ޔޫސުފް ނަޢީމް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ް
ހަބަރު
18 Apr 2024 | 16:51
އާރަށް މައްސަލަ: ޔޫސުފް ނައީމަށް އިއްވި ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް އަންގައިފި

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ރިޝްވަތު ދިންކަމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް، ހައިކޯޓުން މިއަދު ބާތިލުކޮށް، އެ މައްސަަލަ ކްރިމިނަލް ކޯޓުން އަލުން ބަލަން އަންގައިފިއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް، ވ. އާރަށް، ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑްއަށް ދޫކުރީ ޔޫސުފް ނައީމް ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ރިޝްވަތެއް ދީގެން ކަމަށް ދައުލަތުގެ ދައުވާގައިވެއެވެ. އެ މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލީ ރިޝްވަތު ދިނުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެ، އޭނާގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވިއެވެ.

މި މައްސަލައިގައި ޔޫސުފް ނަޢީމްގެ ފަރާތުން ހުށަހަޅަފައިވާ އިސްތިއުނާފީ ނުކުތާތަކަށް ތާއީދުކޮށް އެކަން ކަމަށް އަލިއަޅުވާލައްވަމުން ހައިކޯޓުގެ ފަނޑިޔާރުން ވަނީ ދަށު ކޯޓުގެ ފަނޑިޔާރުން ހަދާފައިވާ ގޯސްތައް ފާހަގަކުރައްވާފައެވެ. 

އެގޮތުން، އެގޮތުން ދިފާއީ ހެކިންގެ ހެކިބަސް ނެގި ފަހުން ދައުލަތުން ފަހުން ހުށަހެޅި އައު ހެކިތައް ހުށަހަޅާފައިވާ ކަމަށާ، އެ ހެކިތައް ހުށަހެޅީ ދިފާއީ ހެކިން އައު ވާހަކަ ތަކެއް ދެއްކުމުން ކަމަށް ދައުލަތުން ބުނެފައޖުވާއިރު، ހަމައެކަނި އެ ބުނުމުގެ މައްޗަށް ބަރޯސާވެ، އައު ހެކިތައް ބަލައިގަތުމަށް ދަށު ކޯޓުގެ ފަނޑިޔާރު ހުއްދަ ދިނީ ކޮން ހަމައަކުންކަން ސާފު ނުވާ ކަމަށް ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ. 

މީގެ އިތުރުން، ފަނޑިޔާރުންގެ މަސްލަހަތަކަށް ވާން ޖެހޭނީ ދެ ފަރާތަށް ވެސް ހަމަހަމަ ގޮތެއްގައި ފުރުސަތު ދިނުން ނަމަވެސް އެގޮތަށް އަމަލު ކުރެވިފައިވާކަމަށް ބެލެވެން ނެތްކަމަށް ބުނެފައިވެވއެވެ.

އަފި އިންސާފުވެރި ނިންމުމަކަށް ވާސިލުވުމުގައި ފަނޑިޔާރު ރިއާޔަތް ކުރަން ޖެހޭނީ ހަމައެކަނި ދައުވާ ހުށަހެޅި ފަރާތަށް އެކަނި ނޫންކަމަށާއި މައްސަލައިގައި ރަނގަޅު ވަގުތީ ދިރާސާ ކުރުމަށްޓަކައި ވަކީލުންގެ ބައްދަލުވުންތައް ކުރިޔަށް ގެންދިއުމުގެ ފުރުސަތު ވެސް ދޭން ޖެހޭކަމަށް ހުކުމުގައި ވެއެއެވެ. 

ހަމައެހެންމެ، ޔޫސުފް ނަޢީމްގެ މައްޗަށް އަދަބު ކަނޑައެޅުމުގައި ގާނޫނުލް އުގޫބާތުގެ ރިއާޔަތް ކުރަންޖެހޭ ބައެއް މާއްދާ ތަކަށް ދަށު ކޯޓުގެ ފަނޑިޔާރު ރިޢާޔަތް ކުރައްވާފައުވާ ނުވާ ކަމަށްވެސް ހައިކޯޓުގެ ފަނޑިޔާރު ވިދާޅުވިއެވެ. 

އެއްވެސް ސަބަބެއް ބަޔާން ކުރުމެއް ނެތި މައްސަލައިގެ ހަސްމަކަށް ފުރުސަތު ނުދިނުމަކީ، އަދަލު ހުރި ގޮތެއް ނޫންކަމަށާއި އެއީ އިހުސާންތެރިކަމާއި ބީރަށްޓެހި ނާތަހުޒީބީ އަމަލުތަކެއްކަމަށް ހައިކޯޓުގެ ފަނޑިޔާރުންގެ ހުކުމުގައި ވަނީ ބުނެފަ އެވެ.

ދަށު ކޯޓުގެ ފަނޑިޔާރު އިސްވެ ބަޔާންވެދިޔަ ރޯމަރު ގޯސްތައް ހަދާފައިވާތީ ދަށު ކޯޓުގެ ހުކުމް ބާތިލްކަން ކަނޑައަޅަން ފެނޭ. ޝަރީއަތުން މައްސަލަތައް ނިންމަނީ ޖަމްޢުކޮށް އެންމެހާ ހެއްކަކުން ކުރެވޭ ދޭހައިގެ މައްޗަށް ބިނާކޮށް ކަމަށް ވާއިރު، ދައުލަތުން 2022 އޮކްޓޯބަރ 4 ވަނަ ދުވަހު ހުށަހެޅި ހެކިތަކަށް ރިއާޔަތއކޮށް އެ ހެކިތަކަށް ބުރަދަން ދީގެން ޔޫސުފް ނަޢިމްގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ނިންމި ނިންމުމަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމަކަށް ވާތީ އެ ހެކިތައް އެއްފަރާތް ކުރުމަށްފަހު ދައުވާއާ މެދު އަލުން ގޮތް ކަނޑައަޅަންޖެހޭ ކަމަށް ނިންމަން ފެނޭ… ޔޫސުފް ނަޢީމްގެ ފަރާތުން ދަށު ކޯޓުގައި ފާހަގަ ކުރި ކަންކަމަށް ދަށު ކޯޓުން ގޮތެއް ނިންމުމެއް ނެތި، ކުށް ސާބިތުވާކަމަށް ކަނޑައެޅިކަން އެނގެން އޮތް ހިނދު، ނުބެލި ހުރި ކަންތައްތަކެއް ފާހަގަވާތީ، މައްސަލަ އަލުން ބެލުމުގެ މަސްލަހަތު ބޮޑު ކަމަށް ފެންނާތީ މައްސަލަ އަލުން ބެލުމަށް ތަހުވީލު ކުރަން ނިންމަންފެނޭ

ފަނޑިޔާރު ހަސަން ޝަފީއު

އެހެންކަމުން، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތުފާގުން ކްރިމިނަލް ކޯޓުގެ ކުރީގެ ހުކުމް ބާތިލްކޮށް މައްސަލަ އަލުން ބެލުމަށް ތަހުވީލު ކުރަން ވަނީ ހުކުމް ކޮށްފައެވެ. 

ހައި ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު، ފަނޑިޔާރު ހުޒައިފާ މުހައްމަދު، އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް