29 Apr 2024
20 ވަނަ މަޖިލީހަށް، ގާނޫނު ހަދާނެ މީހެއް ނުހޮވި: އިބްރާހިމް ރަޝީދު
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވާފައި ތިބީ ވެލް ފެއަރ އޮފިސަރުން ކަމަށާ، ގާނޫނު ހަދާނެ މީހަކު ހޮވާފައި ނުވާ ކަމަށް ބުނެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ)ގެ ނުރުހުން އަނެއްކާވެސް ރައްޔިތުންނަށް އަމާޒުކުރައްވައިފިއެވެ.
29 Apr 2024
ކޮޕީ ރައިޓްގެ ގާނޫނަށް ގެންނަ އިސްލާހު ހުށަހަޅައިފި
ކޮޕީރައިޓް ގާނޫނުގެ ދަށުން ހިމާޔަތް ލިބިދޭ އުފެއްދުން ތަކާއި، އެނޫން އުފެއްދުންތަކުގެ ތަފްސީލް އެނގޭ ހެން ކޮޕީރައިޓްގެ ގާނޫނަށް ބަދަލު ގެނައުމަށް އިސްލާހު ހުށަހަޅައިފިއެވެ.
29 Apr 2024
"މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީ" ގެ ދެވަނަ ދައުރު އިފުތިތާޙުކޮށްދެއްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، "މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީ" ގެ ދެވަނަ ދައުރު އިފުތިތާޙުކޮށްދެއްވައިފިއެވެ.
28 Apr 2024
އއ.ހިމަންދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ނިންމާލައިފި
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވީ ހިމަންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށެވެ. އެ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި އެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.
28 Apr 2024
މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓިރްކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
28 Apr 2024
ސިފްކޯ ހިޔާ ފްލެޓްތައް ކުއްޔަށް ދޭނަމަ އަތުލާނަން: އެމްއެންޑީއެފް
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސިފްކޯ ފްލެޓްތައް ދޫކޮށްފައިވާ މީހުންނާއެކު ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން އެތަންތަން ކުއްޔަށް ދޫކުރުމަކީ މަނާ ކަމެއް ނަމަވެސް އެޕާޓްމަންޓުތައް ކުއްޔަށްދޭ މައްސަލަ އެމްއެންޑީއެފްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
28 Apr 2024
ދަ ޑިމޮކްރެޓްސްގެ ހަރުގެ ހުސްކުރަނީ
އާޓިފިޝަލް ބީޗުގައި ހުރި، ދަ ޑިމޮކްރެޓްސް ގެ ހަރުގެ ހުސްކުރަން ފަށައިފިއެވެ. ޑިމޮކްރެޓްސްއިން ހާމަކުރެއްވި ގޮތުގައި "ހައުސް އޮފް ޑިމޮކްރެޓްސް" ގެ ނަމުގައި ހުޅުވާފައި ހުރި އެ ހަރުގަ ހުސްކުރަނީ ބިމުގެ ވެރި ފަރާތުން އެތަން ބޭނުންވެގެން، އެތަން ހުސްކުރަން އެންގުމުންނެވެ.
28 Apr 2024
އެފްޑީސީއިން ބައިނަލްއަޤްވާމީ ރައްކާތެރިކަމުގެ ދުވަސް ފާހަގަކޮށްފި
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބައިނަލްއަޤްވާމީ ރައްކާތެރިކަމުގެ ދުވަސް ފާހަގަކޮށްފިއެވެ. ބައިނަލްއަޤްވާމީ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމަށް މިއަދު މެންދުރުފަހު އެފްޑީސީއިންވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.