18 Apr 2024
ކައްދޫ އެއަރޕޯޓުގެ %100 ހިއްސާދާރުގެ ގޮތުގައި ރީޖަނަލް އެއަރޕޯޓްސް
ލ. ކައްދޫ އެއާޕޯޓް ހިންގުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އާ ހަވާލުކޮށްފިއެވެ.
18 Apr 2024
ދިއްގަރުގައި 75 ހައުސިން ޔުނިޓު އިމާރާތްކުރަނީ
މ.ދިއްގަރުގައި 75 ހައުސިންގ ޔުނިޓު އިމާރާތްކުރުމުގެ މަސައްކަތް ކުރުމަށް ހައުސިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
18 Apr 2024
ކަރަންޓުގެ މައްސަލަ ހައްލުވަންދެން ސްޓެލްކޯގެ ޓީމް ކުޅުދުއްފުށީގައި
ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ވަންދެން އެ ސިޓީގައި ސްޓެލްކޯގެ ތަޖުރިބާކާރުން ހިމެނޭ ޓީމެއް ހަރަކާތްތެރިވާނެ ކަމަށް ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
18 Apr 2024
ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، މި މަހު 23ގައި ހުޅުވާލަނީ
އިތުރު ދެ ދާއިރާ އަކުން ގައުމީ އިނާމް ދިނުމަށް ނިންމައި، މި އަހަރު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، މި މަހުގެ 23ވާ އަންގާރަ ދުވަހު ހުޅުއްވައިލައްވާ ގޮތަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ހަމަޖައްސަވައިފިއެވެ.
18 Apr 2024
ޗީފް އޮފް ޑިފެންސް ފޯސް ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވައިފި
ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނެވި، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، 39 އަހަރުގެ އިޚްލާޞްތެރި ޚިދުމަތަށްފަހު، އުމުރުފުޅުން 60 އަހަރު ފުރުމާއެކު ސިފައިންގެ ޤާނޫނުގައިވާގޮތުގެމަތިން ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރޭ ރިޓަޔަރ ކުރައްވައިފިއެވެ.
18 Apr 2024
ކޯޓުތަކުގައި އެމްޑީޕީގެ ނުފޫޒު އޮތް މިންވަރު ދަނީ ހާމަވަމުން: ރައީސް މުޢިއްޒު
ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމަށް އެމްޑީޕީގެ ނުފޫޒް ފޯރާ މިންވަރު ހާމަވެ ޔަގީންވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
18 Apr 2024
އަޅުގަނޑު ދުޢާއަކީ ރައީސް ޔާމިންއަށް އިންސާފު ލިބި، މިނިވަންވުން
ހައިކޯޓުގައި ތާވަލުކޮށްފައިވާ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ހުކުމުގެ އިސްތިއުނާފުގައި އެމަނިކުފާނު މިނިވަންވާނެކަމުގެ އުންމީދު ކުރައްވާ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
17 Apr 2024
އިރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އިސްރާއީލުން ގިނަ ޤައުމުތަކެއްގައި އެދިއްޖެ
އިސްރާއީލުން އިރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލައިފިއެވެ. އިސްރާއީލުގެ ފޮރިން މިނިސްޓަރު ކަޓްޒް އަންގާރަ ދުވަހު ވިދާޅުވީ 32 ގައުމަކާ ގުޅިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެދިފައިވާ ކަމަށެވެ. އެގޮތުން އީރާނުގެ މިސައިލް މަޝްރޫއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށާއި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އިއުލާން ކުރުމަށް ގޮވާލާފައިވާކަމަށް ވެސް ކަޓްޒް ބުންޏެވެ.