މަޖިލިސް އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދަނީ-
ހަބަރު
21 Apr 2024 | 10:43
ވޯޓު ކަރުދާސް ދައްކާ ފަރާތްތަކާއި މެދު ޖިނާއީ ތަހުގީގުކޮށް ދައުވާ އުފުލޭނެ: އީސީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ކަރުދާސް ދައްކާ ފަރާތްތަކާއިމެދު،ޖިނާއީ ތަހުގީގު ކުރެވި ދައުވާ އުފުލޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ)ން ބުނެފިއެވެ.

އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ މި އިންތިހާބުގައިވެސް ވޯޓުލާ މަރުކަޒު ތަކުގައި ފުލުހުން ހަރަކާތްތެރި ވާނެ ކަމަށާ، ވޯޓު ކަރުދާސް ދެއްކުން ނުވަތަ ކަރުދާހުގެ ފޮޓޯ ނެގުމުގެ އެއްވެސް އަމަލެއް ހިނގާ ހިސާބުން ފެށިގެން އެސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުން އެކަން ބަލައި ޖިނާއީ ތަހުގީގު ކުރަން ފަށާނެ ކަމަށެވެ.

އަދި އެ ތަހުގީގު ކުރިއަށްދާއިރު ފުލުހުން ހަރަކާތްތެރިވާނީ ބޮޑީ ވޮން ކެމެރާއާއެކު ކަމަށާއި އެހުރިހާ މަންޒަރެއް ރެކޯޑު ކުރެވޭނެ ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް މިފަހުން ގެނައި އިސްލާހުގައިވެސް ވޯޓުކަރުދާސް އަތަށްލިބުމަށްފަހު އެމީހަކު ވޯޓުލާގޮތް ހާމަކުރުމުގެ ގޮތުން ވޯޓުލާ މަރުކަޒުގައި ތިބޭ މީހުންނަށް ފެންނަ ގޮތަށް ވޯޓު ކަރުދާސް އާންމުކޮށް ދައްކާ މީހުންނަށް ވަނީ އަދަބު ކަނޑައަޅާފައެވެ. 

އެގޮތުން އެމީހަކު ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، އެއް މަސްދުވަހާއި ތިން މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 6,000 ރުފިޔާއާއި 18,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ހިމަނާފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jul 2026
މަންފާގެ ނަމާދު އެޕް "ބަންގި" - މުހިންމު ފީޗާސްތަކާއެކު، މިހާރު ޑައުންލޯޑްކޮށްލެވޭނެ
މީގެ އިތުރުން ހޯމް ސްކްރީނު ނަމާދު ވަގުތުތަކާއި ކުރިއަށް އޮތް ނަމާދަށް އޮތީ ބާކީ ކިހާ ވަގުތެއްކަން އަންގައިދޭނެ އެވެ
04 Jul 2026
ދަރިވަރުންގެ އަތުލިޔުން ހުތުރުވާ ސަބަބުތަކާއި، އެކަން ރަނގަޅުކުރެވިދާނެ ގޮތްތައް
އަތުލިޔުން ރީތިކުރުމަކީ ހަމައެކަނި އެކެއްގެ ޒިންމާއެއް ނޫނެވެ. ސްކޫލްތަކާއި، މުދައްރިސުންނާއި، ބެލެނިވެރިން އަދި ދަރިވަރުން ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ
04 Jul 2026
ކުޅިވަރަށް ހާއްސަ ރެއެއް: "މަންފާ އެކަޑަމީ" އިފްތިތާހު ކޮށްފި
މަންފާ އެކަޑަމީ އިފްތިތާހުކުރުމުގެ ގޮތުން އެކަމަށް ހާއްސަ ވީޑިއޯއެއް ވަނީ ދައްކާލާފަ އެވެ. އޭގެ ފަހުން މަންފާ އެކަޑަމީގެ ރަސްމީ ޖާޒީ ވަނީ ކޯޗް ސުޒެއިންނަށް ހަދިޔާކޮށްފަ އެވެ.
04 Jul 2026
އުނދަގޫ މެޗަކަށްފަހު ކޭޕް ވާޑް މޮޅުވެ އާޖެންޓީނާވެސް ގަދަ 16 އަށް
މެޗު ނިމުމުން، މާޓީނޭޒް އާއި މެސީ ފަދަ އާޖެންޓީނާގެ ކުޅުންތެރިން ވަނީ މާޔޫސްވެފައި ތިބި ކޭޕް ވާޑްގެ ކުޅުންތެރިން ކައިރިއަށް ގޮސް ހިތްވަރު ދީފައެވެ
04 Jul 2026
އޮސްޓްރިއާ ބަލިކޮށް މިސްރު ގަދަ 16 އަށް
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އޮސްޓްރޭލިއާގެ ހެރީ ސޫޓާ އާއި ލޫކަސް ހެރިންގްޓަން ފޮނުވާލި ޕެނަލްޓީތައް ނާކާމިޔާބުވިއިރު، މިޞްރުން ވަނީ ޖެހި ހަތަރު ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ
03 Jul 2026
ޖަމްޢިއްޔަތުއްސަލަފުން މާވަށު ކައުންސިލާއެކު ފަހުމުނާމާއެއް
ޖަމްޢިއްޔަތުއްސަލަފުން މާވަށު ކައުންސިލާއެކު ފަހުމުނާމާއެއްގައި ސޮއެކޮށްފި އެވެ.
03 Jul 2026
ސިޔާސަތަކީ ވަށާޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުން: ރައީސް
އެގޮތުން ގޯތިގެދޮރުގެ މައްސަލައާއި، ސަރުކާރުތަކުން ތަރައްޤީ ހާސިލުކުރުމަށް ގެންގުޅެފައިވާ ސިޔާސަތުގެ މައްސަލައަކީވެސް މިކަމުގެ ފަހަތުގައިވާ މައްސަލަތަކެއްކަން ފާހަގަކުރެއްވި އެވެ.
03 Jul 2026
ވ. ތިނަދޫ ރައީސް ޝުޖާއުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިފި
އެލްޖީއޭ އިން ބުނީ ޝުޖާއު އަލީ މަގާމުން ވަކިވެއްޖެކަމަށް ކަނޑައަޅައި އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް ޖޫން 30 ވަނަ ދުވަހު ބޭއްވި ބޯޑް ބައްދަލްވުމުން ނިންމާފައިވާ ކަމަށެވެ.