ރައީސް ޑރ.މުޙައްމަދު މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
14 Apr 2024 | 15:28
ހިދުމަތް ދިނުމުގައި އެއީ ކޮން ސިޔާސީ ވިސްނުމެއްގައި ހުރި މީހެއްތޯއެއް ނުބަލާނަން: ރައީސް ޑރ.މުޢިއްޒު

ހިދުމަތް ފޯރުކޮށްދިނުމުގައި އެމީހަކީ ކޮންކަހަލަ ސިޔާސީ ވިސްނުމެއްގައި ހުރި މީހެއްތޯ ނުބައްލަވާނެ ކަމަށާއި، ބޭނުންފުޅުވަނީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކު ހިދުމަތް ދެއްވަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުޢިއްޒު ފ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ނިލަންދޫ އަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު މިފަދައިން ވިދާޅުވީ، ޕީއެންސީގެ ފަރާތުން ޅ. ހިންނަވަރު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުގެ ކެމްޕޭން ޖަލްސާއެއްގައި ސަރުކާރު މުވައްޒަފުންނާއި ވަކިން ހާއްސަކޮށް ފެލިވަރު ކާރުހާނާގައި މަސައްކަތްކުރާ މުވައްޒަފުން 'ކޮންޓްރޯލް' ކޮށް އެއްބާރުލުން ނުދީފި ނަމަ އެ މީހުންނާ މެދު ފިޔަވަޅު އަޅަން ގޮވާލާ ވީޑިއޯއެއް މީސް މީޑިއާގައި ފެންމަތިވުމާއި ގުޅިގެން އެކަމަށް އިޝާރާތްކުރައްވައެވެ.

މިގޮތުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ކޮންމެ ސިޔާސީ ވިސްނުމެއްގައި ހުއްޓަސް އެމީހަކު ހަމަހަމަވާނެކަމަށާއި، ހިދުމަތް ދިނުމުގައި ސިޔާސީ ފިކުރަށް ނުބަލާއިރު، އެއީ އެއްވެސް ހާލެއްގައި އެމަނިކުފާނުގެ އަދި އެމަނިކުފާނުގެ ޕާޓީން ވެސް ގެންގުޅޭ ވިސްނުމެއް ނޫން ކަމަށެވެ.

"ކޮންމެ ސިޔާސީ ވިސްނުމެއްގައި ހުއްޓަސް ހަމަހަމަވާނެ. އެމީހަކު ހުރި މަގާމެއް އެމީހަކު އެއީ ސިޔާސީ ކޮން ވިސްނުމެއްގައި ހުރި މީހެއްތޯއެއް ނުބަލާނަން. އެމީހަކަށް ދޭން ޖެހޭ ހިދުމަތެއް ދިނުމުގައެއް،"

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ސިޔާސީ ފޯރީގައި ނުވަތަ  ޖަޒުބާތެއްގައި ވިޔަސް މި ގޮތަށް މިހާ ސާފުކޮށް އޮތް ސިޔާސަތަކާއި ދެކޮޅަށް، ހިލާފުވާ ގޮތަށް ވާހަކަ ދެއްކުމަކީ ހިތާމަކުރައްވާ ކަމެއްކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، ސިޔާސީ ވިސްނުމެއްގެ ސަބަބުން ރައްޔިތުންގެ ވަޒީފާއަށް އެއްވެސް ނުރައްކަލެއް ނާންނާނެ ކަމަށެވެ.

މީގެ އިތުރުންވެސް ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ހަގީގީ މާނާގައި ހަމަޖެހުން ގެނެވޭނީ އެފަދަ ކަންތަކުން ދުރުވެގެން ކަމަށްވާއިރު، ސިޔާސީ ގޮތުން ހިޔާލު ތަފާތު މީހުން ޖަލަށް ލުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށާއި ސިޔާސީ ގޮތުން ވާހަކައެއް ދައްކައިގެން މީގެ ކުރިން ފުލުސް އޮފީހަށް ގެންދިޔަ ނަމަވެސް މިހާރު އެމަންޒަރު ނުފެންނާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.