ޝެއިޚް އިބްރާހިމް މެންކު- ފޮޓޯ/ ދާރިސް ޓީވީ
ހަބަރު
09 Apr 2024 | 14:07
ގަނާކޮށް އަނިޔާކުރާއިރު، ގިޔާމަތްދުވަހުން ތިމާގެ ގުނަވަންތައް އެކަމަށް ހެކިވާނެކަން ވިސްނަންޖެހޭ: އިބްރާހިމް މެންކު

އެހެން މީހުންނަށާއި ކުދިންނަށް ގަނާކޮށް ނުވަތަ ބުލީކޮށް އަނިޔާކުރާއިރު، ގިޔާމަތްދުވަހުން ތިމާގެ ގުނަވަންތައް އެކަމަށް ހެކިވާނެކަން ވިސްނަންޖެހޭ ކަމަށް އައްޝެއިޚް އިބްރާހިމް މެންކު ވިދާޅުވެއްޖެއެވެ. 

ދާރިސް ޓީވީން ގެނެސްދޭ “ވިތް އިބްރާހިމް މެންކް” ޕްރޮގްރާމްގައި، ގަނާ ކުރާ ފަރާތްތަކަށް ދޭނެ މެސެޖެކާއި ގުޅެޭގޮތުން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ޝެއިޚް އިބްރާހިމް މެންކު ވިދާޅުވީ، ޤިޔާމަތް ދުވަހުން އެމީހެއް ކުޅަ އަމަލުތަކަށް ހެކިވާނޭ އެމީހެއްގެ ގުނަވަންތައް ކަން މާތް الله ސުބުހާނަހޫ ވަހީ ކުރައްވާފައިވާ ކަމަށެވެ. އަދި އެދުވަހުން އެއްވެސް މީހަކަށް ދޮގު ނުހެދޭނެ ކަމަށްވެސް ވިދާޅުވިއެވެ. 

ތިމާ އަނެކާއަށް ތިޔަ ބުލީ ކުރާ ކުރުމާއި ގުޅޭގޮތުން މާތް الله ސުބުހާނަހޫ ވަތަޢާލާގެ ހަޟުރަތުގައި ޖަވާބުދާރީވާންޖެހޭ ކަން އެނގެންވާނެ. އެދުވަހުން ތިމާގެ ދުލުން ދޮގެއް ނުހެދޭނެ. އެދުވަހުން، ތިމާ އެ އަތަކުން އަނެކާގައި ޖަހާ އަތް ވާހަކަ ދައްކާނެ. ތިމާގެ ފައި ވާހަކަ ދައްކާނެ. އެހެންވީމާ އެކަމާމެދު ވިސްނަންޖެހޭ. ތިމާ الله ސުބުހާނަހޫ ވަތަޢާލާގެ ކުރިފުޅުމަތީގައި ހުންނަންޖެހޭނެކަން ވިސްނާލާ. ތިމާގެ ޢަމަލުތަކާއިމެދު ޖަވާބުދާރީ ވާންޖެހޭނެ

ޝެއިހް އިބްރާހީމް މެންކު

މީގެ އިތުރުން، ޝެއިޚް އިބްރާހިމް މެންކު ވިދާޅުވީ، ގަނާ ކުރާ މީހާވެސް އުއްމީދު ކަނޑާލައިގެން ނުވާނެ ކަމަށެވެ. އަދި އޭނާއަށް އެ ކުރެވުނު އަމަލާއިމެދު ހިތާމަކޮށް، އަނިޔާ ލިބުނު މީހާގެ ކިބައިން މާޢާފަށް އެދި، މާތް الله ސުބުހާނަހޫ ވަތަޢާލާގެ ހަޟުރަތުގައިވެސް އެ ފާފަ ފުއްސަވައި އެމީހަކަށް އަފޫ ކޮށްދެއްވުމަށް އެދި ދުޢާ ކުރަންވާނެ ކަމަށް ވިދާޅުވިއެވެ. 

އެ ހާދިސާގެ ފަހުންވެސް، ބުލީ ކުރާ މީހާއަށްވެސް ދިރިއުޅުމާއިގެން ކުރިއަށް ދެވޭނެ. އެހެންވީމާ އޭނާވެސް، الله ސުބުހާނަހޫ ވަތަޢާލާ އެންގެވި މަގަށް ރުޖޫޢަވާށޭ

ޝެއިހް އިބްރާހީމް މެންކު

ޝެއިހް އިބްރާހީމް މެންކު ވިދާޅުވި ގޮތުގައި އިސްލާމް ދީނުގެ ރީތި ކަމާއި ފުރިހަމަ ކަން އެކަމުން އެނގިގެންދާ ކަމަށެވެ. މި ދީނުގައި، އަނިޔާ ކުރާ މީހާއަށްވެސް، ތައުބާވެ، ތިމާގެ ދިރިއުޅުން އިސްލާހުކޮށް، ރަނގަޅު މުސްލިމަކަށްވެ، މުޖުތަމަޢުއަށް ޚިދުމަތް ކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައިވާ ކަމަން ޝެއިޚް ފާހަގަކުރެއްވިއެވެ. 

