ހަބަރު
18 Apr 2024
ޝަރުޢީ ދާއިރާގެ މައްޗަށް ރައީސްގެ ނުފޫޒެއް ނެތްކަން މިއަދު ސާބިތުވެއްޖެ - ހީނާ
ޝަރުޢީ ދާއިރާގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނުފޫޒެއް ނެތްކަން މިއަދު ހާމަ ވެއްޖެ ކަމަށް ޕީއެންސީގެ މަޖިލިސް އިންތިޚާބުގެ އިސް ތަރުޖަމާނު، އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
18 Apr 2024
ކުރީގެ ރައީސް ޔާމީނުގެ މައްޗަށް އިއްވި 4 އަހަރުގެ ޖަލު ޙުކުމް ހައިކޯޓުން ބާޠިލުކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ޙުކުމްތަކުގެ ތެރެއިން ރިޝްވަތުގެ ކުށުގައި އިއްވި ހަތަރު އަހަރުގެ ޖަލު ޙުކުމްގެ ހައި ކޯޓުން ދެންމެ ބާޠިލްކޮށް، އަލުން އެ މައްސަލަ ބަލަން ޢަމުރުކޮށްފިއެވެ.
18 Apr 2024
މުލީގެ ބައެއްގެ ގޮތުގައި ބޯހުރާ ކަނޑައަޅުއްވައިފި
މ. މުލީގެ ބައެއްގެ ގޮތުގައި އެ ރަށާ ޖެހިގެން އޮންނަ ބޯހުރާ ކަނޑައަޅުއްވައިފި އެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިފަދައިން ކަނޑައަޅުއްވާފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދިވެހި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ޤަރާރަށް 2014 ވަނަ އަހަރުގެ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ގެނައި އިސްލާހުގެ ދަށުން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ.
18 Apr 2024
ރޭސިންގ އަދި ޑްރިފްޓް ސްޕޯޓްސް އެރީނާއެއް ތަރައްޤީކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި
ރޭސިންގ އަދި ޑްރިފްޓް ސްޕޯޓްސް އެރީނާއެއް ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ސްޕޯރޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަން އާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. މި އެއްބަސް ވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ސްޕޯރޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަންގެ ފަރާތުން މިނިސްޓަރ އަބްދުﷲ ރާފިއު އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ.
18 Apr 2024
ނައީމަށް އިއްވި ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބަލަން އަންގައިފި
އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ރިޝްވަތު ދިންކަމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް، ހައިކޯޓުން މިއަދު ބާތިލުކޮށް، އެ މައްސަަލަ ކްރިމިނަލް ކޯޓުން އަލުން ބަލަން އަންގައިފިއެވެ.
18 Apr 2024
އައިޓީބީ ޗައިނާ 2024 ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
އައިޓީބީ ޗައިނާ 2024 ގައި ބައިވެރިވުމުގެ މުއްދަތު މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިތުރުކޮށްފިއެވެ.
18 Apr 2024
ހޯރަފުށީ އެއާޕޯޓަށް ގެންދިޔަ ފަޔާ ޓްރަކަކީ ބާ މުދާގަނޑެއް: މުބީން
ހއ.ހޯރަފުށީ އެއާޕޯޓުގައި ބޭނުންކުރުމަށް ގެންގޮސްފައިވާ ފަޔާ ޓްރަކަކީ 25 އަހަރުވީ "ބާ މުދާގަނޑެއް" ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓް އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.
18 Apr 2024
ފްލެޓްތައް ދޫކުރާނީ ލިސްޓްތައް މުތާލިޔާ ކުރުމަށްފަހު: ވަޒީރު
"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން 4،000 ފްލެޓުގައި ދިރިއުޅޭނެ ރައްޔިތުން ހޮވުމަށް ކުރީ ސަރުކާރުން ހަދާފައިވާ ލިސްޓް މުތާލިއާ ކުރަން ޖެހޭ ކަމަށާއި، އެއަށްފަހު ފްލެޓްތައް ދޫކުރަން ފަށާނެ ކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙުމަދު ވިދާޅުވެއްޖެއެވެ.