ހަބަރު
13 Apr 2024
ރައީސް ޑރ.މުޢިއްޒު 60،000 ވަޒީފާ ހާސިލްކޮށްދެއްވާނެ: ޝަރީފް
ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ތަރައްގީގެ ސިޔާސަތަށް ތާއީދުކުރާ މަޖިލީހެއް ރައްޔިތުން ހޮވައިފިނަމަ، ޒުވާނުންނަށް ބޭނުންވާ 60،000 ވަޒީފާ ރައީސް ޑރ.މުޢިއްޒު ހާސިލްކޮށްދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
13 Apr 2024
އާދޭސްކުރީމަ ވެސް ބަޖެޓު ކޮމިޓީން މަޝްރޫޢުތަކަށް ފައިސާ ޖަހައިނުދޭ: ނިހާދު
އައްޑޫ ސިޓީގެ ޕްރޮޖެކްޓް ތަކަށް ފައިސާ ޖެހުމަށް އާދޭސް ކުރުމުން ވެސް، މަޖިލީހުގެ ބަޖެޓް ކޮމިޓީގައި އައްޑޫ ސިޓީގެ ދާއިރާތައް ތަމްސީލުކުރައްވާ މެމްބަރުން ތިއްބެވި ނަމަވެސް، މަޝްރޫއުތަކަށް ފައިސާ ޖަހައިނުދޭ ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
13 Apr 2024
ހަންކެޑެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށަނީ
ހަންކެޑެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
13 Apr 2024
އައްޑޫ ސިޓީގެ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށަނީ
އައްޑޫ ސިޓީގެ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ އަމަލީ މަސައްކަތް މި ހަފްތާ ތެރޭ ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
13 Apr 2024
އިންޑިއާ ސިފައިންގެ ދެވަނަ ޓީމް ރާއްޖެއިން ފޮނުވާލައިފި
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ދެވަނަ ޓީމް މިމަހުގެ 9 ވަނަ ދުވަހު އެނބުރި އިންޑިއާއަށް ގޮސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
13 Apr 2024
އެއްބަޔަކު ހޮވައިގެން އެތައް އަހަރެއް، ވީ ކަމެއް ނެތް: އަޒާން
ރައްޔިތުންގެ މަޖިލީހުގެ އައްޑޫގެ ދާއިރާތަކަށް އެއްބަޔަކު ހޮވައިގެން ތަރައްގީ އަށް އުއްމީދު ކުރާތާ އެތައް އަހަރެއްވެއްޖެ ކަމަށާއި، އެހެންނަމަވެސް ވީ ކަމެއް ނެތް ކަމަށް ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ހިތަދޫ މެދު ދާއިރާ އަށް ވާދަކުރައްވާ އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.
12 Apr 2024
މި އަހަރު ނިމުމުގެ ކުރިން އައްޑޫ ބްރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނަން
މި އަހަރު ނިމުމުގެ ކުރިން އައްޑޫ ބްރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައި، މި ދައުރު ނިމުމުގެ ކުރިން ބްރިޖު އަޅައި ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
12 Apr 2024
އައްޑޫ ރައްޔިތުން ތަރައްގީގެ އުއްމީދުގައި ދެބަދޭތެރޭ ތިބޭކަށް ބޭނުމެއް ނޫން
އައްޑޫ ސިޓީގެ ރައްޔިތުންނަކީ ތަރައްގީގެ އުއްމީދުގައި، ދެބަދޭތެރޭ އަބަދު ތިބޭ ބަޔަކަށް ވާން ބޭނުން ނުވާ ކަމަށާ، ބޭނުންވަނީ ހަގީގީ ތަރައްގީ އެ ރައްޔިތުންނަށް ދައްކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.