ހުޅުމާލޭ ހޮސްޕިޓަލް-
ހަބަރު
09 Apr 2024 | 11:40
3 އަހަރު ތެރޭ ހުޅުމާލެ ހޮސްޕިޓަލް ޓަރޝިއަރީ ފެންވަރަށް ބަދަލުކުރެވޭނެ: ހަލީމް

ކުރިއަށް އޮތް 3 އަހަރު ތެރޭ ހުޅުމާލެ ހޮސްޕިޓަލް ޓަރޝިއަރީ ފެންވަރަށް ބަދަލުކުރެވޭނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުލްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ހަލީމް ވިދާޅުވީ ހުޅުމާލޭގައި ވަޒަންވެރިވާ މީހުން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާއިރު، ހުޅުމާލޭ ހޮސްޕިޓަލުގެ ވަސީލަތްތަކާއި ޖާގަވެސް އިތުުރު ކުރަންޖެހިފައިވާ ކަމަށެވެ.

އެހެންކަމުން މިއަހަރުތެރޭގައި 4 އޮޕަރޭޝަން ތިއޭޓަރުގައި މަސައްކަތްކުރަން ފަށާނެކަމަށާއި، އަދި އެންއައިސީޔޫ އާއި އައިސީޔޫގެ ޚިދުމަތްވެސް މިއަހަރުތެރޭ ފަށާނެ ކަމަށް ހަލީމް ވިދާޅުވިއެވެ.

ހަލީމް އިތުރަށް ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލުގެ ގޯތިތެރޭގައި 10 ފަންގިފިލާއަށް ހިއްލާފައިިވާ އިމާރާތެއް ގާއިމްކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާ، އެ މަސައްކަތައް ފައިނޭންސް ލިބުނުހާ އަވަހަކަށް އިމާރާތް އަޅަން ފެށޭނެ ކަމަށެވެ. އަދި އެއިމާރާތުގައި 250 އެނދާއި ޕްރައިވެޓް ރޫމުތަކެއް ޤާއިމް ކުރުމަށް ޕްލޭންކޮށްފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މި އިމާރާތް ގާއިމް ކުރެވިއްޖެ ކަމުގައި ވަނީ ނަމަ، ހުޅުމާލެ ހޮސްޕިޓަލަކީ ޓަރޝަރީ ފެންވަރުގެ ޚިދުމަތް ދެވޭ ހޮސްޕިޓަލަކަށް ބަދަލު ވެގެންދާނެ. މީގެ އިތުރުން މިހާރު ހުޅުމާލެ ހޮސްޕިޓަލްގައި ހުރި އީއާރު އިތުރަށް ބޮޑުކޮށް އެނދު އިތުރު ކުރުމުގެ މަސައްކަތްވެސް ކުރަމުން މިދަނީ. އަދި ޑައިލެސިސް ހަދާ ފަރާތްތަކަށް ޚިދުމަތް ދިނުމަށް އިތުރު 29 އެނދު ގާއިމް ކުރުމަށް ވަނީ ޕްލޭން ކުރެވުފައި. އިރާދަކުރެވިއްޔާ މި ބަންދު ތަކަށްފަހު މި ޕްރޮޖެކްޓަ ފަށާނަން.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުލްރައްޒާގް ހަލީމް 

މީގެ އިތުރުން، މިއަހަރުގެ ދެވަނަ ކުއާޓަރގެ ކުރިން އޮޕަރޭޝަން ތިއޭޓަރާއި އައިސީޔޫ އާއި އެން އައިސީޔޫގެ މަސައްކަތް އެއްކޮށް ނިމި ޚިދުމަތްދެވޭނެކަން ވެސް ހަލީމް ފާހަގަކުރެއްވިއެވެ. އަދި އަލަށް ހަދާ އިމާރާތަށް މިހާރުހުރި އިމާރާތުގެ ބައެއް މަސައްކަތް ބަދަލުކުރެވުމުން، މިހާރުގެ އިމާރާތުގައި އަންހެނުންނަށް ދެވޭ ފަރުވާގެ ޚިދުމަތް ފުޅާކުރެވޭނެކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.