އައުޤާފް ކުންފުނީގެ ވެރިން-
ހަބަރު
08 Oct 2026 | 11:36
ވަޤުފްއާ ބެހޭ ކުންފުނީގެ ޗެއާޕާސަން އަދި އެމްޑީ ހިމެނޭހެން ބޯޑަށް މެންބަރުން އައްޔަންކޮށްފި

މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ޗެއާޕާސަން އަދި މެނޭޖިންގ ޑިރެކްޓަރ (އެމްޑީ) ހިމެނޭހެން މެންބަރުން އައްޔަންކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ދަފްތަރު ނަންބަރު ރސ 12132، އިޒްޒައްދީން ޢަދުނާން އެވެ.

އަދި މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ދ. ކުޑަހުވަދޫ، މަތަރަސްމާގެ، ޔާމީން އިދްރީސް އެވެ.

މީގެއިތުރުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރު ފަސް މެންބަރަކު ވަނީ އައްޔަންކޮށްފައެވެ. އެ ބޭފުޅުންނަކީ:

ޙުސައިން ޝާމް އާދަމް / ޔާގޫތުގެ، ށ. ފޮއްދޫ

ޑރ. މުޙައްމަދު ޝުޖާޢު / މ. ބަރަކަ

މަރްޔަމް ނިހާޔަތު / ވެލަގަލާ، ގދ. ތިނަދޫ

ޢަބްދުالله ޢަލީ / މީނާޒް، ރ. ކަނދޮޅުދޫ

މުޙައްމަދު ހިލްމީ / ސައިމާގެ، ހދ. ވައިކަރަދޫ

މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓް ލިމިޓެޑަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އުފެއްދެވި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏެކެވެ.

މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށް އުފެއްދެވި ކުންފުންޏެކެވެ.

މީގެއިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްތައް ކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ އިތުރުން، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަކީވެސް މި ކުންފުނި އުފެއްދެވި މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ލައިސަންސް ނެތި ސައިކަލު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި
މާލޭގެ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާން އަންހެނަކު ނިޔާވި މައްސަލައިގައި، ލައިސަންސް ނެތި ސައިކަލު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
08 Oct 2026
ގދ. އަތޮޅަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު
ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ މާލެއިން ހުވަދު އަތޮޅަށް ދަތުރު ކުރަމުންދާ ބޯޓެއްގައި މީހަކު ގދ. އަތޮޅުގެ އެކި ރަށްރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ.
08 Oct 2026
އެލްޖީއޭގެ ޚަރަދު ބަޖެޓަށްވުރެ އިތުރުވިކަމަށް ދައްކާ ސަބަބު ސާފުކޮށްދީފި
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް ޚަރަދުކޮށްފައިވާ ކަމަށް ދައްކަނީ، އަލަށް އުފެއްދި އަތޮޅު ގޮފިތަކުގެ ޚަރަދުތައް އެ އޮތޯރިޓީގެ ޚަރަދުތަކުގެ ތެރޭގައި ހިމެނުމުން ކަމަށް އެލްޖީއޭ އިން ހާމަކޮށްފިއެވެ.
08 Oct 2026
ވަޤުފްއާ ބެހޭ ކުންފުނީގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ދަފްތަރު ނަންބަރު ރސ 12132، އިޒްޒައްދީން ޢަދުނާން އެވެ. އަދި މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ދ. ކުޑަހުވަދޫ، މަތަރަސްމާގެ، ޔާމީން އިދްރީސް އެވެ.
08 Oct 2026
ވިލިމާލޭގެ ބައެއް ސަރަޙައްދުތަކުން ފެނުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް
ވިލިމާލޭގެ ފެނުގެ ނެޓްވޯކް މަރާމާތުކުރުމުގެ މުހިންމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު މެންދުރުފަހު ވިލިމާލޭގެ ބައެއް ސަރަޙައްދުތަކުން ފެނުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ.
08 Oct 2026
ޒަމާނީ ދިރިއުޅުމުގައި ކަރަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވާނީ ކިހިނެއް؟
އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހިފައިވާ އެއް ގުނަވަނަކީ އަޅުގަނޑުމެންގެ ކަރެވެ. ސްމާޓްފޯނުތަކާއި ކޮމްޕިއުޓަރުތަކުގެ އިސްކުރީނުތަކަށް ގުދުވެގެން އެތައް ގަޑިއިރެއް ހޭދަކުރުމަކީ މިއަދު އާންމު އާދައަކަށް ވެފައިވާއިރު، މިކަމުގެ ސަބަބުން ކަރަށާއި މައިބަދައަށް ކުރާ ނޭދެވޭ އަސަރުތައް އިންތިހާއަށް ބޮޑެވެ.
08 Oct 2026
މަގުމަތި އަމާންތަނެއްގެ ގޮތުގައި ބޭއްވުމަށް އެންމެ މުހިންމީ ކޮންކަމެއް؟
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަކީ ހަމައެކަނި އުޅަނދު ދުއްވާ ފަރާތްތަކުގެ އެކަނި ޒިންމާއެއް ނޫނެވެ. އެއީ މަގު ބޭނުންކުރާ ހަމަ އެންމެންގެވެސް ޒިންމާއެކެވެ
08 Oct 2026
ފައިސަލް ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައިފި
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައި، ރަނިންމޭޓަކަށް މޭޔަރު އާދަމް އާޒިމް ހަމަޖައްސަވައިފިއެވެ. ރައީސް ޞާލިޙްގެ ތާއީދު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.