކެޔޮދޫ ދޭލިއާގޭ، މޫސާ އަހުމަދު މަރާލުމުގައި ބައިވެރިވި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން އެކަކުގެ މައްޗަށް ކުށް ސާބިތުވެ 15 އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
25 Apr 2024
ދެ ކެނޑިޑޭޓަކަށް ލިބުނު ވޯޓުގެ ޢަދަދު ކައިރިވުމަކީ އަލުން ގުނަން ޖެހޭ ސަބަބެއް ނޫން - ފުއާދު ތައުފީގު
ދެ ކެނޑިޑޭޓަކަށް ލިބުނު ވޯޓުގެ ޢަދަދު ކައިރިވުމަކީ ވޯޓު އަލުން ގުނަން ޖެހޭ ސަބަބެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ. ރައްޔިތުން މަޖިލީހުގެ ވިހިވަނަ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ފުއާދު ވިދާޅުވީ އީސީއިން ދެކޭގޮތުގައި ވޯޓު ފޮށްޓެއް އަލުން ގުނަން ޖެހެނީ ވޯޓުލާއިރު ނުވަތަ ގުނާއިރު ޤާނޫނާ ޚިލާފު ޢަމަލެއް ހިނގައިގެން ނުވަތަ ވޯޓު ގުނުމުގެ ތެރޭގައި ޝައްކު އުފެދޭ ކަމެއް ހިނގައިގެން ކަމަށެވެ.
25 Apr 2024
ޑީއެންއާރުން ބަލަހައްޓާ މައުލޫމާތު ދިރާގާއި ހިއްސާ ކުރަނީ
ޑިޕާޓްމެންޓް އޮފް ނޭޝަނަލް އެޑްމިނިސްޓްރޭޝަން (ޑީއެންއާރު) އިން ބަލަހައްޓަމުން އަންނަ ދިވެހި ރައްޔިތުންގެ މަޢުލޫމާތު ދިރާގާއި ހިއްސާ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
25 Apr 2024
އަބްދުالله މައުމޫނަށް ރިޝްވަތުގެ ހަތް ދައުވާއެއް ކޮށްފި
ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖީންގ ޑިރެކްޓަރގެ މަގާމުގައި ހުރި ޢަބްދުالله މައުމޫންއަށްގެ މައްޗަށް ރިޝްވަތު ހިފުމުގެ ހަތް ދައުވާއެއް ކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
25 Apr 2024
ތިލަފުށިން ހަމައެކަނި ދިވެހިންނަށް ބިން ގަނެވޭގޮތަށް ހުޅުވާލަނީ
ހަމައެކަނި ދިވެހިންނަށް ބިން ގަނެވޭގޮތަށް ތިލަފުށިން ބިން ވިއްކަން ހުޅުވާލަން ތައްޔާރުވަމުންދާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
25 Apr 2024
އެސްއޯއީ ރިފޯމް ޕްރޮގްރާމެއް ފަށަން ސަރުކާރުން ބޭނުންވޭ: ޝަފީޤް
އެސްއޯއީ ރިފޯމް ޕްރޮގްރާމެއް ވަރަށް އަވަހަށް ފައްޓައިގެން ކުރިއަށް ގެންދިއުމަށް ސަރުކާރުން ބޭނުންވާކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވެއްޖެއެވެ.
25 Apr 2024
ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކުގެ ވަގުތީ ދަފްތަރެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކުގެ ވަގުތީ ދަފްތަރު އެކުލަވައިލުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން ނިންމައި، ދަފުތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
25 Apr 2024
އަތޮޅު ކައުންސިލްގެ އިޚްތިޞާޞް ވަކިކޮށް, މެންޑޭޓް ސަރުކާރުން ކަނޑައަޅާނެ
އަތޮޅު ކައުންސިލްތަކުގެ އިޚްތިޞާޞް ވަކިކޮށް އަތޮޅު ކައުންސިލްތަކުގެ މެންޑޭޓް މި ސަރުކާރުން ކަނޑައަޅުއްވާނެ ކަމަށް ސިޓީސް ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.