ހަބަރު
22 Apr 2024
އަކުރަމަށްވެސް ދާއިރާއިން ބުނީ ނޫނެކޭ!
މުވައްޒަފުން ތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު އޮތް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދަށާއި ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި ފުލެޓް ލިސްޓް ގަޑުބަޑު ކުރުމުގެ ތުހުމަތު އޮތް ފުލެޓް ކޮމިޓީގެ ކުރީގެ ޗެއަރ އަދި ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނަށް ދާއިރާއިން ނޫނެކޭ ބުނެފިއެވެ.
22 Apr 2024
ހިސާބު ދިމާވޭ، މިކަމުން ރައީސް އަށް އޮތް ތާއީދު ދައްކައިދޭ: ޝިޔާމް
ޕީއެންސީގެ ޗެއާޕާސަން އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސްޕެޝަލް އެޑްވައިޒަރު ޢަބްދުއްރަޙީމް ޢަބްދުﷲގެ ހިސާބުޖެއްސެވުން ބަރާބަރަށް ދިމާވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
22 Apr 2024
ޒިންމާދާރު އިދިކޮޅު ޕާޓީއަކަށް މިހާރު ރާއްޖެ ބޭނުންވޭ: އާދަމް ޝަރީފް
ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކުރާނެ ޕާޓީއަކަށް ރާއްޖެ މިހާރު މިވަނީ އިންތިހާއަށް ބޭނުންވެފައި ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
22 Apr 2024
މަޖިލިސް އިންތިޚާބުގައި އިމްރާނަށާއި އަލީ ޒާހިރަށްވެސް ލިބުނީ ނާކާމިޔާބީ!
20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله އާއި ކުރީގެ ރައީސް އޮފީހުގެ ޗީފް އިފް ސްޓާފް ޢަލީ ޒާހިރަށްވެސް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެއެވެ.
22 Apr 2024
މަޖިލިސް އިންތިޚާބުގެ ނަތީޖާއިން މާޔޫސްކޮށްލައިފި: ފައްޔާޒު
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއިން މާޔޫސްކޮށްލައިފި ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
22 Apr 2024
ރައީސް އަޒުލުކުރަން ރައްޔިތުން ޖާގަ ނުދޭނެކަން ސާފުވެއްޖެ: ހީނާ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަޒުލުކުރަން ރައްޔިތުން ޖާގަ ނުދޭނެކަން ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއިން ސާފުވެއްޖެ ކަމަށް މަޖިލިސް އިންތިހާބުގެ ޕްރޮގްރެސިވް ކޮންގްރެސްގެ ޗީފް ސްޕޯކްސްޕާސަން އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
22 Apr 2024
މިއީ ރައީސް މުއިއްޒުގެ ހިކުމަތްތެރި ވިސްނުންފުޅާއެކު ލިބުނު ކާމިޔާބީއެއް
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެރިކަންކުރާ ޕްރޮގްރެސިވް ކޮންގްރެސްއަށް ލިބުނު ކާމިޔާބީ އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ޙިކުމަތްތެރި ވިސްނުންފުޅާއެކު ޕީޕީއެމް-ޕީއެންސީ ކޯލިޝަން އިން ހޯދި ފުރިހަމަ ކާމިޔާބީއެއް ކަމަށް ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
22 Apr 2024
‘’ދިވެހީންގެ ރާއްޖެ މަޖިލީހަށް- މަރުޙަބާ’’ ޖަލްސާ މިރޭ
އިއްޔެ ބޭއްވުނު މަޖިލިސް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީއަށް ލިބުނު ފުރިހަމަ ކާމިޔާބީގެ އުފާފާޅު ކުރުމަށް ބާއްވާ ’ދިވެހީންގެ ރާއްޖެ މަޖިލީހަށް- މަރުޙަބާ’’ ޖަލްސާ މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.