ކުރީގެ ރަޢިސް އިބްރާހިމް މުހައްމަދު ޞާލިހު- ފޮޓޯ/ އެމްޑީޕީ
ހަބަރު
16 Apr 2024 | 11:32
އެމްޑީޕީގެ އަމާޒަކީ މަޖިލީހުގެ ބޮޑު މެޖޯރިޓީ މުޅި ރާއްޖެއިން ނެގުން: ރަައީސް ޞާލިހު

އެމްޑީޕީގެ އަމާޒަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އެމްޑީޕީން ހޯދުން ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ޅ. ހިންނަވަރުގައި ރޭ ކުރިޔަށްދިޔަ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ އެމްޑީޕީއަށް ކުރަން އޮތީ ބުރަ މަސައްކަތެއް ކަމަށެވެ. އެގޮތުން އެމްޑީޕީ ފެށިގެން އައު އިރުވެސް ކުރަންޖެހުނީ އެ މަސައްކަތް ކަމަށާ، އެއީ ރާައްޖެ ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ކަމަށް އެމަނިކުފާނު ވިދާޅުވުއެވެ. 

މިއާއެކު ރައީސް ޞާލިހު ވިދާޅުވީ، އެމަނިކުފާނު ބޭނުންފުޅު ނަމަ ހަމަޖެހިލައިގެން ގޭގައި އާއިލާ އާއި އެކު އުޅެވޭނެ ކަމަށެވެ. އެހެން ނަމަވެސް ރާައްޖެ މިހާރުދާ މިސްރާބުގެ ގޮތުން، ފަސް އަހަރު ވެރިކަންކުރި މީހެއްގެ ހައިސިއްޔަތުން އެފަދައިން އަރާމު ކުރަން އޮވެވެން ނެތް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަދި ކުރިއަށް މަޖިލީހުގެ އިންތިޚާބުގެ ވޯޓުގެ، ނަތީޖާ ފޮރޮޅިގެންދާ ގޮތުން ހީނުކުރާ ވަރުގެ ދައްޗާއި އުނދަގޫ ކުރިމަތިލާން ޖެހިދާނެ ކަމަށާ، އެހެން ކަމުން އެމްޑީޕީގެ އަމާޒަކީ މަޖިލީހުގެ މެޖޯރިޓީ ހޯދުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

އެހެން އެއްވެސް ސަބަބެއް ނެތް މި ކެންޕެއިންގައި ނުކުމެ މިހާ ބުރަކޮށް މަސައްކަތް ކުރަންޖެހޭ. މި އިންތިޚާބުގެ ވޯޓުލާ، ނަތީޖާ ފޮރޮޅިގެންދާ ގޮތުން އަޅުގަނޑުމެން ހީނުކުރާ ވަރުގެ ދައްޗާއި އުނދަގޫ އަޅުގަނޑުމެންނާ ކުރިމަތިލާނެ. އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް މިއޮތް ރައއޔޮތުންގެ މަޖިލީހުގެ މެޖޯރިޓީ. الله ގެ ރަހުމަތާައެކު ބޮޑު މެޖޯރިޓީ މުޅި ރާއްޖެއިން ނެގުން. 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

