ވަޒީރު މުހައްމަދު ސަޢީދު ފޮޓޯ/މިނިސްޓްރީ އޮފް އިކޮނޮމިކް އެފެއާޒް
ހަބަރު
08 Apr 2024 | 20:43
ދިވެހިރާއްޖެއަކީ ޗައިނާއާއި އިންޑިޔާގެވެސް ރަޙްމަތްތެރިއެއް: ވަޒީރު ސަޢީދު

ދިވެހި ރާއްޖެއަކީ ޗައިނާއާއި އިންޑިޔާގެވެސް ރަޙްމަތްތެރިއެއް ކަމުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ތުރުކީގެ ޓީއާރްޓީ ވޯލްޑް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ދިވެހިރާއްޖެއިން ޗައިނާއާއި އިންޑިޔާ އާ ދެ ޤައުމާވެސް ގުޅުން ބާއްވާނެ ކަމަށެވެ. އަދި އިންޑިޔާއާއި ޗައިނާއާ ދެ ޤައުމުގެ ފަތުރުވެރިންވެސް ދިވެހިރާއްޖޭގެ އަގުވަޒަން ކުރާކަމަށެވެ. ދިވެހިރާއްޖެއަކީ ދުނިޔޭގެ ހުރިހާ ޤައުމަކާވެސް ގުޅުން ބާއްވަން ބޭނުންވާ، ފަތުރުވެރި، މުޅި ދުނިޔެއަށްވެސް ހުޅުވާލެވިފައިވާ ޤައުމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، ވިޔަފާރީގައި، އިންޑިޔާއާއި ޗައިނާއަކީވެސް ދިވެހިރާއްޖެއަށް ވަރަށް މުހިންމު ދެ މާކެޓް ކަމަށެވެ. އަދި ދިވެހި ސަރުކާރު ދެކޮޅު ކަމަކީ ބޭރު ސިފައިން ރާއްޖޭގަިއ ތިބުން ކަމަށެވެ.

ފާއިތުވި މަސްތަކުގައި އިންޑިއާގެ ފަތުރުވެރިންގެ އަދަދު މަދުވުމާ ގުޅޭ ގޮތުން ސުވާލު ކުރެއްވެމުން، ވަޒީރު ވިދާޅުވެފައި ވަނީ އަބަދުވެސް ބައެއް ޤައުމުތަކުން އަންނަ ފަތުރުވެރިން އިތުރުވާއިރު އަނެއްބައި ޤައުމުތަކުން އަންނަ ފަތުރުވެރިން މަދުވާ ކަމަށެވެ.

"މިސާލަކަށް ކޯވިޑްގެ ކުރިން ޗައިނާ އޮތީ އެއްވަނައިގައި ނޫން. އެކަމަކު މިހާރު މިވަނީ ބައުންސް ބެކް ވެފަ. ރާއްޖެއަށް ކޮންމެ ދުވަހަކު – ގާތްގަނޑަކަށް ކޮންމެ ގަޑިއިރަކު – އިންޑިއާއިން އަންނަ ފްލައިޓްތައް އެބަހުރި." 

ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ނިމިދިޔަ ސަރުކާރުން އިންޑިޔާ އާއި ވަރަށް ގާތް ގުޅުމެއް ބާއްވާފައި ވާއިރު، އެ ސަރުކާރުގައި ރާއްޖޭގެ އެއްވަނަ މާކެޓްގެ ގޮތުގައިވެސް އިންޑިޔާ ވެގެން ދިޔައެވެ. ނަމަވެސް ޑިސެމްބަރު މަހުން ފެށިގެން އިންޑިޔާއިން އަންނަ ފަތުރުވެރިންގެ އަދަދު މަދުވެ، މިހާރު އިންޑިޔާ އުޅެނީ 4 ވަނަ އާއި 5 ވަނައިގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.