ހަބަރު
27 Apr 2024
ދިގުމުއްދަތަކަށް ޚިދުމަތްކުރާ ސިފައިންނަށް ދޭ ގެދޮރު މިލްކުކޮށްދިނުމަށް ވަނީ ނިންމާފަ: ޑިފެންސް މިނިސްޓަރ
ދިގު މުއްދަތަކަށް ޚިދުމަތްކުރާ ސިފައިންނަށް ދޫކުރާ ގެދޮރު މިލްކުކޮށްދިނުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
27 Apr 2024
ނުރައްކާތެރި ކެމިކަލެއް އެކުލެވޭތީ 'އެވަރެސްޓް' އަދި 'އެމްޑީއެޗް' ބްރޭންޑުގެ ހަވާދު ވިއްކުން މަނާކޮށްފި
'އެވަރެސްޓް' އަދި 'އެމްޑީއެޗް' ބްރޭންޑުގެ ހަވާދުގެ ބައެއް ބާވަތްތައް އެތެރެކުރުމާއި ބޭނުންކުރުން އަދި ވިއްކުން މަނާކޮށްފިއެވެ. މިއަދު މޯލްޑިވްސް ފުޑް އެންޑް ޑްރަގްސް އޮތޯރިޓީން ނެރުނު ބަޔާނެއްގައިވަނީ، އިންޑިއާގެ އުފެއްދުމެއްކަމުގައިވާ 'އެވަރެސްޓް' އަދި 'އެމްޑީއެޗް' ބްރޭންޑުގެ ހަވާދުގެ ބައެއް ބާވަތްތަކުގައި 'އެތެލިން އޮކްސައިޑް' ހުރިކަމަށް ބުނެ ސިންގަޕޯރ ފުޑް އެޖެންސީ އަދި ހޮންކޮންގގެ ސެންޓަރ ފޮރ ފުޑް ސޭފްޓީން ވަނީ އެ އުފެއްދުންތައް ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފައި ކަމަށެވެ. އެހެންކަމުން އެ އޮތޯރިޓީއިން ވަނީ އެ ދެ ބްރޭންޑުގެ ބާވަތްތައް ބާޒާރުން ނެގުމަށް އަންގާފައެވެ.
27 Apr 2024
"ވިލިމާލޭގެ އަނދިރިކަން ފިލުވާލާ މާކިއުރީ ލައިޓް ޖަހައިދޭނަން"
ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ވިލިމާލެ އަށް އައިސްފައި އޮތް އަނދިރިކަން ފިލުވާލާ، މުޅި ރަށުގައި މާކިއުރީ ލައިޓް ޖަހައިދޭނެ ކަމަށް ވިލިމާލެ ދާއިރާގެ އިންތިހާބީ މެމްބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
27 Apr 2024
އިސްލާމީ ގިއުގަނޑުގެ ތެރޭގައި ދަރިން ތަރުބިއްޔަތު ކުރުމަށް އިލްތިމާސް ކުރައްވައިފި
ދަރިންނަކީ އިސްލާމީ ގިއުގަނޑުގެ ތެރޭގައި ތަރުބިއްޔަތު ވެގެން އަންނަ ކުދިންނަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިލްތިމާސް ކުރައްވައިފިއެވެ.
