ހަބަރު
ރިޕޯޓް
ކުޅިވަރު
ދުނިޔެ
ވިޔަފާރި
ދީން
ލައިފްސްޓައިލް
ވާހަކަ
ފޮޓޯ
English News
ހަބަރު
ރިޕޯޓް
ކުޅިވަރު
ދުނިޔެ
ވިޔަފާރި
ދީން
ލައިފްސްޓައިލް
ވާހަކަ
ފޮޓޯ
ހަބަރު
09 Apr 2024
3 އަހަރު ތެރޭ ހުޅުމާލެ ހޮސްޕިޓަލް ޓަރޝިއަރީ ފެންވަރަށް ބަދަލުކުރެވޭނެ: ހަލީމް
ކުރިއަށް އޮތް 3 އަހަރު ތެރޭ ހުޅުމާލެ ހޮސްޕިޓަލް ޓަރޝިއަރީ ފެންވަރަށް ބަދަލުކުރެވޭނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުލްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.
ޚަދީޖާ އަރުފާ, ވޮއިސް
09 Apr 2024
ޒަކާތު ފަންޑުން ޣައްޒާއަށް 100,000 ޑޮލަރު ފޯރުކޮށްދެނީ!
ޒަކާތު ފަންޑުން ޣައްޒާއަށް 100,000 ޑޮލަރު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
09 Apr 2024
މުސްލިމް ވޯލްޑް ލީގުގެ މަތީ މަޖިލީހަށް ޝަހީމް އައްޔަންކޮށްފި
މުސްލިމު ވޯލްޑް ލީގު, ރާބިޠަތުލްޢާލަމީލް އިސްލާމީގެ އެންމެ މަތީ މަޖްލީހުގެ މެންބަރަކަށް ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޢައްޔަންކުރައްވައިފިއެވެ.
09 Apr 2024
މިއަންނަ އަހަރާއި އަޟްހާ ދިއްލާ ރަށްތައް މިއައްވުރެ ގިނަ ކުރާނަން: ރައީސް
މިއަންނަ އަހަރު އަދި އަޟްހާ ދިއްލާ ރަށްތައް މިއައްވުރެ ގިނަ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
09 Apr 2024
އަޅުގަނޑު ބޭނުންވަނީ ކުދިބޮޑު އެންމެނަށް ޢީދުގެ މުހިންމުކަން އިހްސާސްވާން
ޢީދު ދުވަސް ފާހަގަ ކުރައްވަން ބޭނުންވަނީ އެއް ރޫޙެއްގެ އެއްބައެއްގެ ގޮތުގައި އެއްބައިވަންތަކަމާއެކުގައި ކަމަށާ، ކުދިބޮޑު އެންމެނަށް އީދުގެ މުހިންމުކަން އިހްސާވާން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
09 Apr 2024
ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތުގެ މަޤާމަށް ފަޟީލަތުއް ޝައިޚްޢިއްޒައްދީން
ޑިރެކްޓަރު ޖެނެރަލް އޮފް ޒަކާތުގެ މަގާމަށް އައްޝައިހް އިއްޒައްދީން އަދްނާން އައްޔަނު ކޮށްފި އެވެ.
08 Apr 2024
ދިވެހިރާއްޖެއަކީ ޗައިނާއާއި އިންޑިޔާގެވެސް ރަޙްމަތްތެރިއެއް: ވަޒީރު ސަޢީދު
ތުރުކީގެ ޓީއާރްޓީ ވޯލްޑް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ދިވެހިރާއްޖެއިން ޗައިނާއާއި އިންޑިޔާ އާ ދެ ޤައުމާވެސް ގުޅުން ބާއްވާނެ ކަމަށެވެ. އަދި އިންޑިޔާއާއި ޗައިނާއާ ދެ ޤައުމުގެ ފަތުރުވެރިންވެސް ދިވެހިރާއްޖޭގެ އަގުވަޒަން ކުރާކަމަށެވެ. ދިވެހިރާއްޖެއަކީ ދުނިޔޭގެ ހުރިހާ ޤައުމަކާވެސް ގުޅުން ބާއްވަން ބޭނުންވާ، ފަތުރުވެރި، މުޅި ދުނިޔެއަށްވެސް ހުޅުވާލެވިފައިވާ ޤައުމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
08 Apr 2024
ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަށް މުވައްޒަފުން ހޯދަން އިއުލާނުކޮށްފި
ހއ. ހޯރަފުށީގައި ހުޅުވަން ހަމަޖެހިފައިވާ ކުޑަކުދިންގެ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަށް މުވައްޒަފުން ހޯދަން އިއުލާނުކޮށްފި އެވެ. ޖުވެނަލް ޖަސްޓިސް ޑިޕާޓްމަންޓުން އިއުލާންކޮށްފައި ވަނީ ޓެކްނިކަލް ޑިރެކްޓަރަކާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރަކާއި، އެސިސްޓެންޓް ކައުންސެލަރަކާއި، 2 ޕްރޮގްރާމް އޮފިސަރުން، 2 ސީނިއާ ޖުވެނަލް ޖަސްޓިސް އޮފިސަރުން، 2 މަސައްކަތު މީހުން، 2 ކައްކާ އަދި 6 ޗައިލްޑް ކެއާ އެޓެންޑެންޓުންނާއި 6 ސެކިޔުރިޓީ އޮފިސަރުން ހޯދުމަށެވެ.
08 Apr 2024
އީ-ޕެޓިޝަން ތަޢާރަފު ކުރުމަށް ޢާންމުންގެ ޚިޔާލު ހޯޯޯދުމަށް ހުޅުވާލައިފި
ރައްޔިތުންގެ މަޖިލީހާ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާން (ޔޫއެންޑީޕީ)އާ ގުޅިގިގެން މަޖިލިހަށް ތައާރަފުކުރަން ނިންމާފައިވާ އިލެކްޓްރޯނިކް ޕެޓިޝަން (އީ-ޕެޓިޝަން) ނިޒާމުގެ ސިޔާސަތު ކަރުދާހަށް އާންމުންގެ ޚިޔާލު ހޯދަން ހުޅުވާލައިފި އެވެ.
08 Apr 2024
ޒަކާތުގެ ގޮތުގައި ލިބުނު ގޮވާން ބެހުމުގެ މަސައްކަތް ފަށައިފި
ފިޠުރު ޒަކާތުގެ ގޮތުގައި މިރަމަޟާން މަހު މާލެ ސިޓީއިން ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް ބެހުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. ޒަކާތު ހައުސް އިން ވިދާޅުވިގޮތުގައި ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބެހުން ކުރިއަށްދަނީ އަމީނިއްޔާ ސްކޫލުގެ ހޯލުގައެވެ. މިތަކެތި ބެހުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
08 Apr 2024
ކުރީ ސަރުކާރުން ދިން އަނިޔާއަށް ވުރެ ބޮޑު އަނިޔާއެއް ޖަމީލް، ޔަމީނަށް ދީފި
ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން ދިން އަނިޔާއަށް ވުރެ ބޮޑު އަނިޔާއެއް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު އަދި ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް، ވަކީލަކަށް ހުންނަވައިގެން ދެއްވާފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ސަރުކާރުގެ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
Showing
14089
to
14099
of
25040
results
1
2
...
1172
1173
1174
1175
1176
1177
1178
...
2086
2087