22 Jan 2024
އެއްބަސްވުންތަކަށް ޢަމަލީ ސިފަ ގެނައުމަާއި ގުޅޭގޮތުން މަޝްވަރާކޮށްފި
ރައީސް ޑރ.މުއިއްޒު ދާދި ފަހުން ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުގައި ޗައިނާ އާއި އެކު ވެފައިވާ އެއްބަސްވުން ތަކަށް އަމަލީ ސިފަ ގެނައުމާއި ގުޅޭ ގޮތުން ވައިސް މިނިސްޓަރ އޮފް ދި އިންޓަރނޭޝަނަލް ޑިޕާޓްމަންޓް އޮފް ދަ ޗައިނީސް ކޮމިއުނިސްޓް ޕާޓީ، ސުން ހައިޔާން އާއި ރައީސް ޑރ.މުޙައްމަދު މުޢިއްޒު މަޝްވަރާކުރައްވައިފިއެވެ.
22 Jan 2024
މޯލްޑިވް ގޭސް ގެ ކުރީގެ އެމްޑީގެ މައްޗަށް ރިޝްވަތު ނެގިކަމުގެ 7 އެއް ދައުވާ
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ (އެމްޑީ) އަބްދުﷲ މަޢުމޫނުގެ މައްޗަށް ރިޝްވަތު ނެގިކަމުގެ 7 އެއް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
22 Jan 2024
ޑިމޮކްރެޓްސް އާއި އެމްޑީޕީ އެކުގައި މަަަސައްކަތް ކުރަން ހުށަހެޅުމެއް
‏ހަޤީޤީ މާނައިގައި ސަރުކާރު ޖަވާބުދާރީކޮށް ޒިންމާދާރު ކުރުވޭނީ ޑިމޮކްރެޓްސް އާއި އެމްޑީޕީ އެކުގައި މަަަސައްކަތް ކުރެވިގެން ކަމަށް، އެމްޑީޕީން ވަކިވެ، ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވާ، ކުރީގެ އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
22 Jan 2024
ޕްރައިމަރީއަށް ފޯމު ހުށަހެޅި ހުރިހާ ބޭފުޅުންނަށް ވާދަކުރެއްވޭނެ
ރައްޔިތުން މަޖިލސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވަން ނަން ހުށައެޅުއްވި އެންމެންނަށްވެސް ޕްރައިމަރީގައި ވާދަކުރެވޭނެކަމަށް ރައީސުލްޖުމުހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.
22 Jan 2024
ބޮމެއް އޮތް ކަމަށްބުނި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް
ބޮމެއް އޮތް ކަމަށް ބުނެ ބިރު ދެއްކި މީހަކު ހދ. ހަނިމާދޫ އިންޓަނޭޝަލް އެއާޕޯޓުން މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
22 Jan 2024
ތެޔޮ ރައްކާ ކުރަނީ ކ.ތިލަފުށި ކައިރީގައި އޮންނަ މާގިރިގައި: މިނިސްޓަރ މުއްތަލިބް
ތެޔޮ ރައްކާކުރުމަށް ބޭނުން ކުރަމުން އަންނަ ކ. ފުނަދޫ ގައި އެ މަސައްކަތް ހުއްޓާލައި، ތެޔޮ ރައްކާ ކުރުމަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ކ. ތިލަފުށި ކައިރީގައި އޮންނަ މާގިރި ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
22 Jan 2024
ކިޔާ އެއްޗެއް ސާފުކޮށް އެނގޭނެހެން ގާނޫނު ހަދަންވީނޫންތޯ
ގާނޫނުތައް އޮޅުވާލައިގެން ނުލިޔެ، އެ ގާނޫނުގައި ބުނާ އެއްޗެއް ސާފުކޮށް އެނގޭނެހެން ގާނޫނު ހެދުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިހްސާން އެދިވަޑައިގެންފިއެވެ.
22 Jan 2024
މަޖިލިސް އިންތިޚާބުގެ ވޯޓާސް ލިސްޓަށް 746 ޝަކުވާ!
އަންނަ މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ނިޔާވެފައި ތިބި 200 އަށްގުރެ ގިނަ މީހުންގެ ނަން ހިމެނޭތީ ޝަކުވާ ހުށަހަޅާފައިވާ ކަމަށް އީސީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.