-
ލައިފްސްޓައިލް
08 Oct 2026 | 10:00
ޒަމާނީ ދިރިއުޅުމުގައި ކަރަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވާނީ ކިހިނެއް؟

އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހިފައިވާ އެއް ގުނަވަނަކީ އަޅުގަނޑުމެންގެ ކަރެވެ. ސްމާޓްފޯނުތަކާއި ކޮމްޕިއުޓަރުތަކުގެ އިސްކުރީނުތަކަށް ގުދުވެގެން އެތައް ގަޑިއިރެއް ހޭދަކުރުމަކީ މިއަދު އާންމު އާދައަކަށް ވެފައިވާއިރު، މިކަމުގެ ސަބަބުން ކަރަށާއި މައިބަދައަށް ކުރާ ނޭދެވޭ އަސަރުތައް އިންތިހާއަށް ބޮޑެވެ.

އިންސާނާ ސީދަލަށް ކޮޅަށް ހުންނައިރު ނުވަތަ އިށީނދެ އިންނައިރު، ކަރަށް އުފުލަންޖެހެނީ ބޮލުގެ ބަރުދަނުގެ ގާތްގަނޑަކަށް 5.4 ކިލޯގުރާމް (12 ޕައުންޑް) އެވެ. މިއީ ކަރަށް މާ ބޮޑު ބުރައެއް ނޫނެވެ. ނަމަވެސް، ލަންޑަންގެ ކުއީންސް ހޮސްޕިޓަލުގެ ސްޕައިނަލް ނިއުރޯސާޖަން އެންތަނީ ގޯޝް ފާހަގަކުރައްވާ ގޮތުގައި، އިސްދަށަށް ޖަހައިގެން ފޯނާއި ލެޕްޓޮޕަށް ބަލަން އިނުމުން، ބޮލުގެ ބަރުދަން ކަރަށް ދޭ ޕްރެޝަރު ގާތްގަނޑަކަށް 27.2 ކިލޯގުރާމަށް (60 ޕައުންޑަށް) އިތުރުވެގެންދެއެވެ. މިއީ ކަރުގެ މަސްތަކަށާއި މައިބަދައަށް ކެތްކުރަން ވަރަށް ބޮޑު ބުރައެކެވެ.

އުމުރުން ދުވަސްވަމުންދާ ވަރަކަށް ކަރުގެ މަސްތަކާއި ހުޅުތައް ރިލެކްސް ވުމުގެ ބާރު ދަށަށް ގޮސް، ހަރުއެރުން ފަދަ ކަންކަން ކުރިމަތިވެއެވެ. ޑރ. ގޯޝް ވިދާޅުވާ ގޮތުގައި އުމުރުން 40 އަހަރުން މަތީގެ ކޮންމެ މީހެއްގެ ވެސް މައިބަދައިގެ ޑިސްކުތައް ކޮންމެވެސް ވަރަކަށް ގޭނި، ހުޅުތަކަށް ބަދަލު އާދެއެވެ. މީގެ އިތުރުން، ޓެކްނޮލޮޖީގެ ސަބަބުން ޅައުމުރުގައި ކަރާއި ބުރަކަށީގެ މައްސަލަތައް ޖެހޭ މިންވަރު ދަނީ އިތުރުވަމުންނެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި %60 އާއި %80 އާ ދެމެދުގެ މީހުންނަށް ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ކަރުގެ ރިހުން ތަހައްމަލުކުރަން ޖެހެއެވެ. އަދި %50 މީހުންނަށް މި މައްސަލަ ތަކުރާރުކޮށް ދިމާވެއެވެ.

މި މައްސަލަތަކުން ސަލާމަތްވުމަށް އަގުބޮޑެތި ގޮނޑިތައް ހޯދުމުގެ ބަދަލުގައި އެންމެ މުހިންމީ ހަށިގަނޑު ހަރަކާތްތެރިކޮށް ބެހެއްޓުމާއި ސްކްރީންތަކާ ދުރުވެ ކުރު ބްރޭކްތައް ނެގުމެވެ.

