ޕީއެންސީގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން— ފޮޓޯ/ ހީނާ
ހަބަރު
14 Apr 2024 | 16:35
ރައީސް ޔާމީން މިނިވަންކުރެއްވުމަށް، އެމްޑީޕީން ޖޭއެސްސީއަށް މައްސަލަ ހުށަހެޅުއްވުމަކީ ބޮޑު ޖޯކެއް: ހީނާ

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމް މިނިވަން ނުވެގެން ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީއަށް އެމްޑީޕީގެ ފަރާތުން މައްސަލަ ހުށަހެޅުމަކީ “ބޮޑު ޖޯކެއް” ކަމަށް ޕީއެންސީގެ މަޖިލިސް އިންތިޚާބުގެ އިސް ތަރުޖަމާނު، އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. 

ރައީސް ޔާމީންގެ ޝަރީއަތް މަޑުޖެހިފައިވަނީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށް ހިތަދޫ އުތުރު ދާއިރާއަށް ފަސްވަނަ ދައުރަކަށް ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަދި ޖޭއެސްސީގެ މެންބަރު މުހައްމަދުގެ އަސްލަމު ދާދިފަހުން ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

އަސްލަމްގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން، ޕީޕީއެމް/ޕީއެންސީގެ މަޖިލިސް އިންތިހާބުގެ ތަރުޖަމާނުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހީނާ ވަނީ، އެއީ ބޮޑު ޖޯކެއްގެ ގޮތަށް ސިފަ ކުރައްވާފައެވެ.  

ރައީސް ޔާމިން މިނިވަންކުރުމަށްޓަކައި އެބޭފުޅުން ޖޭއެސްސީއަށް މައްސަލަ ހުށަހަޅާ ވާހަކަ. ދެން މިވެސް ވަރަށް ބޮޑު ޖޯކަކަށް ހަގީގަތުގައި އަޅުގަނޑުމެންނަށް މިވަނީ. މައްސަލަ ބަލަން ހައިކޯޓުގައި ތިއްބެވި ތިން ފަނޑިޔާރުންނަކީވެސް އެމްޑީޕިގެ ސަރުކާރުން އައްޔަނު ކުރެއްވި ފަނޑިޔާރުން. މަޖިލީހުގެ ރައީސް (އަސްލަމް) އަކީ ޖޭއެސްސީގައި އިންނަވާ ބޭފުލެއް. އެއީ އެމްޑީޕީގެ ބޭފުޅެއް. ދެން ޖޭއެސްސީގައި ތިބީވެސް ހުސް އެމްޑީޕީ ބޭފުޅުން. ދެން މަޖިލިސް ރައީސް މި ވަޑައިގަންނަވަނީ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހަށް މި މައްސަލަ ބަލަން. އެހެންވީމާ މިވެސް ވަރަށް ބޮޑު ޖޯކަކަށް އަޅުގަނޑުމެންނަށް މިވަނީ. 

ހީނާ ވަލީދު

ހީނާ ވިދާޅުވީ، އެމްޑީޕިގެ ވެރިކަމުގައި، އެ ޕާޓީއަށް މަޖިލީހުގެ ސުޕަމެޖޯރިޓީ އޮވެގެން ނުކުރެވުނު ކަމެއް، އަލުން އެ މެޖޯރިޓީ ދީގެންވެސް ނުކުރެވޭނެ ކަމަށެވެ. 

މީގެ އިތުރުން، ހީނާ ވަނީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އައި އިރު، އޭރުގެ އިދިކޮޅު ލީޑަރ ހުންނެވީ ޖަލުގައި ކަމަށާ، އެހެންކަމުން އިދިކޮޅު ފަރާތްތަކަށް ކެންޕެއިން ކުރުމުގެ ފުރުސަތުވެސް ހަނިވެގެން ދިޔަ ކަމަށެވެ. 

އެހެން ނަމަވެސް، މިފަހަރުގެ މަޖިލީހުގެ އިންތިޚާބުގައި އިދިކޮޅުގެ ހުރިހާ ލީޑަރުންވެސް ތިބީ މިނިވަންކަމާއި އެކު ކެންޕެއިން ކުރަން ދޫކޮށްލެވިފައި ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.