އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ހަބަރު
17 Apr 2024 | 16:09
އުޞޫލުތަކާ ޚިލާފަށް އުމްރާއަށް ގެންދާ ޖަމާއަތެއްގެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ފުލުހަށް

އުމްރާއަށް މީހުން ގެންދިއުމާ ބެހޭ ގޮތުން ރާއްޖޭގައި އަމަލުކުރަމުން އަންނަ އުޞޫލުތަކާ ޚިލާފަށް އަމަލުކުރަމުންދާ ޖަމާޢަތެއްގެ މައްސަލަ ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހަޅާނެ އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އަލްމަޝްޢަރު ހައްޖު އެންޑް އުމްރާ ގުރޫޕުގެ ހަވާލުގައި މައްކާއަށް ދިޔަ 50 އުމްރާވެރިން އެނބުރި ރާއްޖެ ނާދެވި ތާށިވި މައްސަލައެއް މިފަހުން ވަނީ ފެންމަތިވެފައެވެ. އެ ގުރޫޕަކީ މައްސަލަތައް ކުރިމަތިވާތީ އުމްރާ މީހުން ގެންދިޔުމުގެ ހުއްދަ ބާތިލަވެސް ކޮށްފައިވާ ގުރޫޕެކެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ހުއްދަ ބާތިލް ކުރުމުން، ޓްރެވެލް އޭޖެންސީއެއްގެ ނަމުގައު މި ރަމަޟާން މަހުވެސް އެ ގުރޫޕުންވަނީ މީހުން އުމްރާއަށް ގެމްގޮސްފައެވެ. 

މިފަދަ މައްސަލަތައް އެހެން ބައެއް ގްރޫޕްތަކުންވެސް ކުރިމަތިވާއިރު، އެކަމާއި ގުޅިގެން ވަޒީރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އުމްރާއަށް މީހުން ގެންދިއުމާ ބެހޭ ގޮތުން ރާއްޖޭގައި އަމަލުކުރަމުން އަންނަ ރަސްމީ އުޞޫލުތަކާ ޚިލާފަށް މީހުން އަތުން ލާރި ނަގައި އެއަށް އިހުމާލުވަމުންދާ ޖަމާޢަތެއްގެ މައްސަލަ ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަށް މިއަދު ޕޮލިހަށް ހުށަހަޅާނެ ކަމަށެވެ. 

އަމިއްލަ ޖަމާޢަތްތަކުގައި އުމްރާއަށް ދާ ފަރާތްތަކުން، އެ ޖަމާއަތަކީ ރަސްމީ ހުއްދަ އޮތް ޖަމާއަތެއްތޯ ކަށަވަރު ކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ތަކުރާރުކޮށް އިލްސްތިމާސް ކުރެއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވެބްސައިޓުގައި ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދެވިފައިވާ ކުންފުނިތަކުގެ ލިސްޓުވެސްވަނީ އާންމުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ލައިސަންސް ނެތި ސައިކަލު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި
މާލޭގެ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާން އަންހެނަކު ނިޔާވި މައްސަލައިގައި، ލައިސަންސް ނެތި ސައިކަލު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
08 Oct 2026
ގދ. އަތޮޅަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު
ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ މާލެއިން ހުވަދު އަތޮޅަށް ދަތުރު ކުރަމުންދާ ބޯޓެއްގައި މީހަކު ގދ. އަތޮޅުގެ އެކި ރަށްރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ.
08 Oct 2026
އެލްޖީއޭގެ ޚަރަދު ބަޖެޓަށްވުރެ އިތުރުވިކަމަށް ދައްކާ ސަބަބު ސާފުކޮށްދީފި
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް ޚަރަދުކޮށްފައިވާ ކަމަށް ދައްކަނީ، އަލަށް އުފެއްދި އަތޮޅު ގޮފިތަކުގެ ޚަރަދުތައް އެ އޮތޯރިޓީގެ ޚަރަދުތަކުގެ ތެރޭގައި ހިމެނުމުން ކަމަށް އެލްޖީއޭ އިން ހާމަކޮށްފިއެވެ.
08 Oct 2026
ވަޤުފްއާ ބެހޭ ކުންފުނީގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ދަފްތަރު ނަންބަރު ރސ 12132، އިޒްޒައްދީން ޢަދުނާން އެވެ. އަދި މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ދ. ކުޑަހުވަދޫ، މަތަރަސްމާގެ، ޔާމީން އިދްރީސް އެވެ.
08 Oct 2026
ވިލިމާލޭގެ ބައެއް ސަރަޙައްދުތަކުން ފެނުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް
ވިލިމާލޭގެ ފެނުގެ ނެޓްވޯކް މަރާމާތުކުރުމުގެ މުހިންމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު މެންދުރުފަހު ވިލިމާލޭގެ ބައެއް ސަރަޙައްދުތަކުން ފެނުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ.
08 Oct 2026
ޒަމާނީ ދިރިއުޅުމުގައި ކަރަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވާނީ ކިހިނެއް؟
އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހިފައިވާ އެއް ގުނަވަނަކީ އަޅުގަނޑުމެންގެ ކަރެވެ. ސްމާޓްފޯނުތަކާއި ކޮމްޕިއުޓަރުތަކުގެ އިސްކުރީނުތަކަށް ގުދުވެގެން އެތައް ގަޑިއިރެއް ހޭދަކުރުމަކީ މިއަދު އާންމު އާދައަކަށް ވެފައިވާއިރު، މިކަމުގެ ސަބަބުން ކަރަށާއި މައިބަދައަށް ކުރާ ނޭދެވޭ އަސަރުތައް އިންތިހާއަށް ބޮޑެވެ.
08 Oct 2026
މަގުމަތި އަމާންތަނެއްގެ ގޮތުގައި ބޭއްވުމަށް އެންމެ މުހިންމީ ކޮންކަމެއް؟
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަކީ ހަމައެކަނި އުޅަނދު ދުއްވާ ފަރާތްތަކުގެ އެކަނި ޒިންމާއެއް ނޫނެވެ. އެއީ މަގު ބޭނުންކުރާ ހަމަ އެންމެންގެވެސް ޒިންމާއެކެވެ
08 Oct 2026
ފައިސަލް ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައިފި
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައި، ރަނިންމޭޓަކަށް މޭޔަރު އާދަމް އާޒިމް ހަމަޖައްސަވައިފިއެވެ. ރައީސް ޞާލިޙްގެ ތާއީދު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.