ކުޑަކުދިންނަށް ބުލީ ކުރުމާ ދެކޮޅަށް މަސައްކަތް ކުރާ ޓާސްކްފޯހުން ބާއްވި ނޫސްވެރިންގެ ބައްދަލުވުން
ހަބަރު
08 Apr 2024 | 15:59
ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަށް މުވައްޒަފުން ހޯދަން އިއުލާނުކޮށްފި

ހއ. ހޯރަފުށީގައި ހުޅުވަން ހަމަޖެހިފައިވާ ކުޑަކުދިންގެ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަށް މުވައްޒަފުން ހޯދަން އިއުލާނުކޮށްފި އެވެ.

ޖުވެނަލް ޖަސްޓިސް ޑިޕާޓްމަންޓުން އިއުލާންކޮށްފައި ވަނީ ޓެކްނިކަލް ޑިރެކްޓަރަކާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރަކާއި، އެސިސްޓެންޓް ކައުންސެލަރަކާއި، 2 ޕްރޮގްރާމް އޮފިސަރުން، 2 ސީނިއާ ޖުވެނަލް ޖަސްޓިސް އޮފިސަރުން، 2 މަސައްކަތު މީހުން، 2 ކައްކާ އަދި 6 ޗައިލްޑް ކެއާ އެޓެންޑެންޓުންނާއި 6 ސެކިޔުރިޓީ އޮފިސަރުން ހޯދުމަށެވެ.

އެ މަގާމުތަކަށް ކުރިމަތިލުމަށް ހޫލުވާލާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.

2019 ވަނަ އަހަރު ފާސްކޮށް، ޢަމަލުކުރަން ފެށި، ކުޑަކުދިންގެ ޢަދުލާ ބެހޭ ޤާނޫނުގައި ބުނާ ގޮތުން ކުށުގެ ވެށީގައި އުޅޭ ކުދިންނާއި ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކުދިން މަރުކަޒުކޮށް ފަރުވާދޭން ޖެހޭނެއެވެ. ނަމަވެސް ޤާނޫނު ފާސްކުރިތާ 5 އަހަރު ވެގެން ދިޔައިރުވެސް ރެސިޑެންޝަލް ސެންޓަރެއް ހެދުމުގެ މަސައްކަތެއް ނުނިމެއެވެ. ނަމަވެސް ކުރީ ސަރުކާރުން ވަނީ ދ. ކުޑަހުވަދޫގައި ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރެއް އަދި ހއ. ހޯރަފުށީގައި ހާފްވޭ ހައުސްއެއް އަޅަން ފަށާފައެވެ.

އެހެން ނަމަވެސް، ކުޑަހުވަދޫ ރެސިޑެންޝަލް ސެންޓަރުގެ ޙާލަތު ހުރި ގޮތުން ސަރުކާރުން ވަނީ ހޯރަފުށީގައި އެޅި ހަލފްވޭ ހައުސް ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަކަށް ބަދަލުކޮށް މި ހަފުތާގެ ތެރޭގައި އެ ތަން ބޭނުންކުރަން ނިންމައިފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ރެސިޑެންޝަލް ފަރުވާއަށް ފަހު އެ ކުދިން ބަދަލުކުރަން ޖެހޭނީ ހާފްވޭ ހައުސަށް ކަމަށެވެ. ފުރަތަމަ މަރުހަލާ ފުރިހަމަ ނުކޮށް، އެ ނިޒާމުގައި ދެ ވަނަ ސްޓެޕް އަކަށް ނުދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުޑަކުއްޖަކު އެޓް ރިސްކަށް އައުމާ ހިސާބުން ފެށިގެން އަޅުގަނޑުމެންނަށް އައިޑެންޓިފައިވާ ހިސާބުން އެ ކުއްޖާ ގެންދަން މި ޖެހެނީ މި ދެންނެވި ރެސިޑެންޝަން ޓްރީޓްމެންޓް ސެންޓަރަކަށް. އެ ރެސިޑެންޝަން ޓްރީޓްމެންޓްގަ ވަކި ވަރެއް ވަންދެން ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް ފަހުގަ ދެން މި ގެންދަން ޖެހެނީ ހަލފްވޭ ހައުސް ކިޔާ ތަނަކަށް. ހަލފްވޭ ހައުސަކީ ބޮޑަށް ކޮމިއުނިޓީއަށް ރީ އިންޓެގްރޭޓް ކުރުމުގެ ކުރިން އެ 

ކުއްޖަކު ބަހައްޓަން ލާޒިމު ކުރާތަން." ވަޒީރު ވިދާޅުވިއެވެ.

"މި ގޮތުން ހަލފްވޭ ހައުސެއްގެ ގޮތުގަ ހއ.ހޯރަ ފުށީގަ އެބަހުރި ތަނެއް ހެދިފަ. އެތަންވެސް ހުރީ އަދި ނުހުޅުވި އަޅުގަނޑުމެންނާ ހިސާބަށް އައި އިރު.

އަޅުގަނޑުމެންނަށް މި ދެންނެވި ސްޓެޕް ވަން، ދ. ކުޑަހުވަދޫގަ މަރުކަޒު ނުހުޅުވިއެއް ސްޓެޕް 2 އަކަށް ދެވުމަކީ އެއީކީ ކުރެވޭނޭ ކަމެއް ނޫން މިނިޒާމުގަ. އެހެންމަ އަޅުގަނޑުމެން މިހާރު ނަގާފަ އިން އެއް ޑެސިޝަން އަކީ ހޯރަފުށީގަ ހުރިތަން އަޅުގަނޑުމެން ފުރަތަމަ ފަށްޓާނީ ޖުވެނައިލް ރެސިޑޭންޝަލް ޓްރީޓްމެންޓް ސެންޓަރެއްގެ ގޮތުގަ ކަމަށް. އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ މި ފެށޭ ހަފްތާގަ އެތަން ހުޅުވާނަން." 

ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އިތުރަށް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.