ހަބަރު
17 Apr 2024
އިރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އިސްރާއީލުން ގިނަ ޤައުމުތަކެއްގައި އެދިއްޖެ
އިސްރާއީލުން އިރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލައިފިއެވެ. އިސްރާއީލުގެ ފޮރިން މިނިސްޓަރު ކަޓްޒް އަންގާރަ ދުވަހު ވިދާޅުވީ 32 ގައުމަކާ ގުޅިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެދިފައިވާ ކަމަށެވެ. އެގޮތުން އީރާނުގެ މިސައިލް މަޝްރޫއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށާއި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އިއުލާން ކުރުމަށް ގޮވާލާފައިވާކަމަށް ވެސް ކަޓްޒް ބުންޏެވެ.
17 Apr 2024
ލުބުނާނުން އިސްރާއީލުގެ ދިފާޢީ ނިޒާމަށް ނޭނގި ހަމަލާތަކެއް ދީފި
ލުބުނާނުން ފޮނުވާލި ހަމަލާތަކެއް ލުބުނާނުގެ ބޯޑަރު ކައިރީގައި އޮންނަ އަރަބި އަލް އަރަމްޝަށް އަމާޒުވެ ގިނަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް އިސްރާއީލުން ބުނެފިއެވެ. އިސްރާއީލުގެ ޤައުމީ އެމްބިއުލާންސް ޚިދުމަތާ ހަވާލާދީ ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ އުތުރުގެ އަރަބި އަލް އަރަމްޝޭއަށް ދިން ވައިގެ ހަމަލާގައި 13 މީހަކަށް އަނިޔާވެފައިވާކަން ކަށަވަރުވެފައިވާއިރު ހަތަރު މީހުންގެ ހާލު ސީރިއަސްއެވެ.
17 Apr 2024
ޑެންގީ ހުމާއި އަރިދަފުސް ރޯގާ ފެތުރުނު މިންވަރު އިތުރުވެއްޖެ
ރާއްޖޭގައި ރޯގާގެ ގޮތުގައި ޢާންމުކޮށް ފެތުރޭ ބަލިތަށް ފެތުރުނު މިންވަރު ފެބްރުއަރީ މަހާ އަޅާބަލާއިރު މާޗު މަހު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. މިއަދު އެޗްޕީއޭއިން ހާމަކުރެއްވި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޑެންގީ ހުމާއި އަރިދަފުސް ރޯގާ އަދި ބޭރަށްހިންގުން ވެސް މިދިޔަ މަހު ވަނީ އިތުރުވެފައެވެ.
17 Apr 2024
ރާއްޖޭގައި ވީޗެޓް ޕޭ ފެށުމަށް މަޝްވަރާކޮށްފި
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދާއި ވީޗެޓްގެ ރީޖަނަލް ޑިރެކްޓަރާއި ބައްދަލުކުރައްވައި، ރާއްޖޭގައި ވީޗެޓް ޕޭ ފެށުމަށް މަޝްވަރާކޮށްފިއެވެ.
17 Apr 2024
އުޞޫލުތަކާ ޚިލާފަށް އުމްރާއަށް ގެންދާ މީހުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
އުމްރާއަށް މީހުން ގެންދިއުމާ ބެހޭ ގޮތުން ރާއްޖޭގައި އަމަލުކުރަމުން އަންނަ އުޞޫލުތަކާ ޚިލާފަށް އަމަލުކުރަމުންދާ ޖަމާޢަތެއްގެ މައްސަލަ ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހަޅާނެ އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
17 Apr 2024
އޭރުވެސް މިހާރުވެސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވީ އެމްޑީޕީން: ސިޔާޒު
ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޝަރީއަތަށް ނުފޫޒު ކުރިންވެސް ފޯރުވީ އެމްޑީޕީން ކަމަށާއި އަދި މިހާރުވެސް އެކަން ކުރަނީ އެ ޕާޓީން ކަމަށް ކަމަށް އެ މަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުالله ސިޔާޒް ވިދާޅު ވެއްޖެ އެވެ.
17 Apr 2024
"އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" އަށް މެމްބަރުން އައްޔަންކުރައްވައިފި
"އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" އަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އައު މެމްބަރުން އައްޔަންކުރައްވައިފިއެވެ.
17 Apr 2024
ޔާމީން މިނިވަން ކުރެވޭނީ ކޯޓަށް، ރައީސަކަށް ނޫން: އަހްމަދު މުއިއްޒު
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ކޮންމެ ޕާޓީ އަކަށް މެޖޯރިޓީ ލިބުނަސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރެވޭނީ ކޯޓަށް ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
17 Apr 2024
ތުރާކުނަށް ވަނގާރު އަދި އުކުޅަހަށް ގަލަގިލި ފަޅު ދީފި
ހއ.ވަގާރަކީ އެއަތޮޅު ތުރާކުނުގެ ބައެއް ކަމަށް ކަނޑައަޅައި، ގަލަގިލި ފަޅަކީ އއ.އުކުޅަހު ގެ ބައެއް ކަމުގައި ކަނޑައަޅައިފިއެވެ.
17 Apr 2024
ވޯޓްލާ ވަގުތު ހަވީރު 5:30 އާ ހަމައަށް އިތުރުކޮށްފި
މި މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓްލާ ވަގުތު ހަވީރު 5:30 އާ ހަމައަށް އިތުރުކުރުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.