ޣައްޒާގެ ގަތުލުއާއްމާއި ދެކޮޅަށް އެމެރިކާގެ ޔުނިވާސިޓީގެ ދަރިވަރުން މުޒާހަރާ ކުރަނީ-- ފޮޓޯ: ރޮއިޓާސް
ހަބަރު
27 Apr 2024 | 13:27
ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމާއި ދެކޮޅަށް އެމެރިކާގެ ޔުނިވާސިޓީތަކުގެ ދަރިވަރުން މުޒާހަރާ ކުރަނީ!

ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމާއި ދެކޮޅަށް އެމެރިކާގެ އެކި ކަންކޮޅުތަކުގައިވާ ޔުނިވާސިޓީތަކުގެ ދަރިވަރުން މުޒާހަރާ ކުރަން ފަށައިފިއެވެ.

ޣައްޒާގެ ގަތުލު އާއްމާއި ދެކޮޅަށް ދަރިވަރުންތަކެއް ހަރާކަތެއް ފެށި ފުރަތަމަ ޔުނިވާސިޓީ ކޮލަމްބިއާގެ ޔުނިވާސިޓީ ކަމަށް ވާއިރު އެ ދަރިވަރުން ޔަހޫދީންނާ ދެކޮޅު ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ. އައިވީ ލީގުގައި ހިމެނޭ މި ޔުނިވާސިޓީގެ މުޒާހާރާގެ ބައިވެރިން ހައްޔަރުކޮށް މުޒާހަރާ ރޫޅާލުމަށް އެ ޔުނިވާސިޓީގެ ރައީސް އެންގުމާއި ގުޅިގެން 100 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ހައްޔަރުކޮށްފައެވެ. 

މިކަމާއި ގުޅިގެން މި މުޒާހަރާ މިހާރު އެގައުމުގެ 9 ޔުނިވާސިޓީއެއްގައި ކުރިއަށް އެބަ ދެއެވެ. އޭގެ ތެރޭގައި ނަން މަޝްހޫރު ހާވާޑް ޔުނިވާސިޓީ އާއި ޔޭލް ޔުނިވާސިޓީ އާއި ނިއު ޔޯކް ޔުނިވާސިޓި ހިމެނެއެވެ.

މި މުޒާހަރާގެ  ބައިވެރިން ދަނީ ޔުނިވާސީޓީ ތަކުން އިސްރާއީލާއި ގުޅުން ހުރި ކުންފުނިތަކާއި މީހުންނާއި އޮތް ގުޅުން ކަނޑާލުމަށާއި، އެމެރިކާއިން އިސްރާއީލަށް ދޭ އެހީތައް ހުއްޓާލުމަށް ގޮވާލަމުންނެވެ.

އެންމެ 70 ދަރިވަރުން އެކުލެވޭ ޓީމަކުން ފެށީ މި މުޒާހަރާ ރޫޅާލުމަށް ކޮލަމްބިއާ ޔުނިވާސިޓީން ނިންމުމާއި ގުޅިގެން މިކަން މިހާރު ވަނީ ޤައުމީ އަދި ބައިނަލްއަޤްވާމީ ގޮތުން ފެތުރިފައިކަމަށް މުޒާހަރާގެ ބައިވެރިއެއްގެ ބައްޕަ ކަމަށްވާ ޑިމޮކްރެޓިކް ރިޕަބްލިކަން އިލްހާން އުމަރު ވަނީ ވިދާޅުވެފައެވެ.

ކޮލަމްބިއާގެ އިތުރުން އެމޯރީ ޔުނިވާސިޓީ ގައި ވެސް މި މުޒާހަރާ ކުރަމުން އަންނައިރު، އޭގެ ތެރޭގައި އެ ޔުނިވާސީޓީ އަށް ނިސްބަތް ނުވާ ދިހަ ވަރަކަށް މީހުން ވަނީ އެ ޔުނިވާސިޓިގެ ބޭރުގައި ޓެންޓް ވެސް ޖަހާފައެވެ. 

މުޒާހަރާގެ ބައިވެރިން ޔުނިވާސިޓީގެ ބޭރުގައި ޓެންޓް ޖަހާފައި-- ފޮޓޯ: އޭޕީ

ހަމައެއާއިއެކު، ވޮޝިންޓަން، ޑީސީ-ސަރަހައްދުގެ ޔުނިވާސިޓީ ތަކުގެ ދަރިވަރުންނާއި ފެކަލްޓީ މެމްބަރުން ވަނީ ޖޯޖްޓައުން ޔުނިވާސިޓީ އާއި ކައިރީގައި އޮންނަ ޖޯޖް ވޮޝިންޓަން ޔުނިވާސިޓީ އާއި ދެމެދު ސުލްހަވެރި ހިނގާލުމެއް ބާއްވައި، ޓެންޓް ޖެހިނަމަވެސް މި ހަރަކާތުގެ ތެރެއިން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މުޒާހަރާތަކާއި ގުޅިގެން ހައްޔަރު ކުރި ދަރިވަރުންގެ އަދަދު:

1) ކޮލަމްބިއާ ޔުނިވާސިޓީ - 133 ދަރިވަރުން

2) ޔުނިވާސިޓީ އޮފް ސަދަން ކެލިފޯނިއާ - 93 ދަރިވަރުން

3) ޔުނިވާސިޓީ އޮފް ޓެކްސަސް - 57 ދަރިވަރުން

4) ނިއުޔޯކް ޔުނިވާސިޓީ - 120 ދަރިވަރުން

5) އެމަރސަން ޔުނިވާސިޓީ - 108 ދަރިވަރުން

6) ޔޭލް ޔުނިވާސިޓީ - 48 ދަރިވަރުން

އެމެރިކާގެ ޔުނިވާސިޓިގެ ދަރިވަރުންގެ އިތުރުންވެސް އެގައުމުގެ ބައެއް ސަރަހައްދުތަކުގެ ހައި ސްކޫލް ދަރިވަރުން ވެސް ޣައްޒާގެ ގަތުލު އާއްމާއި ދެކޮޅަށް އަޑު އުފުލާފައިވާއިރު، ކަމާ ބެހޭ އިދާރާތަކުން ވަނީ ޣައްޒާގެ ގަތުލުއާއްމު ހުއްޓާލުމަށް ގޮވާލުމަށް މި ހަފްތާގެ ހުކުރ ދުވަހު ބޭއްވި ހިނގާލުމުގައި ބައިވެރި ނުވުމަށް ހައި ސްކޫލް ދަރިވަރުންނަށް ވަރަށް އަންގާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.