ހަބަރު
14 Apr 2024
މޯލްޑިވްސް ވޭވުން ބޮޑު ސްކޭމެއް ހިންގިކަމަށް ބުނާ މައްސަލައެއް ތަޙްޤީގު ކުރަނީ
ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ގިނަ ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ކަމަށް މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް ނަމަކަށް ކިޔާ ކުންފުންޏަކަށް ތުހުމަތުކޮށް މައްސަލަ ތަޙްޤީގުކުރަން ފަށައިފިއެވެ. ފުލުހުން މިއަދު ވިދާޅުވީ، މި މައްސަލައަކީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަޙްޤީގު ކުރަމުންދާ މައްސަލައެއް ކަމަށާއި މައްސަލައިގައި އިތުރު މީހުންގެ އަތުން ފައިސާ ނަގާފަވޭތޯ ބަލަން ބޭނުންވާ ކަމަށެވެ.
14 Apr 2024
ރައީސް ފ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފ އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
14 Apr 2024
ފީއަލިން ބިން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކާނަން - ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ފީއަލީ ފަޅުން ގާތްގަނޑަކަށް 15 ހެކްޓަރުގެ ބިމުގެ ޖާގަ އުފެއްދެން އެބައޮތް ކަމަށާއި އަދި އެއަށްވުރެ ބޮޑަށްވެސް ހިއްކެންޏާ އެބައިވެސް ހިމެނޭގޮތަށް ހިއްކައިދެއްވާނެ ކަމަށެވެ.
14 Apr 2024
ބިލެތްދޫގެ އަންހެނުންނަށް އިންޑޯޖިމެއް ގާއިކޮށްދިނުމަށް އެދެފި
ފ.ބިލެތްދޫގައި އަންހެނުންނަށް ޚާއްސަކޮށް އިންޑޯޖިމެއް ގާއިކޮށްދިނުމަށް އެރަށުގެ އ.ތ.މ ކޮމިޓީން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހުން އެދިވަޑައިގެންފިއެވެ.
14 Apr 2024
ޔާމީން މިނިވަންކުރެއްވުމަށް، އެމްޑީޕީން ޖޭއެސްސީއަށް ދިޔުމަކީ ބޮޑު ޖޯކެއް
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމް މިނިވަން ނުވެގެން ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީއަށް އެމްޑީޕީގެ ފަރާތުން މައްސަލަ ހުށަހެޅުމަކީ “ބޮޑު ޖޯކެއް” ކަމަށް ޕީއެންސީގެ މަޖިލިސް އިންތިޚާބުގެ އިސް ތަރުޖަމާނު، އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
14 Apr 2024
އިއްޔެ ރާއްޖެއަށް ކުރި ވިއްސާރަ: މާލޭގެ 132 ތަނަކުން ފެން ވަދެގެން ރިޕޯޓް ކުރި
އިއްޔެ ކުރި ވިއްސާރައިގެ އަދާހަމަ ހާމަ ކުރައްވަމުން އެންޑީއެމްއޭ އިން މިއަދު ބުނެފައިވަނީ، މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ ފެންވަދެގެން ޖުމްލަ 132 ތަނަކުން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި 122 ތަނަކަށް އެޓެންޑުވެ، 104 ތަނެއްގައި ޖުމްލަ 732 ވެލިބަސްތާ ޖަހާފައިވާކަމަށްވެސް އެންޑީއެމްއޭ އިން ބުނެފައިވެއެވެ.
14 Apr 2024
ހޯރަފުށީ ކައުންސިލުން ކެމްޕޭނަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާ މައްސަލައެއް!
ހއ.ހޯރަފުށީ ކައުންސިލުން މަޖިލިސް ކެމްޕޭނަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާކަމަށާއި އެ މައްސަލަ ކަމާބެހޭ މުއައްސަސާތަކުން ބެލުމަށް ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް/ޕީއެންސީ ކޮންގްރެސް އިން ގޮވާލައިފިއެވެ.
14 Apr 2024
މަގޫދޫ އެއާޕޯޓުގެ މަޝްރޫއު ހުއްޓައިނުލައި ނިންމައިދޭނަން: ރައީސް
ފ.މަގޫދޫގެ އެއާޕޯޓްގެ އިތުރުން އެ ރަށުގައި ހިންގާ ތަރައްގީގެ އެހެން މަޝްރޫއުއެއް ވެސް ހުއްޓައިނުލައި ނިންމައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.