"މައިބަދަ ބޭނުންވަނީ ހަރަކާތްތެރިވާން،" ކަމަށް ޑރ. ގޯޝް ވިދާޅުވެއެވެ. ހަރަކާތްތެރިވުމަކީ ލޭދައުރުވުން ރަނގަޅުކޮށް، މަސްތައް ވަރުގަދަކޮށްދޭ ކަމެކެވެ.

ކަރުގެ މަސްތައް ވަރުގަދަކޮށް، ރިހުންތަކުން ދުރުވުމަށް ގޭގައި ފަސޭހައިން ކޮށްލެވިދާނެ ކަސްރަތުތައް:

ކަނާތަށާއި ވާތަށް ބެލުމުގެ ކަސްރަތު: އިށީނދެ އިނދެ ނުވަތަ އޮށޯވެ އޮވެ، ކަރަށް ބާރުނުލައި ވީހާވެސް ބޮޑަށް ކަނާތްފަރާތަށް ބަލާލުމަށްފަހު ދެ ސިކުންތު މަޑުކޮށްލާށެވެ. އެއަށްފަހު ކުރިން ހުރި ހާލަތަށް އެނބުރި އައިސް، ހަމަ އެގޮތަށް ވީހާވެސް ބޮޑަށް ވާތްފަރާތަށް ބަލާލާށެވެ. މިއީ އިނގިރޭސިވިލާތުގެ އެން.އެޗް.އެސް އިން ލަފާދޭ ވަރަށް ފައިދާހުރި ކަސްރަތެކެވެ.

ހަށިގަނޑުގެ ބައްޓަން ރަނގަޅުކުރުން (ޕޯސްޗާ): ކޮމްޕިއުޓަރު ކައިރީގައި ނުވަތަ ޓީވީ ބަލަން އިންނައިރު، ބޯ ކުރިއަށް ދިއްކޮށްގެން އިނުމުގެ ބަދަލުގައި، އެތެރެއަށް ޖައްސާލައި، ކޮނޑާއި އެއްހަމަކޮށް، ކަނދުރާ ސީދާކޮށް ބަހައްޓާށެވެ. މޭމަތި ހުޅުވާލައި، ކޮނޑު ފަހަތަށް ދޫކޮށްލައިގެން އިނުމަކީ ކަރަށް ލިބޭ ޕްރެޝަރު ވަރަށް ބޮޑަށް ކުޑަކޮށްދޭ ކަމެކެވެ.

ކަރުގެ ފްލެކްސަރ މަސްތައް ވަރުގަދަކުރުން (އޮށޯވެގެން): އެނދުގައި ބުރަކަށި ޖައްސައިގެން އޮށޯވެ، ކަކޫ ގުދުކޮށްލުމަށްފަހު، ފައިތިލަ ސީދާކޮށް އެނދުގައި ޖައްސާލާށެވެ. އަދި ދަތްދޮޅި މެޔާލައި ފިއްތާލާށެވެ. އެއަށްފަހު ބޮލުގެ ފަހަތުގައި އަތް ޖައްސައި، އެނދުގެ ތަންމަތިން އެންމެ އިންޗިއެއްހާ މައްޗަށް ބޯ ހިއްލާލުމަށްފަހު އަތް ދުރުކޮށްލާށެވެ. މި ހާލަތުގައި މަދު ސިކުންތުކޮޅަކަށް ހިފަހައްޓައި، މަޑުމަޑުން 30 ސިކުންތަށް ވަގުތު އިތުރުކުރަމުން ގެންދާށެވެ.

