ހަބަރު
29 Feb 2024
ގިނަ ދުވަސްވެ ބާވެފައި ހުންނަ އުޅަނދުތައް ސަރުކާރުން ގަންނަނީ
ގިނަ ދުވަސްވެ ބާވެފައި ހުންނަ އެއްގަމު އުޅަނދުތައް ސަރުކާރުން ގަތުމަށް ނިންމައިފިއެވެ.
29 Feb 2024
ކެންޑިޑޭޓުން ލައްވާ ހުވާ ކުރުވީ އިތުބާރު ނުކުރާތީއެއްނޫން
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުން، މަޖިލީހަށް އިންތިޚާބު ވެއްޖެ ނަމަ، ޕާޓީ ދޫކޮށް ނުދިޔުމަށް، އެ މެންބަރުން ލައްވާ ހުވާ ކުރުއްވީ މެންބަރުންނަށް އިތުބާރު ނުކުރާތީ ނޫން ކަމަށް، މަޖިލިސް އިންތިޚާބުގެ އެމްޑީޕީގެ ތަރުޖަމާނު އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު ޢީސާ ވިދާޅުވެއްޖެއެވެ.
29 Feb 2024
އެއާ އެމްބިއުލާންސް ގައި އިންޑިއާ އަދި ސްރީލަންކާ އަށް ދެވޭނެ: މިނިސްޓަރު ޚަލީލް
މާދަމާ ފެށުމަށް ހަމަޖެހިފައިވާ އެއާ އެމްބިއުލާންސުން އެއް ދަތުރެއްގައި އިންޑިއާ އަދި ސްރީލަންކާ އަށް ދެވޭނެ ކަމަށް ހެލްތު މިނިސްޓަރު ޑރ.އަބްދުالله ހަލީލް ވިދާޅުވެއްޖެއެވެ.
29 Feb 2024
މަސްތުވާތަކެތި ނައްތާލުމުގައި އޮބްޒާވަރުންނަށް ވުމަށް އާއްމުންނަށް ހުޅުވާލައިފި
ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ މަސްތުވާތަކެތި ނައްތާލުމުގައި އޮބްޒާވަރުންގެ ގޮތުގައި އާންމު ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު ދިވެހި ފުލުހުންގެ ހިދުމަތުން ހުޅުވާލައިފިއެވެ.
29 Feb 2024
ބިލް ތަސްދީގު ނުކުރެއްވުމަކީ ގާނޫނު އަސާސީއާ ޚިލާފް ވުން
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ފަސް ކުރާ ގޮތަށް އިންތިޚާބުތަކާއި ބެހޭ ގާނޫނަށް ގެނެވުނު އިސްލާހު، ވަގުތުން ވަގުތައް ތަސްދީގު ކުރައްވަން ޖެހޭނެ ކަމަށާ، އެކަން ނުކޮށް ހުންނަވާ ހުންނެވުމަކީ ރައީސުލްޖުމުހޫރިއްޔާ ގާނޫނު އަސާސީއާއި ޚިލާފަށް ކުރައްވާ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
29 Feb 2024
ތިން މަސް ތެރޭގައި ލެބޯޓްރީގެ ހިދުމަތް ހުރިހާ ރަށެއްގައި ފަށަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ހަފްތާ 14 ގައި ހިމެނޭ މަސައްކަތެއް ކަމަށްވާ ލެބޯޓްރީގެ ހިދުމަތް ނުލިބޭ ހުރިހާ ރަށެއްގައި، އެ ހިދުމަތް ގާއިމު ކުރުމުގެ ވައުދުފުޅުގެ ތެރެއިން ކުރިއަށް އޮތް ތިން މަސް ތެރޭ އެ މަސައްކަތް ފެށުމަށް ހެލްތު މިނިސްޓްރީން ތައްޔާރު ވެއްޖެއެވެ.
29 Feb 2024
ނ އަތޮޅަށް ބޭނުންވާ ކަންކަން ރައީސަށް ދަންނަވައިފި
މާފަރު އާބަން ސެންޓަރެއް ގޮތުގައި ތަރައްޤީކުރުމަށް ބޭނުންވާ ކަމަށާއި، މާފަރަށް އިންޓަރނޭޝަނަލް ފަސެންޖަރ ލައިން ތަޢާރަފުކޮށް ދެއްވުމަށް ނ.އަތޮޅު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަރިހުން އެދިވަޑައިގެންފިއެވެ.
29 Feb 2024
މެންބަރުންގެ އަދަދަށް ބަދަލުގެނައީ ގާނޫނު އަސާސީއާ ޚިލާފަށް
ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާއިރު, ހުސް ގޮނޑިތައް ނުލާ ގޮތަށް، މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފައިވަނީ ގާނޫނު އަސާސީއާއި ޚިލާފަށް ކަމަށް ސްޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ.