ހަބަރު
16 Apr 2024
ހަންކެޑެ ޕްރޮޖެކްޓްގެ ބިންގާ އަޅައިފި
އިންޓަގްރޭޓެޑް ޓޫރިޒަމްގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދަން ނިންމާފައިވާ ހަންކެޑެ ޕްރޮޖެކްޓް ގެ ބިންގާ އަޅައިފިއެވެ.
15 Apr 2024
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މަޤާމުތަކަށް ބޭފުޅުން ޢައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމާއި ރައީސާއި ނައިބު ރައީސްކަމުގެ މަޤާމަށް، ބޭފުޅުން ޢައްޔަންކުރައްވައިފިއެވެ.
15 Apr 2024
ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ މައްސަލަ، ސްޓެލްކޯގެ އެހީއާއެކު ހައްލުކޮށްފި
ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ މައްސަލަ، ސްޓެލްކޯގެ އެހީއާއެކު ހައްލުކޮށް މުޅި ރަށަށް ކަރަންޓު ދީފިއެވެ.
15 Apr 2024
ލައިސަންސް ފީ ސީދާ ކައުންސިލްތަކަށް ލިބޭ ގޮތަށް ހަދަން ނިންމަވައިފި
ދަތުރުފަތުރާއި މަދަނީ އުދުންތަކާ ބެހޭ ވުޒާރާއިން ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ ކައުންސިލްތަކުން ދޭ ޚިދުމަތެއްގެ މަންފާ، ކައުންސިލުތަކަށް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ވަރަށް ގިނަ ކައުންސިލްތަކުން ފާހަގަކޮށްފައިވާކަމަށެވެ. އެހެންކަމުން އެކަން ޙައްލެއް ހޯދައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ލައިސަންސް ފީ ސީދާ ކައުންސިލްތަކަށް ލިބޭ ގޮތަށް ހަދަން ނިންމަވާފައިވާކަމަށް އަމީން ވިދާޅުވިއެވެ.
15 Apr 2024
ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުން ބޭރުގެ ދަތުރުތައް ފަށައިފި
ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ ދަށުން އޮޕަރޭޓް ކުރަމުންއަންނަ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުން އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު އަލުން އިންޓަރނޭޝަނަލް ދަތުރުތައް ފަށައިފިއެވެ.
15 Apr 2024
މިރޭ އައްޑޫ "ހަންކެޑެ" ޕްރޮޖެކްޓުގެ ބިންގާ އަޅަނީ
އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުގެ ގޮތުން ފެށުމުމަށް ހަމަޖެހިފައިވާ، އެންމެ ބޮޑު މަޝްރޫޢު، "ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް" މަޝްރޫޢުގެ ބިންގާ މިރޭ އެޅުމަށް ހަމަޖެހިއްޖެއެވެ. ބިންގާ އެޅުމުގެ ރަސްމިއްޔާތު ކުރިއަށްދާނީ ހަންކެޑެ ސަރަހައްދުގައި މިރޭ 8:30 އިން 10:00 އަށެވެ.
15 Apr 2024
ހުޅުމާލޭގައި މިސްކިތް އިމާރާތް ކުރަން ދެ ބިން ހަވާލުކޮށްފި
ހުޅުމާލޭގައި މިސްކިތް އިމާރާތް ކުރަން ދެ ބިން އެޗްޑީސީން މިއަދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި ހަވާލުކޮށްފި އެވެ.
15 Apr 2024
މުލަކު އަތޮޅާއި މާލެއާއި ދެމެދު ސްޕީޑް ފެރީ، ތިން އަތޮޅެއްގައި އާރްޓީއެލްގެ ޚިދުމަތް ފަށަނީ
މުލަކު އަތޮޅާއި މާލެއާއި ދެމެދު ސްޕީޑް ފެރީގެ ހިދުމަތް އަދި ތިން އަތޮޅެއްގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.