ރައީސް ޑރ.މުޙައްމަދު މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
11 Apr 2024 | 13:43
ބޭރުގެ ދަރަނިތައް ދައްކަން ހުރި ހުރިހާ ތާރީހުތަކަކަށް ދައްކައިފިން: ރައީސް ޑރ.މުޢިއްޒު

މިހިސާަބަށް އައިރު، ރާއްޖެ އިން ބޭރުގެ ފަރާތްތަކަށް ދަރަނި ދައްކަން ޖެހޭ މުއްދަތުތަކަށް ދަރަނި ދައްކައިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުޢިއްޒު މިހާރު ލ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ލ.މާވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މަޝްރޫއުތައް ކުރިއަށްގެންދާނީ ފައިސާ ޗާޕުނުކޮށް އާމްދަނީ އިތުރުކޮށްގެން ބޭރުގެ ދައްކަމުން ކަމަށެވެ.

"މިހާތަނަށް، މި އޭޕްރިލް މަހާއި ހަމައަށަ އައިރުގައި، ޑެޑްލައިން އައިއްސަ ހުރި، މާނަ އަކީ ބޭރުގެ ދަރަނި ދައްކަން ހުރި ހުރިހާ ތާރީހު ތަކަކަށް އަޅުގަނޑުމެން ދަރަނި ދައްކައިފިން. އަޅުގަނޑުމެން ނުބާއްވަން އެއްވެސް އެއްޗެއް ނުދައްކާ."

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ ރައްޔިތުންގެ ނަމުގައި ނަގާފައި ހުރި ލޯނު ތަކުގެ އިތުރުން ސަރުކާރުގެ އެތެރޭގައި ހުރި ބިލު ތަކަށް ވެސް ފައިސާ ދައްކަމުން މަޝްރޫއުތައް ފަށައި އިގްތިޞާދު ކުރިއަރުވަން މަސައްކަތްކުރައްވަމުން ގެންދާ ކަމަށެވެ.

އިގްތިޞާދީ ކަންތަކަކާއި ގުޅޭ ބައިނަލްއަގުވާމީ ދެ އިދާރާ ކަމަށްވާ އައިއެމްއެފް އަދި ވޯލްޑްބޭންކުން ރާއްޖޭގެ ސިޔާސަތު ބަލައިގަތީ މި ސަބަބުތަކަށްޓަކައިކަން ފާހަގަކުރައްވާ ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، އެހެންނޫންނަމަ ރާއްޖެ ދަރަނިވެރިގެން ގޮސް ވެއްޓޭނީ ފުން އަދަވަޅަކަށް ކަމަށާއި އެ ދަރަނިން އަރައިނުގަނެވޭނެ ކަމަށެވެ.

ރައީސް ޑރ.މުޢިއްޒުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ލ.މާވަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް ވެސް މި ސިޔާސަތުގެ ދަށުން ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކޮމެންޓް
ނީ
މަށަށް ފެންނަނީ ހުސްވެސް ބޭކާރު ހަރަދު ކުރާތަން... ލޯނު ދައްކަން ފައިސާ ނެރުނު ދިމާލެއް ވެސް ހޯދަން އެބަ ޖެހޭ
12 Apr 2024
ގުޅޭ ލިޔުންތައް
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.
01 Aug 2026
ފީފާގެ މުބާރާތްތަކުގައި އިންވެސްޓަރުން ބައިވެރިކުރުމުގެ ޕްލޭން ދޫކޮށްލައިފި
01 Aug 2026
މިއަދުވެސް ވިއްސާރަ ކުރާނެ، ކަނޑުތައްވެސް ގަދަވާނެ
ވިލާގަނޑުގައި 40 މޭލު ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވޭ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.