ފޮޓޯ / ރައްޔިތުންގެ މަޖިލިސް
ހަބަރު
08 Apr 2024 | 15:08
އީ-ޕެޓިޝަން ތަޢާރަފު ކުރުމަށް ޢާންމުންގެ ޚިޔާލު ހޯޯޯދުމަށް ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހާ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާން (ޔޫއެންޑީޕީ)އާ ގުޅިގިގެން މަޖިލިހަށް ތައާރަފުކުރަން ނިންމާފައިވާ އިލެކްޓްރޯނިކް ޕެޓިޝަން (އީ-ޕެޓިޝަން) ނިޒާމުގެ ސިޔާސަތު ކަރުދާހަށް އާންމުންގެ ޚިޔާލު ހޯދަން ހުޅުވާލައިފި އެވެ.

މަޖިލީހުގެ އިދާރާ އިން މިއަދު ބުނީ، އެ އެތަނާއި ޔޫއެންޑީޕީ ގުޅިގެން ތައާރަފުކުރަން ނިންމާފައިވާ ނިޒާމުގެ ސިޔާސަތު ކަރުދާހަށް މި މަހުގެ 29 އާ ހަމައަށް ހިޔާލު ހުށަހެޅޭނެ ކަމަށެވެ. ހިޔާލު ހުށަހަޅަން ޖެހެނީ ޕެޓިޝަން ކޮމިޓީ އަށް އީމެއިލް މެދުވެރިކޮށް ނުވަތަ އެކަމަށް ޚާއްސަ ލިންކް އިންނެވެ.

އީ-ޕެޓިޝަން ނިޒާމާ ގުޅޭ ތަފްސީލުތައް ހާމަކުރުމަށް މައުލޫމާތު ބައްދަލުވުންތައް ބާއްވަން ނިންމާފައިވަނީ މިމަހުގެ 24 ވަނަ ދުވަހާއި 25 ވަނަ ދވަހުއެވެ. އެގޮތުން 24 ވަނަ ދުވަހު އޮންނާނީ، ސަރުކާރުގެ މުވައްސަސާތަކާއި ސިޔާސީ ޕާޓީތަކުގެ އިތުރުން ޔުނިވާސިޓީތަކާއި މަދަނީ ޖަމިއްޔާ ޖަމާޢަތްތަކަށް އޮންނަ ބައްދަލުވުމެވެ. މި ބައްދަލުވުން އޮންނާނީ ހެނދުނު 10:00 ގައެވެ. އާންމު ރައްޔިތުންނަށް މައުލޫމާތު ދޭ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ހަވީރު 4:00 ގަ އެވެ.

އީ-ޕެޓިޝަން ނިޒާމަކީ މިހާރު ޢަމަލުކުރަމުން އަންނަ ޕެޓިޝަން ނިޒާމު ޒަމާނީކުރުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހާއި ޔޫއެންޑީޕީ ގުޅިގެން ތައާރަފު ކުރުމަށް ނިންމާފައިވާ ނިޒާމެކެވެ. އެ ގޮތުން ވަކި ޢުމުރުފުރާއެއް ނެތި ކޮންމެ މީހަކަށްވެސް ޕެޓިޝަން ހުށަހެޅޭ ގޮތަށް އޮންނަ ނިޒާމަކަށް، މި ނިޒާމު ހެދުމަށްޓަކައި ޑިޖިޓަލް އައިޑީ ބޭނުންކޮށްގެން ވަދެވޭ ގޮތް ހެދުމަށް ވަނީ ނިންމާފައެވެ. މި ނިޒާމު ހެދިފައިވަނީ ކޮންމެ ރައްޔިތަކަށްވެސް ޕެޓިޝަނުގައި ސޮއިކުރުމުގެ ހުއްދަ އެއްފަހަރު ދެވޭ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުން އެކުލަވާލާފައިވާ ކަރުދާހުގައި ވަނީ ބަޔާންކޮށްފައެވެ.

އީ-ޕެޓިޝަން ނިޒާމު ތަޢާރަފުކުރުމަށް އެކުލަވާލި ކަރުދާހުގައިވާގޮތުން އީ-ޕެޓިޝަނެއްގައި ރާއްޖޭގެ އާބާދީގެ 0.2 އިންސައްތަ މީހުން ސޮއިކޮށްފިނަމަ އެ މައްސަލަ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ދިރާސާކުރުމަށްފަހު ފިޔަވަޅު އެޅާ، ސަރުކާރުގެ ސަމާލުކަމަށް އެކަމެއް ގެންނަން ޖެހެއެވެ. އަދި އާބާދީގެ 0.5 އިންސައްތަ މީހުން އީ-ޕެޓިޝަންގައި ސޮއިކޮށްފިނަމަ އެ ޕެޓިޝަނަކަށް މަޖިލީހުގައި ބަހުސްކުރަން ފޮނުވާނެއެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.