ގޮނޑިއެއް ބޭނުންކޮށްގެން ހަދާ ކަސްރަތު: ބޮލުގައި ލައްގާ ބައެއް ހުންނަ ގޮނޑިއެއްގައި އިށީނދެ، ސީދާ ކުރިމައްޗަށް ބަލަހައްޓައިގެން އިނދެ، ބޯ ފަހަތަށް ގޮނޑީގެ ލައްގާ ބަޔާ ދިމާލަށް ކޮށްޕާލާށެވެ. އެއަށްފަހު ދަތްދޮޅި މޭމައްޗާ ދިމާލަށް ގެނެސް ކުޑަކޮށް މަޑުކޮށްލުމަށްފަހު އަނެއްކާވެސް ފެށި ހާލަތަށް ރުޖޫޢަވާށެވެ.

ކަސްރަތެއް އަލަށް ފެށުމުގެ ކުރިން ޞިއްޙީ މާހިރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ. އަޅުގަނޑުމެންގެ ކަރަކީ މުޅި ހަށިގަނޑުގެ ހަރަކާތްތަކާ ގުޅިފައިވާ ނާޒުކު ގުނަވަނަކަށް ވުމާއެކު، ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ކުޑަ ވަގުތުކޮޅެއް މިފަދަ ކަސްރަތުތަކަށް ހުސްކޮށްލުމަކީ ދިގު މުއްދަތުގައި ކަނދުރާގެ ދުޅަހެޔޮކަން ދަމަހައްޓައި، ވޭންދެނިވި ރިހުންތަކުން މިންޖުވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ޒަމާނީ ދިރިއުޅުމުގައި ކަރަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވާނީ ކިހިނެއް؟
އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހިފައިވާ އެއް ގުނަވަނަކީ އަޅުގަނޑުމެންގެ ކަރެވެ. ސްމާޓްފޯނުތަކާއި ކޮމްޕިއުޓަރުތަކުގެ އިސްކުރީނުތަކަށް ގުދުވެގެން އެތައް ގަޑިއިރެއް ހޭދަކުރުމަކީ މިއަދު އާންމު އާދައަކަށް ވެފައިވާއިރު، މިކަމުގެ ސަބަބުން ކަރަށާއި މައިބަދައަށް ކުރާ ނޭދެވޭ އަސަރުތައް އިންތިހާއަށް ބޮޑެވެ.
08 Oct 2026
މަގުމަތި އަމާންތަނެއްގެ ގޮތުގައި ބޭއްވުމަށް އެންމެ މުހިންމީ ކޮންކަމެއް؟
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަކީ ހަމައެކަނި އުޅަނދު ދުއްވާ ފަރާތްތަކުގެ އެކަނި ޒިންމާއެއް ނޫނެވެ. އެއީ މަގު ބޭނުންކުރާ ހަމަ އެންމެންގެވެސް ޒިންމާއެކެވެ
08 Oct 2026
ފައިސަލް ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައިފި
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައި، ރަނިންމޭޓަކަށް މޭޔަރު އާދަމް އާޒިމް ހަމަޖައްސަވައިފިއެވެ. ރައީސް ޞާލިޙްގެ ތާއީދު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.
08 Oct 2026
އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
މިމަހުގެ 14 ވަނަ ދުވަހުގެ ރޭ މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ނިންމާފައިވާއިރު، ސިޓީގެ މައްޗަށް ދައުވާތައް ސާބިތުވި ދުވަހުވެސް ގާޑިއޯލާ ވަނީ އެ ކްލަބާއެކު ހުރިކަމަށް ބުނެފައެވެ.
08 Oct 2026
މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ
މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން އެއްޗަކަށްވާނެއެވެ. މި ތައްޔާރު ކޮށްލަންވެސް މާ ގިނަ ވަގުތެއް އަދި އެއްޗެއްވެސް ބޭނުމެއް ނުވާނެއެވެ.
07 Oct 2026
ކ.ހުރާއިން ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އިއުލާންގައި ވާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ދޫކުރުމަށް ނިންމާފައިވާއިރު، ފޯމް ހުށަހެޅޭނީ 11 އިން ފެށިގެން 15 ވަނަ ދުވަހާ ހަމައަށެވެ.
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.