އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) / ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
12 Apr 2024 | 15:11
ކޯވިޑް ލޯނުގެ އިންޓަރެސްޓް މާފުކޮށް، ކުރިން ދެއްކި އިންޓަރެސްޓް ފައިސާ އަނބުރާ ދޭން ނިންމައިފި!

ކޯވިޑާ ގުޅިގެން ދޫކުރި ލޯނުތަކުގެ އިންޓަރެސްޓް މަޢާފްކޮށް، ލޯނުގެ އަސްލު އަދަދަށް ވުރެ އިތުރަށް އިންޓަރެސްޓްގެ ގޮތުގައި މިހާތަނަށް ދައްކާފައިވާ ފައިސާ އަނބުރާ ރައްދުކުރުމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީން ނިންމައިފިއެވެ.

ކޯވިޑާއި ގުޅިގެން ކުރީގެ ސަރުކާރުން ދޫކުރި ލޯނުތަކުގެ ހުރިހާ އިންޓްރަސްޓެއް މައާފު ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނިންމުމާއި ގުޅިގެން އެސްޑީއެފްސީން އަމަލުކުރަން ހަމަޖެހިފައިވާ ގޮތް އެކުންފުނިންވަނީ ހާމަކޮށް މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ކޮވިޑާއި ގުޅިގެން ލޯނު ނަގާފައިވާ ފަރާތްތަކުގެ ލޯނުގެ އިންޓްރަސްޓް މާފްކުރުމުން އަންނަ ބަދަލުތައް ކަސްޓަމަރ ޕޯޓަލް މެދުވެރިކޮށް، އީދު ބަންދަށްފަހު ސަރުކާރު ހުޅުވޭ ހަފްތާ ތެރޭގައި ހިއްސާ ކުރާނެކަމަށެވެ. 

އަދި ކޯވިޑާއި ގުޅިގެން ކުރީ ސަރުކާރުން ދޫކޮށްފައިވާ ލޯނުތަކަށް އިންޓްރަސްޓުގެ ގޮތުގައި މިހާތަނަށް ދައްކާފައިވާ ފައިސާ ލޯނުގެ އަސްލު އަދަދުން އުނިކުރެވޭނެކަމަށާ، މިގޮތަށް އުނިކުރުމުން ލޯނުގެ އަސްލު އަދަދަށް ވުރެ އިތުރަށް އެއްވެސް ފައިސާއެއް ދެއްކިފައިވާނަމަ އެ ފައިސާ އަނބުރާ ލޯނު ނެގި ފަރާތަށް ރައްދުކުރާނެކަމަށް އެސްޑީއެފްސީން ބުނެފައިވެއެވެ.

މީގެ އިތުރުން އެސްޑީއެފްސީން ބުނީ މިހާތަށް ލޯނު އަނބުރާދައްކާ ޚަލާސްކޮށްފައިވާ ފަރާތްތަކަށްވެސް ލޯނުގެ އިންޓްރަސްޓްގެ ގޮތުގައި ދައްކާފައިވާ އަދަދު އަނބުރާ ރައްދު ކުރާނެކަމަށެވެ. 

އެސްޑީއެފްސީން ބުނެފައިވާ ގޮތުން، ކޯވިޑް-19 ވިޔަފާރި އެހީ ލޯނުގެ ދަށުން ދޫކޮށްފައިވާ ހުރިހާ ލޯނުތައް އަނބުރާ ދައްކަން ޖެހޭ މުއްދަތު ލޯނު ދޫކުރި ތާރީޚުން ފެށިގެން 10 އަހަރަށް އިތުރު ކޮށްދޭނެއެވެ. 

ކޯވިޑް-19އާއި ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް "ރިކަވަރީ ލޯނު ސްކީމް"ގެ ދަށުން 352.8 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. މީގެ ތެރެއިން އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ މުދާ ވިއްކުމުގެ ވިޔަފާރިކުރާ ފަރާތްތަކަށެވެ. އެގޮތުން އެދާއިރާގައި ހަރަކާތްތެރިވާ 846 ފަރާތަކަށްވަނީ 201.1 މިލިއަން ރުފިޔާ ދޫކޮށްފައެވެ.

