ރައީސް ޑރ.މުޙައްމަދު މުޢިއްޒު ފ.ދަރަނބޫދޫ ކައުންސިލާއި އ.ތ.މ ކޮމިޓީ އާއި ބައްދަލުކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
14 Apr 2024 | 13:43
ދަރަނބޫދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޭނުންވާކަމަށް ރަށުގެ ކައުންސިލުން ބުނެފި

ފ.ދަރަނބޫދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޭނުންވާކަމަށް ރަށުގެ ކައުންސިލުން ބުނެފިއެވެ.

ރަށުގެ ކައުންސިލުން މިކަން ފާހަގަކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފާފު އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ދަރަނބޫދޫ ކައުންސިލާއި އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މިއަދު ހެނދުނު ދަރަނބޫދޫ ކައުންސިލު އިދާރާގައި ބޭއްވި ބައްދަލުވުމުގައިއެވެ.

މި ބައްދަލުވުމުގައި،  ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ރަށުގެ ކައުންސިލުން ފާހަގަކުރި އިރު، ރަށުން ދޫކޮށްފައި ހުރި ގޯތިތަކުގައި ގެދޮރުއެޅުމަށް ލުއިލޯނުފަދަ ލުއިފަސޭހަގޮތެއް ހޯދައިދިނުމަށް އެދުމާއި، ސްކޫލުގެ މަލްޓިޕަރޕަސް ހޯލްގެ މަސައްކަތް އަވަހަށް ނިންމަން ބޭނުންވާކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ.

ހަމައެއާއިއެކު، ރަށުގެ މަގުތައް ހެދުމާއި، ޞިއްޙީ ދާއިރާއިން ބޭނުންވާކަންކަމާއި، ފުޓްބޯޅަދަނޑު ރަނގަޅުފެންވަރަކަށް ހެދުމާއި ވޮލީ ކޯޓެއްގެ އިތުރުން ޕާކެއް ތަރައްޤީކުރަން ބޭނުންވާކަމަށް ވެސް ދަރަނބޫދޫގެ ކައުންސިލުން ވަނީ ރައީސް ޑރ.މުޢިއްޒު އަށް ދަންނަވާފައެވެ.

މި ބައްދަލުވުމުގައި އ.ތ.މ ކޮމިޓީން ވަނީ ބަޖެޓުގެ ދަތިކަމުގެ އިތުރުން، ކޮމިޓީގެ މަސައްކަތްތައް ހިންގުމަށް ލިބިފައިވާ އިމާރާތެއް ބޭނުން ހިފޭގޮތަށް ހެދުމަށް އެހީތެރިކަން ބޭނުންވާކަމަށް ބުނެފައެވެ.

ޒުވާނުންގެ މަރުކަޒާއި ވޮލީކޯޓާއި އަދި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ.މުޢިއްޒު ވިދާޅުވިއިރު، އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް އެދެވޭ ހައްލުތަކެއް ހޯދައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ޔަގީންކަން ދެއްވާފައެވެ. 

ހަމައެއާއިއެކު، މި ބައްދަލުވުމުގައި  ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ، ރައީސް ޑރ.މުޢިއްޒު ވަނީ ހިއްސާ ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.