ހަބަރު
09 Apr 2024
ޑިންގީ އަކާއި ލޯންޗެއް ޖެހި، ދެ މީހަކަށް އަނިޔާވެއްޖެ
ހުޅުމާލެ ބަނާނާ ރީފް ކައިރިން ޑިންގީ އަކާއި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
09 Apr 2024
ދެކޮޅު ރޫހުގެ ވާހަކައަށް ޖާގަ ދޭނެހާ ވަގުތެއް ނެތް: ރައީސް
ސަރުކާރާއި ރައްޔިތުންނާއި ދެކޮޅަށް ދައްކަމުންދާ ވާހަކައަށް ޖާގަ ދޭނެހާ ވަގުތެއް ރައްޔިތުންގެ އަތުގައި ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެެވެ.
09 Apr 2024
މިރޭގެ ޖަލްސާގައި ކުރީގެ ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ގޮތަކީ ސަޕްރައިޒެއް ކަމަށް ޕީއެންއެފްއިން ބުނެފި
ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް މިރޭ ބާއްވަން ހަމަޖެހިފައިވާ ޚާއްސަ ޖަލްސާގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވާ ގޮތަކީ ސަޕްރައިޒެއް ކަމަށް ޕީއެންއެފްއިން ބުނެފިއެވެ.
09 Apr 2024
މިދިޔަ މަހުގެ ނިޔަލަށް ކަސްޓަމްސް އިން 13.9 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައި ވޭ
މިއަދު ކަސްޓަމްސްއިން ކުރެއްވި ޕޯސްޓެއްގައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މަރޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، ރާއްޖެއަށް އެތެރެ ކުރަން އުޅެނިކޮށް އަތުލައިގަނެވިފައިވާ މަސްތުވާތަކެތީގެ ތަފާސްހިސާބު ހާމަކުރައްވާފައެވެ. ޖުމުލަ 13.916 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައި ވާއިރު އެންމެ ގިނައިން އަތުލައިގަނެވިފައި ވަނީ ސިންތެޓިކް ކެތިނޯން އެވެ. އެގޮތުން 6.5 ކިލޯގެ ސިންތެޓިކް ކެތިނޯން އަތުލައިގަނެފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުން ދައްކައެވެ.
09 Apr 2024
ގަނާކޮށް އަނިޔާކުރާއިރު، ގިޔާމަތްދުވަހުން ތިމާގެ ގުނަވަންތައް އެކަމަށް ހެކިވާނެ
އެހެން މީހުންނަށާއި ކުދިންނަށް ގަނާކޮށް ނުވަތަ ބުލީކޮށް އަނިޔާކުރާއިރު، ގިޔާމަތްދުވަހުން ތިމާގެ ގުނަވަންތައް އެކަމަށް ހެކިވާނެކަން ވިސްނަންޖެހޭ ކަމަށް އައްޝެއިޚް އިބްރާހިމް މެންކު ވިދާޅުވެއްޖެއެވެ.
09 Apr 2024
2،000 އަށްވުރެ ގިނަ ޕަސެންޖަރުންނާއި އެކު ކްރޫޒްލައިނާ އައިޑަބެލާ ރާއްޖެއަށް!
2،000 އަށްވުރެ ގިނަ ޕަސެންޖަރުންނާއި އެކު ކްރޫޒްލައިނާ "އެމްއެސް އައިޑަބެލާ" ރާއްޖެއަށް ބަނދަރުކޮށްފިއެވެ.
09 Apr 2024
ކުޅުދުއްފުށީގައި މިމަހުގެ ކަރަންޓު ބިލުތަކުން 50 ޕަސެންޓްގެ ޑިސްކައުންޓް
ހދ. ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް މެދުނުކެނޑި ކަރަންޓްގެ ހިދުމަތް ދިނުމަށް ދިމާވި މައްސަލަތަކާއި ގުޅިގެން މި މަހުގެ ކަރަންޓު ބިލުން 50 އިންސައްތަ ޑިސްކައުންޓެއް ދިނުމަށް ފެނަކަ ކޯޕަރޭޝަނުން ނިންމައިފި އެވެ.
09 Apr 2024
ބިން ދޫކުރާނެ ކަމުގެ ޔަޤީންކަން ދިނުމުގެ ގޮތުން ލިޔުމެއް ދީފި
މިދިޔަ ސަރުކާރުގެ "ބިންވެރިޔާ ސްކީމް" ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ދޫކުރާނެ ކަމުގެ ޔަޤީންކަން ދިނުމުގެ ގޮތުން ބިން ލިބުނު ފަރާތްތަކަށް ލިޔުމެއް ފޯރުކޮށްދީފިއެވެ.