14 Apr 2024
ފެންބޮޑުވި 5 ގެއެއްގެ މީހުނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި
ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގައި، މާލެ އަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ ގެއްލުންވި 5 ގެއެއްގެ 34 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
14 Apr 2024
ނިލަންދޫއިން 129 ގޯތި ދޫކުރަން އިއުލާނުކޮށްފި
ފ. ނިލަންދޫއިން ދިރިއުޅުމަށް 129 ބަންޑާރަ ގޯތި ދޫކުރުމަށް އިއުލާން ކޮށްފިއެވެ.
14 Apr 2024
އެންޓި ޑިފެކްޝަން ބިލު ތަސްދީގު ނުކުރެއްވުމަކީ ޑިމޮކްރަސީއަށް އަޅާ ހުރަހެއް: ޞާލިހު
ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ގޮތުގައި އިންތިހާބުވީ ޕާޓީ ދޫކޮށް އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މެމްބަރު އަމިއްލައަށް އިސްތިއުފާ ދޭންޖެހޭ ގޮތަށް މި މަހުގެ 1 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލު ތަސްދީގު ނުކުރައްވައި ލަސްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފާޅުގައި ޑިމޮކްރަސީ އަށް އަޅުއްވާ ހުރަހެއް ކަމަށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
14 Apr 2024
ނިލަންދޫ އެއާޕޯޓް އަވަހަށް ނިންމައި، މަގުތައް ހަދައިދޭން އެދިއްޖެ
ފ ނިލަންދޫ އެއާޕޯޓްގެ މަސައްކަތް އަވަހަށް ނިންމަވައި، އެ ރަށު މަގުތައް ރަނގަޅު ފެނަްވަރުގައި ހަދައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ އަރިހުން އެދިވަޑައިގެންފިއެވެ.
14 Apr 2024
ނިލަންދޫގެ އެއާޕޯޓު ވާނީ، އެންމެ ރަނގަޅު ފެންވަރުގެ އެއާޕޯޓަކަށް
ފ.ނިލަންދޫގެ އެއާޕޯޓުގެ މަސައްކަތް ނިމޭއިރު، އެ ރަށުގައި އެންމެ ރަނގަޅު ފެންވަރުގެ އެއާޕޯޓެއް އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
13 Apr 2024
މި ސަރުކާރުން ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކަމުން ދާކަމަށް ބުނެ އެމްޑީޕީއިން ކުރި ތުހުމަތު ދޮގުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މި ސަރުކާރުން ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކަމުންދާކަމަށްބުނެ އެމްޑީޕީން ނެރެފައިވާ ބަޔާން ޕީޕީއެމް/ޕީއެންސީއިން ދޮގުކޮށްފިއެވެ.
13 Apr 2024
މަގުތަކުން ފެން ހިންދުމަށް ސިފައިން ނުކުމެއްޖެ
ބޯކޮށް ވާރޭ ވެހި، މާލެ ސިޓީގެ މަގުތަކުގައި ފެންބޮޑުވެފައިވާތީ ފެން ހިންދުމުގެ މަސައްކަތް ސިފައިން ފަށައިފި އެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، މަގުތަކުން ފެން ހިންދުމަށް ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ބައެއް ގެތަކަށް ފެންވަންނަމުންދާތީ، ވެލި ބަސްތާ ޖެއްސުމުގެ މަސައްކަތުގައި އެމްއެންޑީއެފް އެފްއާރުއެސްއާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
13 Apr 2024
އައްޑޫގައި ތާރުއަޅަނީ ކަމަށްބުނެ ދިޔައީ ސިމެންތި ވެލި އަޅާފަ:ސަޢީދު
ފާއިތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި އައްޑޫގައި ތާރުއަޅަނީ ކަމަށްބުނެ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ހެއްދެވީ އިތުރުފުޅެއްކަމަށް އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.