ޑރ ޝަހީމް ޢަލީ ސަޢީދު- ފޮޓޯ/ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ
ހަބަރު
09 Apr 2024 | 10:31
މުސްލިމް ވޯލްޑް ލީގުގެ މަތީ މަޖިލީހަށް ޝަހީމް އައްޔަންކޮށްފި

މުސްލިމު ވޯލްޑް ލީގު, ރާބިޠަތުލްޢާލަމީލް އިސްލާމީގެ އެންމެ މަތީ މަޖްލީހުގެ މެންބަރަކަށް ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޢައްޔަންކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މުސްލިމް ވޯލްޑް ލީގުގެ މަތީ މަޖިލީހަށް ޑރ ޝަހީމް ޢައްޔަންކުރެއްވީ ރާބިޠާގެ ސެކްރެޓަރީ ޖެނެރަލް ޑރ މުޙައްމަދު ބިން ޢަބްދުލްކަރީމުލްޢީސާ ކަމަށެވެ.

ރާބިޠާގެ އެންމެ މަތީ މަޖްލީހަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ އިލްމީ ޝަޚުޞިއްޔަތުތައް ހިމެނޭހެން އެކުލެވިގެންވާ ރާބިޠަތުލްޢާލަމިލްއިސްލާމީގެ އެންމެ މަތީ މަޖްލީހެވެ. ރާބިޠާއަކީ އިސްލާމީ ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ބައިނަލްއަޤުވާމީ ޖަމިއްޔާއެވެ. އެތަނުގެ ހެޑް އޮފީސް ހުންނަނީ މާތްވެގެންވާ މައްކާގައެވެ.

ރާބިޠާގެ އެންމެ މަތީ މަޖްލީހަށް ޝަހީމް އައްޔަނު ކުރެވިފައިވާއިރު، އޭނާއަކީ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމުންގެ ތެރޭގައި ވެެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މީގެ އިތުރުން ޝަހީމް ވަނީ އޯއައިސީގެ އިސް މަގާމެއް ވެސް ފުރުއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Aug 2026
ބީއެމްއެލުން ދުވާލެއްގެ މައްޗަށް މިހާރު 2.7 މިލިއަން ޑޮލަރު ވިއްކާ
ސައީދު ވިދާޅުވީ މިއަހަރަށް ބަލާއިރު، އަހަރުގެ މިހާތަނަށް އެކަނިވެސް ބީއެމްއެލުން ވިއްކި ޑޮލަރުގެ މިންވަރު އިތުރުވެފައިވާކަމަށެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި 570 މިލިއަން ޑޮލަރު ވިއްކާފައިވާކަން ސައީދު ވިދާޅުވިއެވެ.
10 Aug 2026
ވަގުތީ މާރުކޭޓެއް ހަދައިދޭނެ ބަޔަކު ހޯދަން ކައުންސިލުން އިއުލާނު ކޮށްފި
ބީލަން ހުށަހެޅުމާއި އަގު ހުށަހެޅުން އޮންނާނީ މި މަހުގެ 23 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި މާލެ ސިޓީ ކައުންސިލްގައެވެ.
10 Aug 2026
އާބާދީ 60 އަށް ކުރީގެ ދެ ރައީސުން ތިނަދޫ ސިޓީއަށް
ތިނަދޫ ގައި އަލުން މީހުން އާބާދުވިތާ 60 އަހަރު ފުރުމުގެ މުނާސަބާގައި ބާއްވާ ހާއްސަ ޖަލްސާ އޮތީ މި މަހުގެ 22 ވަނަ ދުވަހުގެ ރެ އެވެ.
10 Aug 2026
ބޭޒޯސް ހިމެނޭ އިންވެސްޓަރުންގެ ގްރޫޕަކުން ލިވަޕޫލްގެ ހިއްސާ ގަންނަނީ
މި ކޮންސޯޓިއަމްގައި ބޭޒޯސްގެ އިތުރުން ފޭސްބުކްގެ އެއް ބާނީ އެޑުއާޑޯ ސަވެރިން ބައިވެރިވެއެވެ
10 Aug 2026
ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހުޅުވާލައިފި
މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބޭނެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވޭނެ އެވެ.
10 Aug 2026
ސްޓެލްކޯގެ 76 މުވައްޒަފަކަށް ޕޮލިޓެކްނިކް މެދުވެރިކޮށް ފަންނީ ކޯސްތަކެއް ފަށައިފި
10 Aug 2026
ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަން: ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް
ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު މީހުން އަދި ފެނިފައިނުވާ ކަމަށް ވެސް ބުންޏެވެ.
10 Aug 2026
އިހްތިސާސްގައި ހިމެނޭ ބިންތައް ނަގާތީ ޝާހިދުގެ ނުރުހުން ސަރުކާރަށް
ޝާހިދު ވިދާޅުވީ، ރަށްރަށުގެ އިޙްތިސާސްގައި ހިމެނޭ ބިންތައް ރައްޔިތުންގެ ބަހެއްނެތި ނެގޭ ގޮތަށް ބަދަލު ގެންނަން ހުށަހަޅައިފައިވާ އިސްލާޙަކީ ސީދާ ރައްޔިތުންނާ ދެކޮޅަށް ކުރާ ކަމެއްކަމަށެވެ