އައްޑޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ- ފޮޓޯ/ ޕީއެންސީ
ހަބަރު
12 Apr 2024 | 23:30
އައްޑޫ ރައްޔިތުންނަކީ ތަރައްގީގެ އުއްމީދުގައި ދެބަދޭތެރޭ ތާއަބަދު ތިބޭ ބަޔަކަށް ވާން ބޭނުމެއް ނޫން: ރައީސް މުޢިއްޒު

އައްޑޫ ސިޓީގެ ރައްޔިތުންނަކީ ތަރައްގީގެ އުއްމީދުގައި، ދެބަދޭތެރޭ އަބަދު ތިބޭ ބަޔަކަށް ވާން ބޭނުން ނުވާ ކަމަށާ، ބޭނުންވަނީ ހަގީގީ ތަރައްގީ އެ ރައްޔިތުންނަށް ދައްކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން އައްޑޫ ސިޓީގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ މެނުފެސްޓޯގައިވެސް ވާފަދައިން، ރާއްޖޭގެ ސަދަން ޑިވެލޮޕްމަންޓް ޒޯންގެ މައި ހަބަކީ އައްޑުއަށް ހައްދަވާނެ ކަމަށެވެ. އަދި އައްޑޫ ރައްޔިތުންނަކީ ތަރައްގީގެ އުއްމީދުގައި ތާ އަބަދު ދެބަދޭތެރޭ ތިބޭ ބަޔަކަށް ވާން ބޭނުން ނުވާ ކަމަށްވެސް ވިދާޅުވިއެވެ. 

މިއީ ވަރަށް ގިނަ ވާހަކަ އިނގޭތޯ. ވަރަށް ގިނަ ކަންކަން ގުޅުލާމެހިގެން ދާ ކަންކަން.. އަޅުގަނޑު ބޭނުމެއް ނޫން ތިޔަ ލޮބުވެތި ރައްޔިތުންނަކީ ތަރައްގީގެ އުންމީދުގައި ތާއަބަދު ދެބަދޭތެރޭގައި ތިބޭ ބަޔަކަށް ވާކަށް. ތަރައްގީގައި ކުލަ ޖެހި، ހަގީގީ ސިފައިގައި. ނަތީޖާ ނެރެވި. ތަރައްގީ ދައްކައިދޭން ބޭނުންވޭ އަޅުގަނޑު ރައްޔިތުންނަށް.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

ރައީސް މުއިއްޒު ވިދާޅުވީ އައްޑޫސިޓީގެ ތަރައްގީގައި ހަގީގީ ކުލަ ޖެއްސެވޭނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން އެމަނިކުފާނަށް ދެއްވުމުން ކަމަށާ އެ އެއްބާރުލުން އައްޑޫގެ ރައްޔިތުން ދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މިއާއެކު ރައީސް މުއިއްޒު ވިދާޅުވީ އާންމުގޮތެއްގައި ސަރުކާރެއް އުފެދިގެން އަންނައިރު، ބޮޑެތި މަޝްރޫއުތަކާއި ޕްރޮޖެކްޓުތައް އިއުލާނުކޮށް އަމަލީ މަސައްކަތް ނުކުރާކަމަށެވެ. އެހެންނަމަވެސް، އެމަނިކުފާނު ބޭނުންވީ އެކަން ބަދަލު ކުރައްވަން ކަމަށާ، ފަސް އަހަރުގެ ދައުރުގެ މެދުތެރެއިންނާއި ފަހުކޮޅު މަސައްކަތް ފަށައިގަތުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ. އަދި ދައުރު ނިމެން ގާތް ވުމުން ދެން މަސައްކަތް ފެށުމަކީ އިޚްލާސްތެރި ނިޔަތުގައި ކަންކަން ކޮށްދިނުން ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނިމެން ގާތްވީމަ ދެން މަސައްކަތް ފެށީމާ އެއީކީ އިހުލާސްތެރިކަމެއް ނޫން. އަޅުގަނޑު ދެންނެވިން ރައްޔިތުން ގާތުގައި، އަޅުގަނޑަށް ޔަގީނުން ވެސް ވެރިކަމަކީ އަމާނާތެކޭ. ޒިންމާއެކޭ. ވަރުގަދަ މަސްއޫލިއްޔަތެކޭ. އަޅުގަނޑު މިހެން ޕޯޑިއަމްއެއް ކައިރީ ހުރެ ދެއްކި ވާހަކައެއް، އަދި ކޮންމެ ގޮތަކަށް ރައްޔިތުންނާ މުޚާތަބުކޮށް ދައްކާ ވާހަކައަކީވެސް، މި ތެދުވެރިކަމާ، މި އަމާނާތްތެރި ކަމާއި، ޒިންމާދާރުކަމާ އެކީގައި، އެކަމެއް ހަގީގަތަށް ހެދުމުގެ ނިޔަތުގައި ދެއްކި ވާހަކައެއް. ދައްކާ ވާހަހަކައެއް. އެހެންވީމަ ބޭނުންވަނީ ފުރަތަމަ ދުވަހުވެސް މަސައްކަތް ފަށަންށޭ. އެގޮތަށް ފެށީ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

އެގޮތުން އައްޑޫ ބްރިޖުގެ މަސައްކަތްވެސް، ދައުރު ނިމެންވީމާ ފެށުމުގެ ބަދަލުގައި، ފުރަތަމަ 100 ދުވަސް ތެރޭގައި ފެއްޓެވި ކަމަށާ، އޭގެ އަމަލީ މަސައްކަތް މިއަހަރު ތެރޭ ފަށައި، ދައުރު ނިމުމުގެ ކުރިން އެއްކޮށް މަސައްކަތް ނިންމަވާން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެން ނަމަވެސް، އެ މަސައްކަތަށްވެސް މަޖިލީހުން ހުރަސް އެޅިދާނެ ކަމަށާ، އެ ފުރުސަތު އިދިކޮޅަށް ނުދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