އެހެންކަމުން، ވަގުތު ފާއިތުވުމުގެ ކުރިން އިސްލާހުވެ ހެޔޮ މަގަށް ރުޖޫއުވުމަށް ޝެއިޚްވަނީ ނަޞޭހަތްތެރިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހާއްސަ ހަރަކާތެއް ބާއްވަނީ
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކް، އޫރިދޫ އޮފީހުގެ ކުރިމަތީގައެވެ. މި ހަރަކާތް ހިންގަނީ މޯލްޑިވްސް ފްރީ ފްލައިންގ އެސޯސިއޭޝަނާއި އެޗްޑީސީ އަދި ޕެޓް މާސްޓާ ގުޅިގެންނެވެ.
08 Oct 2026
ވިލިމާލޭގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައި ހަތަރު މީހަކު ހައްޔަރަރަށް؛ 3 ފިލްމީ ތަރިއަކު ހިމެނޭ
މި އޮޕަރޭޝަނަކީ, މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދިޔަ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެކެވެ. ހައްޔަރުކުރެވުނު ހަތަރު މީހުންގެ ތެރެއިން ތިން މީހުންގެ ތެރޭގައި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ތިން މީހަކު ހިމެނެއެވެ.
08 Oct 2026
18 އަތޮޅެއްގައި "ސަރުކާރުގެ ހިދުމާތު މަރުކަޒު" ގެ ނަމުގައި މަރުކަޒުތަކެއް ރައީސް އުފައްދަވައިފި
ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި މި މަރުކަޒުތައް ހިންގާނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ދަށުންނެވެ.
08 Oct 2026
ދުވާރުމަތީ ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރި ނުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
އެ އިދާރާއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މީގެ ކުރިން ހުޅުމާލޭގައި ހިންގާ ހޮޓާ، ކެފޭ، ރެސްޓޯރެންޓް އަދި ޓޭކްއަވޭ ފިހާރަތަކުގެ ބޭރުގައި، ދުވާރު މައްޗާއި ހެޖުތެރޭގައި ގަވާއިދާ ހިލާފަށް ގޮނޑި، މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަކީ މަނާކަމެއް ކަން އިއުލާންކުރި ނަމަވެސް، ބައެއް ފަރާތްތަކުން އަދިވެސް މި ގާނޫނަށް އަމަލު ނުކުރާކަން ފާހަގަކޮށްފައެވެ.
08 Oct 2026
އައްޑޫ ސިޓީގައި ދަނޑުވެރިންގެ ދުވަސް ދަނޑުވެރިންގެ މާރުކޭޓަކާއެކު ފާހަގަކުރަނީ
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަންނަ ހަފްތާގެ ބްރާސްފަތިދުވަހުގެ ހަވީރު އައްޑޫ މީދޫގައި ދަނޑުވެރިންގެ މާރުކޭޓެއް ހުޅުވުމަށް ނިންމައި، އެ މާރުކޭޓުން ގޮޅި ދޫކުރުމަށް ވަނީ އިއުލާނުކޮށްފައެވެ
08 Oct 2026
ޑރ. އަޒްމިރާލްދާގެ މައްޗަށް ޖިނާއީ ދައުވާ ނުކުރެވޭނެ ކަމަށް ނިންމައި މައްސަލަ ފައިލްކޮށްފި
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ތަހުގީގު ފައިލް ބެލުމަށް ފަހު، ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ވަނީ ނިންމައިފައެވެ. ޕީޖީގެ އެ ނިންމުމާ ގުޅިގެން، ހެއްކާއި ގަރީނާ އިތުރަށް ވަޒަންކުރުމަށް ފަހު ފުލުހުން ވެސް މައްސަލަ ވަނީ ނިންމާފައެވެ.
08 Oct 2026
އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ
ޒަމާނީ ވަސީލަތްތަކާއި ހާއްސަ ތަޖުރިބާކާރުން ބިނާކުރުމުގެ އިތުރުން، ކުރީ މަރުހަލާގައި ކެންސަރުގެ ނިޝާންތައް ދެނެގަތުމުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރެވެން ހުރި ފުރުސަތުތައް ފާހަގަކުރައްވައި، އެ ޓެކްނޮލޮޖީ ރަނގަޅަށް ބޭނުންކުރެވޭ ވަރުގެ ސިއްހީ ދާއިރާގެ އިލްމީ ހުނަރުވެރީން ތަމްރީނުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
08 Oct 2026
ލައިސަންސް ނެތި ސައިކަލު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި
މާލޭގެ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާން އަންހެނަކު ނިޔާވި މައްސަލައިގައި، ލައިސަންސް ނެތި ސައިކަލު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.