ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު— ފޮޓޯ/ އެމްޑީޕީ
ހަބަރު
14 Apr 2024 | 23:54
ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް މަޖިލީހުގެ ތެރެއިން ފިޔަވަޅު އަޅަންޖެހޭ ވަގުތު އައިއްސި: ރައީސް ޞާލިހު

ރާއްޖޭގެ ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް މަޖިލީހުގެ ތެރެއިން ފިޔަވަޅު އަޅައި އެ ބޭފުޅުން މަގާމުން ވަކިކުރަންޖެހޭ ވަގުތު ޖެހިއްޖެ ކަމަށް ކުރީގެ ރައީސް، އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

‏ތ ތިމަރަފުށީގައި މިރޭ ކުރޮއަށްދިޔަ، މަޖިލީހުގެ އިންތިހާބުގައި، ތ.ތިމަރަފުށި ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓްގެ ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ވިދާޅުވީ، މި ސަރުކާރުން ވަނީ، ރާއްޖޭގެ މާލީ އަދި އިގްތިޞާދީ ހާލަތު އޮތް ގޮތް ރައްޔޮތުންނަށް ވަރަށް ބޮޑަށް އޮޅުވާލާފައި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި، އެމްޑީޕީ މެންބަރުން ތިބޭ ނަމަ، ވަގުތުން އެކަން ކަމާއި ގުޅޭގޮތުން ވެރިންނާއި ކަމާއި ބެހޭ ފަރާތްތަކާއި ސުވާލުކޮށް ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. 

ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް މަޖިލީހުގެ ދައުރު އެބައޮތް. ބަޖެޓް ފާސްކުރުމާއި. ގާނޫނުތައް ހެދުމާއި ވަޒީރުންނާއި ސުވާލުކޮށް މަގާމުން ވަކިކުރަންޖެހިއްޖެ ހާލަތެއްގައި އެކަން ކުރަންވެސް އެބައޮތް. އަދި އޭގެ އިތުރުން ވެރިއަކަށް ހުންނަ މީހާއާދޭތެރޭގައިވެސް އެފަދަ ކަމެއް ކުރަން ޖެހިއްޖެ ހާލަތެއްގައި ކުރުމުގެ ފުރުސަތު އެބަ އޮތް. އެކަން ގާނޫނު އަސާސީގައި ލިޔެފައި އެ އޮތީ މިފަދަ ވަގުތެއް އަތުވެދާނެ ކަމަށްޓަކައި. މިއަދު މިއޮތީ އެވަގުތު އައިސް ޖެހިފައި. ވެރިކަމުގައި ތިއްބެވި ބޭފުޅުން އެ ހައްދަވަމުންދާ ދޮގާއި އޮޅުވާލުންތަކުގެ ސަބަބުން، މަޖިލީހުގެ ތެރެއިން ފިޔަވަޅު އަޅަންޖެހޭ ހިސާބަށް މިއަދު ހިގައްޖެ. 

ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ޞާލިހު އިތުރަށް ވިދާޅުވިގޮތުގައި، މިސަރުކާރު އައި ފަހުން ދައުލަތުގެ ޚަރަދުތައް އިންތިހާއަށް ވަނީ ބޮޑުވެފައެވެ. އެގޮތުން، އެކި ވަޒީފާ ތަކަށް މީހުން ނަގައި އެމީހުންނަށް ކުރާ ހޭދަ އެމަނިކުފާނުގެ ސަރުކާރުގައި ކުރި ހޭދައަށްވުރެވެސް އިތުރު ކަމަށް ޞާލިހު ވިދާޅުވިއެވެ. އަދި ސިޔާސީ މަގާމުތަކަށް މީހުން ނަގައިގެން އެމީހުންނަށް މުސާރަ ދެމުން ދަނީ ރަށް ރަށުގައި މަޝްރޫއުތައް ހިންގުމަށް ހުރި ފައިސާ އިން ކަމަށްވެސް އެމަނިކުފާނު ވަނީ ތުހުމަތު ކުރައްވާފައެވެ. 

އެހެންކަމުން އެފަދަ ކަންކަން ބަލައި ސުވާލު ކުރުމަށް އެމްޑީޕީ މެންބަރުން މަޖިލީހަށް ހޮވަންޖެހޭ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. 

‏⁦‪

‬⁩

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.