ހަބަރު
12 Apr 2024
ލ.އަތޮޅުގައިވެސް ޕިކްނިކް އައިލެންޑެއް ތަރައްޤީކުރާނަން - ވަޒީރު ފައިސަލް
ލ. އަތޮޅުގައި ޕިކްނިކް އައިލެންޑެއް ހަދަން ނިންމާފައިވާ ކަމަށް ފަރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ. ރައީސް ޑރ. މުހައްމަދު މުޢިއްޒު ލ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ލ. ގަމުގައި ބޭއްވި ޖަލްސާގައި ވަޒީރު ފައިސަލް ވިދާޅުވީ ލ.އަތޮޅުގެ ތަރައްގީ އަށް މި ސަރުކާރުން ވަރަށް ގިނަ ޕްރޮޖެކްޓުތަކެއް ރާވާފައިވާ ކަމަށާއި، އެ ވަޢުދުތައް ހަގީގަތަކަށް ހަދައިދޭނެ ކަމަށެވެ. އެގޮތުން ލ.އަތޮޅުގެ ރައްޔިތުން ބޭނުން ކުރުމަށާއި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ޕިކްނިކް އައިލެންޑެއް ހަދަން ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
12 Apr 2024
އީދަށް ރަށްރަށަށް ފޮނުވި ލައިޓުތައް ކައުންސިލްތަކުގެ މުދަލުގެ ގޮތުގައި ކަނޑައަޅަން ނިންމައިފި
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ އީދަށް ފޮނުވި ލައިޓުތައް ކައުންސިލްތަކުގެ މުދަލުގެ ގޮތުގައި ހަމަޖެއްސުމަށް ސަރުކާރުގެ އޮފީސްތައް ހުޅުވުމާއެކު އިދާރީ މަސައްކަތްތައް ފަށާނެ ކަމަށެވެ. އަދި ފޮނުވި ތަކެތީގެ ފުރިހަމަ ލިސްޓާއި އެ ތަކެތީގެ މިލްކުވެރިކަން ބަދަލުކުުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދު މިނިސްޓްރީން ހިއްސާ ކުރާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
12 Apr 2024
އެމްޑީޕީގެ ތިލަފަތް އޮތީ ޑިމޮކްރެޓްސް އަތު: ނަޝީދު
ސަރުކާރަށް ފާރަވެރިވެވޭނީ އެމްޑީޕީއަކަށް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕިގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
12 Apr 2024
ކޯވިޑް ލޯނުގެ ކުރިން ދެއްކި އިންޓަރެސްޓް ފައިސާ އަނބުރާ ދޭން ނިންމައިފި!
ކޯވިޑާ ގުޅިގެން ދޫކުރި ލޯނުތަކުގެ އިންޓަރެސްޓް މަޢާފްކޮށް، ލޯނުގެ އަސްލު އަދަދަށް ވުރެ އިތުރަށް އިންޓަރެސްޓްގެ ގޮތުގައި މިހާތަނަށް ދައްކާފައިވާ ފައިސާ އަނބުރާ ރައްދުކުރުމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީން ނިންމައިފިއެވެ.
12 Apr 2024
އެމްޑީޕީ ވެރިކަމަށް އައި އިރުވެސް ޤައުމުގެ މާލީ ހާލަތު ރަނގަޅެއް ނޫން
އެމްޑީޕީ ވެރިކަމަށް އައި އިރުވެސް ޤައުމުގެ މާލީ ހާލަތު އޮތީ ރަނގަޅަށް ނޫން ކަމަށާ، އެ ސަރުކާރުން މަޝްރޫއުތައް ފެއްޓީ އެކި ގޮތް ގޮތުން ހޯދި ފައިސާއިން ކަމަށް، އެމްޑީޕީގެ އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
12 Apr 2024
ރައީސް މުއިއްޒު ރާއްޖޭގެ މެރިޓައިމް ދާއިރާއަށް ބޮޑު ބަދަލެއް ގެނެސްދެއްވާނެ
ރާއްޖޭގެ މެރިޓައިމް ދާއިރާއަށް އިންޤިލާބީ ބޮޑު ބަދަލެއް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނަވާނެކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.
12 Apr 2024
ކުނަހަންދޫގައި ހުއްޓިފައި ހުރި މަޝްރޫޢުތައް އަލުން ފެށުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި
ލ. ކުނަހަންދޫގައި ހުއްޓިފައި ހުރި މަޝްރޫޢުތައް އަލުން ފެށުމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި މަޝްވަރާ ކޮށްފިއެވެ.
12 Apr 2024
ކޮވިޑުގެ ތެރޭ ދޫކުރި ލޯނުތަކުގެ އިންޓްރެސްޓް މާފުކޮށްދޭން ނިންމަވައިފި
ކޮވިޑުގެ ތެރޭގައި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސް.ޑީ.އެފް.ސީ. އަދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެޗް.ޑީ.އެފް.ސީ. މެދުވެރިކޮށް އެކި ފަރާތްތަކުން ނަގާފައިވާ ލޯނުތަކަށް އަރާފައިވާ އިންޓްރެސްޓް މާފުކޮށްދޭން ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Apr 2024
ކައްދޫ އެއާޕޯޓް ތަރައްގީ ކޮށް ގާދޫގައި މެރިޓައިމް ހަބެއް ގާއިމު ކުރަނީ
ލ. ކައްދޫގައި އޮންނަ އެއާޕޯޓް އިތުރަށް ތަރަައްގީ ކުރުމަށާއި އެއަތޮޅު ގާދޫގައި މެރިޓައިމް ހަބެއް ގާއިމު ކުރުމަށް ސަރުކާރާއި ޗައިނާގެ ކުންފުންޏަކާއި އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
11 Apr 2024
މި ފަސް އަހަރު ނިމޭއިރު ހައްދުންމަތި އޮންނާނީ ތަރައްގީގެ އެންމެ އުހުގަ
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު ހައްދުންމަތި އޮންނާނީ ތަރައްގީގެ އެންމެ އުހުގައި ކަމަށް ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެސިޑެންޓް އަބްދުއްރަހީމް އަބްދުالله، އަދުރޭ ވިދާޅުވެއްޖެއެވެ.