20 Apr 2024
މާފުށީގައި އަލިފާން ނިއްވުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ފޯރުކޮށްދޭ އަލިފާން ނިއްވުމުގެ ޚިދުމަތް، މިއަދު ކ.މާފުށީގައި ރަސްމީކޮށް ފަށައިފިއެވެ. މި ބައްދަލުވުމުގައި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުހުރީއާއި، ޖެނެރަލް އޮފިސަރުންނާއި އަދި ސީނިއަރ އޮފިސަރުންވެސް ބައިވެރިވެލެއްވިއެވެ.
20 Apr 2024
ޑްރޯންގެ ފުރަތަމަ އޮޕަރޭޝަން ކާމިޔާބު؛ ގެއްލުނު ދޯނި ފެނިއްޖެ
އެމްއެންޑީއެފް އެއަރ ކޯރގެ އަސްކަރީ ޔޫއޭވީ އާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރު ބޭނުންކޮށްގެން ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފުން ކުރަމުންދިޔަ މަސަައްކަތުން މ.ރަތްމަންދޫ ބޭރުން ފަރުމަސް ބާނަން ގޮސް އުޅެނިކޮށް ގެއްލުނު ދޯނި ހޯދައިފިއެވެ.
20 Apr 2024
ވޯޓުލާ ވަގުތުތަކުގައި މާލޭގައި ބޮޑެތި އުޅަނދުތައް ދުއްވުން މަނާ!
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓްލުން ކުރިއަށްދާ ވަގުތުތަކުގައި މާލޭގެ މަގުތަކުގައި ބަރު އުޅަނދުތައް ދުއްވުން މަނާކޮށްފިއެވެ.
20 Apr 2024
ޓާޓާ ފްލެޓް ނުލިބުނު މީހުންނަށް މަޝްރޫއުތަކުން ބޯހިޔާވަހިކަން ހަމަޖައްސައިދެނީ
އަރަބިއްޔާ އާއި އަގާކޮށީގައި ބިނާ ކުރެވުނު ޓާޓާ ފްލެޓަށް ޝަރުތުހަމަވި ނަމަވެސް ފްލެޓް ނުލިބުނު ފަރާތްތަކަށް ސަރުކާރުގެ މަޝްރޫއުތަކުން ގެދޮރުވެރިކަން ހަމަޖަައްސާ ދިނުމަށް ނިންމާފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
20 Apr 2024
ތިލަމާލެ ބްރިޖު ނިންމަން އޮތް ތާރީޚަށްވުރެ ތިން މަސް ކުރިން ނިންމާލެވޭނެ
ކުރީ ސަރުކާރުން ފެށި އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫޢު، ތިލަމާލެ ބްރިޖުގެ މަޝްރޫޢު މީގެ ކުރިން ނިންމެން އޮތް ތާރީޚަށްވުރެ ތިންމަސް ކުރިން ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
20 Apr 2024
ޢިރާޤުގައި ބާރުގަދަ ގޮވުމެއް ގޮވާ ގިނަ ބަޔަކު ޒަޚަމްވެއްޖެ
ޢިރާޤުގައި ބާރުގަދަ ގޮވުމެއް ގޮވާފައިވާކަމަށް ޢިރާޤުގެ ރަސްމީ ސަލާމަތީ ބާރެއް ކަމަށްވާ ޕޮޕިއުލާ މޮބިލައިޒޭޝަން ފޯސަސް (އެމްޕީއެފް) އިން ބުނެފައެވެ. އެމްޕީއެފް އިން ބުނިގޮތުގައި މި ގޮވުން ގޮވާފައި ވަނީ ޢިރާޤުގެ ވެރިރަށް ބަޣްދާދުގެ ދެކުނުން ގާތްގަނޑަކަށް 50 ކިލޯމީޓަރު ދުރުގައި އޮންނަ ކަލްސޯ އަސްކަރީ މަރުކަޒުގައި ހުންނަ ކޮމާންޑް ޕޯސްޓެއްގައި ރޭ ދަންވަރެވެ. އެމްޕީއެފް އިން ހާމަ ކުރެއްވި ގޮތުގައި މި ގޮވުމަކީ ވައިގެ ހަމަލާއެއްގެ ނަތީޖާއެވެ.
20 Apr 2024
މިސްރާބު ހަމަ މަގަށް އެޅުވުމުގެ ވާހަކަ އެމްޑީޕީއަށް ދެއްކޭކަށް ނެތް: ހީނާ
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ވެރިކަން ނިމުނުއިރު އިޤްތިސާދު އަނދަވަޅަކަށް ވައްޓާލާފައި ވާއިރު، މިސްރާބު ހަމަ މަގަށް އެޅުވުމުގެ ވާހަކަ އިދިކޮޅު އެމްޑީޕީއަށް ދެއްކެން ނެތްކަމަށް މަޖިލިސް އިންތިހާބުގެ ޕްރޮގްރެސިވް ކޮންގްރެސްގެ ޗީފް ސްޕޯކްސްޕާސަން އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
20 Apr 2024
ތިން ރަށެއްގައި އާ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފެށުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
ތިން ރަށެއްގައި އާ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފެށުމަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ. އެގޮތުން ހޮސްޕިޓަލް އެޅުމަށް ހަވާލުކޮށްފައިވަނީ ނ.މަނަދޫ، ރ.އަލިފުށި އަދި މ.މުލީގައެވެ.