އެލޯން ތަކުގެ އިންޓަރެސްޓް މައާފް ކޮށްދެއްވާނެކަން ރައީސް އިއުލާން ކުރެއްވީ ރޭ ފުނަދޫގައި ބޭއްވި ޖަލްސާގައެވެ. އެސްޑީއެފްސީގެ އިތުރުން އެޗްޑީއެފްސީން ދޫކުރި ލޯންތަކުގެ އިންޓަރެސްޓްވެސް މައާފް ކުރެއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
އައްޑޫ ސިޓީގައި ދަނޑުވެރިންގެ ދުވަސް ދަނޑުވެރިންގެ މާރުކޭޓަކާއެކު ފާހަގަކުރަނީ
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަންނަ ހަފްތާގެ ބްރާސްފަތިދުވަހުގެ ހަވީރު އައްޑޫ މީދޫގައި ދަނޑުވެރިންގެ މާރުކޭޓެއް ހުޅުވުމަށް ނިންމައި، އެ މާރުކޭޓުން ގޮޅި ދޫކުރުމަށް ވަނީ އިއުލާނުކޮށްފައެވެ
08 Oct 2026
ޑރ. އަޒްމިރާލްދާގެ މައްޗަށް ޖިނާއީ ދައުވާ ނުކުރެވޭނެ ކަމަށް ނިންމައި މައްސަލަ ފައިލްކޮށްފި
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ތަހުގީގު ފައިލް ބެލުމަށް ފަހު، ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ވަނީ ނިންމައިފައެވެ. ޕީޖީގެ އެ ނިންމުމާ ގުޅިގެން، ހެއްކާއި ގަރީނާ އިތުރަށް ވަޒަންކުރުމަށް ފަހު ފުލުހުން ވެސް މައްސަލަ ވަނީ ނިންމާފައެވެ.
08 Oct 2026
އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ
ޒަމާނީ ވަސީލަތްތަކާއި ހާއްސަ ތަޖުރިބާކާރުން ބިނާކުރުމުގެ އިތުރުން، ކުރީ މަރުހަލާގައި ކެންސަރުގެ ނިޝާންތައް ދެނެގަތުމުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރެވެން ހުރި ފުރުސަތުތައް ފާހަގަކުރައްވައި، އެ ޓެކްނޮލޮޖީ ރަނގަޅަށް ބޭނުންކުރެވޭ ވަރުގެ ސިއްހީ ދާއިރާގެ އިލްމީ ހުނަރުވެރީން ތަމްރީނުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
08 Oct 2026
ލައިސަންސް ނެތި ސައިކަލު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި
މާލޭގެ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާން އަންހެނަކު ނިޔާވި މައްސަލައިގައި، ލައިސަންސް ނެތި ސައިކަލު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
08 Oct 2026
ގދ. އަތޮޅަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު
ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ މާލެއިން ހުވަދު އަތޮޅަށް ދަތުރު ކުރަމުންދާ ބޯޓެއްގައި މީހަކު ގދ. އަތޮޅުގެ އެކި ރަށްރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ.
08 Oct 2026
އެލްޖީއޭގެ ޚަރަދު ބަޖެޓަށްވުރެ އިތުރުވިކަމަށް ދައްކާ ސަބަބު ސާފުކޮށްދީފި
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް ޚަރަދުކޮށްފައިވާ ކަމަށް ދައްކަނީ، އަލަށް އުފެއްދި އަތޮޅު ގޮފިތަކުގެ ޚަރަދުތައް އެ އޮތޯރިޓީގެ ޚަރަދުތަކުގެ ތެރޭގައި ހިމެނުމުން ކަމަށް އެލްޖީއޭ އިން ހާމަކޮށްފިއެވެ.
08 Oct 2026
ވަޤުފްއާ ބެހޭ ކުންފުނީގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ދަފްތަރު ނަންބަރު ރސ 12132، އިޒްޒައްދީން ޢަދުނާން އެވެ. އަދި މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ދ. ކުޑަހުވަދޫ، މަތަރަސްމާގެ، ޔާމީން އިދްރީސް އެވެ.
08 Oct 2026
ވިލިމާލޭގެ ބައެއް ސަރަޙައްދުތަކުން ފެނުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް
ވިލިމާލޭގެ ފެނުގެ ނެޓްވޯކް މަރާމާތުކުރުމުގެ މުހިންމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު މެންދުރުފަހު ވިލިމާލޭގެ ބައެއް ސަރަޙައްދުތަކުން ފެނުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ.