ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު-- ފޮޓޯ: އެމްޑީޕީ
ހަބަރު
14 Apr 2024 | 13:36
މަޖިލީހަށް އިދިކޮޅު މެމްބަރުން އައުމުން ސަރުކާރަށް ދަތިވާގޮތް ޞާލިހު ވިދާޅުވެދެއްވައިފި

ރައްޔިތުންގެ މަޖިލީހަށް ސަރުކާރާއި އިދިކޮޅު މެމްބަރުން އައުމުން ދަތިވާގޮތް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެދެއްވައިފިއެވެ.

ރައީސް ޞާލިހު މިފަދައިން ވިދާޅުވީ، މި މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ލ.މާވަށަށް ވަޑައިގެން އެރަށުގައި ބޭއްވި އިދިކޮޅު އެމްޑީޕީގެ ޖަގަހަ ޖަލްސާގައި ވާހަކފުޅު ދައްކަވަމުންނެވެ.

މިގޮތުން ރައީސް ޞާލިހު ވިދާޅުވީ، މާވަށާއި ހިތަދޫއާއި ކުނަހަންދޫގެ އަސާސީ ހިދުމަތްތައް ފޯރު ކޮށްދިނުމަށްޓަކައި ކުރީ ސަރުކާރުން މަސައްކަތްތަކެއް ފެށި ނަމަވެސް ރައްޔިތުން ބޭނުންވި ހަލުއި މިނުގައި އެމަސައްކަތްތައް ނިންމާލެވޭ ގޮތް ނުވިކަމަށެވެ. އެހެންކަމުން، އެކަންތައް ފުރިހަމަކުރެވޭނީ މަޖިލީހުން ކަން ފާހަގަކުރައްވާ ރައީސް ޞާލިހު ވިދާޅުވީ އޭރު އެ ދާއިރާ ތަމްސީލު ކުރަން ހުރީ ކުރީގެ ސަރުކާރަށް ނިސްބަތްވާ މެމްބަރެއް ނޫން ކަމަށެވެ.

"ތިބޭފުޅުން މިދާއިރާ ތަމްސީލު ކުރުމަށްޓަކައި ތިބޭފުޅުން ހޮއްވެވީ އަޅުގަނޑުމެންނަށް ނިސްބަތްވާ ކެނޑިޑޭޓެއް ނޫން. އެޔާ ގުޅިގެން ގިނަ ދަތިތަކެއް އަޅުގަނޑުމެންނަށް އިހުސާސް ކުރެވުނު."

ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ ސަރުކާރަށް ތާއީދު ކުރާ ކެނޑިޑޭޓެއް ދާއިރާ ތަމްސީލު ނުކުރުމުގެ ސަބަބުން ދަތިތަކެއް އިހުސާސް ކުރަންޖެހުނު އިރު، ދާއިރާގެ ތަރައްގީއަށް ޓަކައި ކުރަން ބޭނުންވާ އެއްވެސް ކަމެއްގައި އެއްބާރުލުން ލިބިގެންގޮސްފައިނުވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.