ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު-- ފޮޓޯ: އެމްޑީޕީ
ހަބަރު
14 Apr 2024 | 11:14
އެންޓި ޑިފެކްޝަން ބިލު ތަސްދީގު ނުކުރެއްވުމަކީ ފާޅުގައި ޑިމޮކްރަސީއަށް އަޅުއްވާ ހުރަހެއް: ރައީސް ޞާލިހު

ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ގޮތުގައި އިންތިހާބުވީ ޕާޓީ ދޫކޮށް އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މެމްބަރު އަމިއްލައަށް އިސްތިއުފާ ދޭންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލު ތަސްދީގު ނުކުރައްވައި ލަސްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފާޅުގައި ޑިމޮކްރަސީ އަށް އަޅުއްވާ ހުރަހެއް ކަމަށް، ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ގއ. މާމެންދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، ރައީސް ޑރ.މުޢިއްޒު ހުންނެވީ އެބިލު ހިފަހައްޓަވައިގެން ކަމަށެވެ.

މިއީ އެފަދަ ގާނޫނަކަށް މުހިންމު ވަގުތެއްކަން ފާހަގަކުރައްވާ ރައީސް ޞާލިހު ވިދާޅުވީ، ބިލު އަނބުރާ މަޖިލީހަށް ފޮނުވާލައްވާނެ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށާއި، ބިލު އަނބުރާ ފޮނުވާލެއްވިޔަސް އަނެއްކާވެސް އެ ބިލް މަޖިލީހުގެ ތެރެއިން ފާސްކުރާނެ ކަމަށެވެ.

"މިފަދަ މުހިންމު ވަގުތެއްގައި އެފަދަ މުހިންމު ގާނޫނެއް ގެޒެޓުނުކޮށް، ގާނޫނަކަށް ނުހަދާ ހިފަހައްޓައިގެން އިންވުމަކީ އަޅުގަނޑު ދަންނަވާނީ ޑިމޮކްރަސީއަށް ފާޅުގަ އެމަނިކުފާނު އަޅުއްވާ ހުރަހެކޭ،"

ރައީސް ޞާލިހު ވިދާޅުވިއެވެ.

ބާރަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު އަބްދުﷲ ހުށައެޅުއްވި މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ.

މި ބިލުގައި ބުނާ ގޮތުން، އެމީހަކު އިންތިހާބު ގޮނޑިއަކުން 3 ހާލަތެއްގައި އިސްތިއުފާ ދޭންޖެހޭނެއެވެ. އެއީ އިންތިހާބުވި ޕާޓީން އަމިއްލައަށް ވަކިވުމާއި އެހެން ޕާޓީއަކަށް ބަދަލުވުމާއި އެހެން ޕާޓީއެއްގައި ދަފްތަރުވުން ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއަކާއި ގުޅުމެވެ.

މިއިން އެއްވެސް ކަމެއް މެދުވެރިވެއްޖެނަމަ 7 ދުވަހުގެތެރޭގައި އިސްތިއުފާ ދޭންޖެހޭނެކަމަށް ވެސް ބިލުގައި ވެއެވެ.

މި ބިލު އަދި ތަސްދީގުކުރައްވާފައި ނުވި ނަމަވެސް ރައީސް ޑރ.މުޢިއްޒު ވަނީ މީގެ ކުރިން މި ބިލާއި މެދު އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ހިއްސާކުރައްވާފައެވެ. މިގޮތުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، އިންތިހާބުވި ޕާޓީގަ ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި، މަޖިލީހުގެ މެންބަރުކަން ލިބެނީ ވަކި ޕާޓީއެއްގެ ޓިކެޓުގައި ވަކި ސިޔާސަތުތަކެއް ގެ ތެރެއިން ކަމަށްވާއިރު، އެ ތާއީދު ލިބުނު އަސާސްތައް ދޫކޮށްލައި އެހެން ޕާޓީއަށް ދިޔުމަކީ އެކަން އޮންނަންވާނެ ގޮތް ނޫން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.