ފެންބޮޑުވި ގެތަކުގައި ވެލި ބަސްތާ ޖަހަނީ-- ފޮޓޯ: އެންޑީއެމްއޭ
ހަބަރު
14 Apr 2024 | 11:36
ވާރޭގެ ސަބަބުން ފެންބޮޑުވި 5 ގެއެއްގެ މީހުނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގައި، މާލެ އަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ ގެއްލުންވި 5 ގެއެއްގެ 34 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭ އިން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ، ރެޕިޑް އެސެސްމަންޓްއިން އުޅެން ދަތިވާވަރަށް 9 ގެއެއް ފާހަގަކުރެވުނު ކަމަށާއި، އޭގެ ތެރެއިން 5 ގެއެއްގެ 34 ފަރާތެއް ބަދަލުކުރުމަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މި 5 ތަނުގައި ދިރިއުޅެން ދަތިވާ ވަރަށް ފެން ބޮޑުވުމުގެ ސަބަބުން ފާޚާނާ ކުރުމަށް ބުރޫ އަރާ ނަޖިސް ލީކް ވެފައިވާކަން ވެސް އެންޑީއެމްއޭ އިން ފާހަގަކުރިއެވެ.

އެ އިދާރާއިން ބުނީ، މި ގެތަކަށް ވަގުތީ ބޯހިޔާވަހިކަމާއެކު ކެއިންބުއިންވެސް ހަމަޖައްސައިދެވޭނެ ކަމަށާއި، މާދަމާއަކީ ސްކޫލްތަކުގެ އިމްތިހާން ފެށޭ ދުވަސްކަމުން، ސްކޫލް ދަރިވަރުންނަށްވެސް ކަންކަން ފަސޭހަވާނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށެވެ. އެގޮތުން އެންޑީއެމްއޭ އިން ބުނީ މިހާތަނަށް 73 ތަނެއްގައި 495 ވެލިބަސްތާ ވެސް ޖަހާފައިވާކަމަށެވެ.

މާލެއަށް ބޯކޮށް ވާރޭ ވެހި، މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ވަނީ 7 ސަރަހައްދެއްގައި 15 ޕަމްޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރިއަށް ގެންގޮސްފައިވާއިރު، މާލޭގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ގޭގެއަށާއި ފިހާރަތަކަށް ފެންވަދެ ލިބޭ ގެއްލުން ކުޑަ ކުރުމަށް ވެލިބަސްތާ ޖެހުންފަދަ މަސައްކަތްތަކުގައި ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.