އެހެންކަމުން، “ފޯކަސް” ގެއްލުވާނުލައި، ކުރިއަށް އޮތް ދުވަސް ތަކުގައި ކެންޕެއިން ކުރުމުގައި ކުރިއަށްދިޔުމަށް އެމަނިކުފާނު ވަނީ ޕާޓީގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ވާދަވެރި ކެންޕެއިން ކުރި ނަމަވެސް، ސުލްހަ ވެރިކަމާއެކު ކުރިއަށް ދިޔުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jul 2026
ޚާމަނާއީގެ ޖަނާޒާގައި ދަރިކަލުން ބައިވެރިވެވަޑައެއް ނުގަންނަވާނެ: ރިޕޯޓް
އިންޑިއާގައި ހުންނަވާ އާޔަތުالله ޚާމަނާއީގެ މަންދޫބު، އާޔަތުالله ޙަކީމް އިލާހީއާ ހަވާލާދީ "އޭއެންއައި" ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުން ދެމުންދާ އިންޒާރުތަކާއި ފާރަލުންތަކުގެ ސަބަބުން، މުޖުތަބާ ޚާމަނާއީ އާންމުންގެ ތެރެއަށް ނުކުމެވަޑައިގަތުމަކީ ނުރައްކާތެރި ކަމެކެވެ.
03 Jul 2026
ދަރިވަރުން ސްކޫލަށް ހާޒިރު ނުވުމުގައި ޒިންމާ ނަގާނީ ކޮން ބައެއް؟
އުނގެނުމާއި، އަޚުލާޤާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރުގެ އިތުރުން ދަރިވަރުންގެ ކާމިޔާބީ އަށްޓަކައި ޤަވަޢިދުން ސްކޫލަށް ޙާޒިރުވުމަކީ ނުހަނު މުހިންމު ކަމެކެވެ. ދަރިވަރުން ޤަވައިދުން ސްކޫލަށް ޙާޒިރުނުވާނަމަ، އޭގެ ނޭދެވޭ އަސަރުކުރަމުން ދަނީ ހަމައެކަނި އެ ދަރިވަރަށް އެކަންޏެއް ނޫނެވެ
03 Jul 2026
ކޮރްއޭޝިއާ ބަލިކޮށް ޕޯޗްގަލް ގަދަ 16 އަށް
މެޗު ނިމެން ދަނިކޮށް ފަހުވަގުތު ކޮރްއޭޝިއާއިން ވަނީ އިތުރު ލަނޑެއްވެސް ޖަހާފައެވެ. ނަމަވެސް، ވީއޭއާރު (VAR) ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ
03 Jul 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގައި ގާލް ގައިޑް ދުވަސް ފާހަގަކޮށްފި
ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަހެއް ފާހަގަކުރުމަށް ރަސްމީކޮށް ކަނޑައެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުއެވެ.
02 Jul 2026
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތައް އަރައިނުގަތުމަށް އެދި އިލްތިމާސްއެއް
ބަޔާނުގައި ބުނެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތާއި، ފުރައްސާރަ ރައްދުވާފަދަ ބަހުރުވަ ބޭނުންކޮށް، އެފަރާތްތައް މުޖުތަމައުއިން އެކަހެރިކުރުވާފަދަ އަމަލުތައް ސޯޝަލް މީޑިއާގެ މަންސަހުތަކުގައި ދައުރުކުރުމަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލްވާ މުޖުތަމައުއެއް ބިނާކުރުމަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ
02 Jul 2026
އެކަށީގެންވާ މިންވަރަށް ރީތިކޮށް އަތުން ލިޔަން ނޭންގޭ ދަރިވަރުންގެ އަދަދު 56 އިންސައްތާގައި
".. 44 އިންސައްތަ ދަރިވަރުންނަށޭ އެކަށީގެންވާ މިންވަރަށް މިބައިން [އަތުލިއުމުގެ ބައިން] ސްކޯ ކުރެވެނީ,"
02 Jul 2026
ޒަކާތާ ގުޅުންހުރި ހަތަރު ފޮތެއް ނެރެފި
ޒަކާތާ ގުޅޭ ހަތަރު ފޮތެއް މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ނެރެފި އެވެ.
02 Jul 2026
މި ދުވަސްވަރު 8،000އެއްހާ ދަރިވަރުން ސުކޫލަށް ނުދޭ، ވަޒީރުގެ ކަންބޮޑުވުން
"އަޅުގަނޑަށް އެނގޭ މިއީ ވޯލްޑްކަޕް ދުވަސްވަރުކަން. އެހެން ނަމަވެސް އެކަށެއްކަހާސް ދަރިވަރުން ސުކޫލަށް ނުދިއުމަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. އެކަން ހައްލުވާން ޖެހޭ,"`