27 Apr 2024
ވައިކަރަދޫ ފަޅުތެރޭ މުށިމަސްތައް މަރުވެ ކުނިވާ މައްސަލަ ހައްލުކުރުމަށް ކަމާ ބެހޭ ވުޒާރާތަކާ މަޝްވަރާ ކުރާނަން - އާދަމް ޝަރީފު
ވައިކަރަދޫ ފަޅުތެރޭ މުށިމަސްތައް މަރުވެ ކުނިވާ މައްސަލަ ހައްލުކުރުމަށް ކަމާ ބެހޭ ވުޒާރާތަކާ މަޝްވަރާ ކުރާނަނެކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ، ވައިކަރަދޫފަޅުތެރޭ މުށިމަސްތައް މަރުވާމައްސަލައަށް ހައްލެއް ހޯދުމަށް ކައުންސިލއި ސަރުކާރާ ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭ ގޮތުންމައުލޫމާތު އެއްކުރައްވާފައިވާކަމަށެވެ. އަދިމި މައްސަލަ ހައްލު ކުރުމަށް ކަމާބެހޭވުޒާރާތަކާ މަޝްވަރާ ކުރާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
27 Apr 2024
ކެމްޕެއިން އޮފީހެއްގައި ހުޅުޖެހިކަމަށް ތުހުމަތުކުރެވޭ މީހާގެ ބަންދަށް 10 ދުވަސް
ކެމްޕެއިން އޮފީހެއްގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް މިއަދު ކްރިިމިނަލް ކޯޓުން 10 ދުވަސް ޖަހައިފި އެވެ. ކްރިމިނަލް ކޯޓުގެ ބަންދު ޢަމުރުގައި ބުނެފައިވަނީ އޭނާކެމްޕެއިން އޮފީހުގައި ރޯކޮށްލި ކަމުގެ ހެކި ހުށަހަޅާފައިވާކަމަށެވެ. އެ މީހާއަށް ލިބިފައިވާޒަޚަމްތަކަށް ފަރުވާ ހޯދުމަށްކުޅުދުއްފުށީގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ހުއްޓާ އެހެންރަށަކަށް ގޮސް ފަރުވާ ހޯދާފައިވާ ކަމަށްވެސް ފުލުހުންނާ ހަވާލާދީ ޢަމުރުގައި ބުނެފައިވެއެވެ.
27 Apr 2024
ގާދޫ މެރިޓައިމް ހަބްގެ ސަރވޭގެ މަސައްކަތްތައް ފަށައިފި
ޗައިނާގެ ސީ.އޭ.އެމް.ސީ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓަޑް ( ސީ.އޭ.އެމް.ސީ.އީ) އާއި ހަވާލުކޮށްގެން ލ. ގާދޫގައި ތަރައްޤީކުރާ "އިންޓަގްރޭޓަޑް މެރިޓައިމް ހަބް"ގެ ކޮންސެޕްޓްއާ ގުޅޭ ސަރވޭގެ މަސައްކަތްތައް ފަށައިފިއެވެ.
27 Apr 2024
ކާފަރުންނާމެދު މާތް ބަހުން ލިޔުމަކީ ހިތަށް ދަތިވާ މައްސަލައެއް: ސަމީރު
މުސްލިމުންނާއި ހަނގުރާމަ ކުރަމުންދާ ކާފަރުންނާއި މެދު މާތް ބަހުން ލިޔުމަކީ ހިތަށް ދަތިވާ މައްސަލައެއް ކަމަށް ޝައިޚް އަހްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
27 Apr 2024
ޣައްޒާގެ ގަތުލުއާއްމާއި ދެކޮޅަށް އެމެރިކާގެ ޔުނިވާސިޓީތަކުގައި މުޒާހަރާ ކުރަނީ!
ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމާއި ދެކޮޅަށް އެމެރިކާގެ އެކި ކަންކޮޅުތަކުގައިވާ ޔުނިވާސިޓީތަކުގެ ދަރިވަރުން މުޒާހަރާ ކުރަން ފަށައިފިއެވެ.
27 Apr 2024
ބީއެމްއެލްއިން ފާހަގަކޮށްލެވޭ މުވައްޒަފުންގެ އަގު ވަޒަންކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ފާހަގަކޮށްލެވޭ މުވައްޒަފުންގެ އަގު ވަޒަންކޮށް އެ މުވައްޒަފުންނަށް އެވޯޑް ދީފިއެވެ. ފާހަގަ ކޮށްލެވޭމުވައްޒަފުންނަށް އެވޯޑު ދީފައިވަނީ ރޭ ކްރޮސްރޯޑުގައި ބޭއްވި، ބީއެމްއެލްގެ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ބާއްވާ އަހަރީ އިނާމު ދިނުމުގެ ހަފްލާގައެވެ.