ހަބަރު
28 Jan 2024
މަޖިލިސް ދެން ފެށޭނީ މެމްބަރު ހޮސްޕިޓަލުން ދޫކޮށްލުމުން: ސިރާޖު
ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު 1.30 އަށް ތާވަލުކުރެވުނު ރައްޔިތުން މަޖިލިހުގެ ޖަލްސާވަނީ ކުރިއަށް ގެންދެވޭގޮތް ނުވެފައެވެ.
28 Jan 2024
މަޖިލިހުގެ ރައީސް އަސްލަމް މާރާމާރީ ހިންގުމަށް ހިތްވަރުދިން: ޕީޕީއެމް/ޕީއެންސީ
ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ބޭއްވުނު ރައްޔިތުން މަޖިލިހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިތްވަރުދެއްވައިގެން މަޖިލީހުގައި މެންބަރުންގެ ގަޔަށް އަތްލައި މާރާމާރީ ހިންގާފައިވާތީ ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.
28 Jan 2024
ސިއްހީ ހާލަތްތަކަށާއި ގެއްލޭ މީހުން ހޯދުމަށް، ހެލިކަޕްޓަރުގެ ޚިދުމަތް ފަށަނީ
ގެއްލޭ މީހުން ހޯދުމާއި އިމަޖެންސީ ފަރުވާ ބޭނުންވާ މީހުން ވީހާ ވެސް އަވަހަށް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ހާއްސަކޮށްގެން ރާއްޖޭގައި ހެލިކޮޕްޓަރު ހިދުމަތް ފަށަން މިއަދު ނިންމައިފިއެވެ.
28 Jan 2024
އަސްލަމްގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށައަޅައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ އިތުބާރު ނެތް މައްސަލަ ޕީޕީއެމް/ޕީއެންސީ ޕީޖީ ގްރޫޕުން މަޖިލީހަށް ހުށައަޅައިފިއެވެ.
28 Jan 2024
ވަޒީރުންނަށް ރުހުން ނުދިނުމަކީ ދެވޭ ބޮޑު އަނިޔާއެއް
ރައްޔިތުން ހޮވާފައިވާ ވެރިޔަކު ކެބިނެޓަށް އައްޔަންކޮށްފައިވާ ވަޒީރުންނަށް މަޖިލީހުން ރުހުން ނުދިނުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
28 Jan 2024
މަޖިލިސް އެތެެރެ ހޫނުވެ، ގަޔަށް ބޮލަށް އަރައި މާރާމާރީ ހިންގަން ފަށައިފި!
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމާއި ގުޅިގެން މަޖިލިސް އެތެެރެ ހޫނުވެ، ގަޔަށް ބޮލަށް އަރައި މާރާމާރީ ހިންގަން ފަށައިފިއެވެ.
28 Jan 2024
މަޖިލިސް މެޖޯރިޓީ ޑިމޮކްރެޓިކް އުސޫލުން ބޭނުންކުރުމަށް ނާޒިމް ގޮވާލައްވައިފި
މަޖިލީހުގެ މެޖޯރިޓީ ޑިމޮކްރެޓިކް އުސޫލުން ބޭނުންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރު މުހައްމަދު ނާޒިމް ގޮވާލައްވައިފިއެވެ.
28 Jan 2024
ރުހުން ނުދިނަސް މުއިއްޒު ދުވެލީގައި ސަރުކާރު ހިނގަމުންދާނެ: އަބްދުއްރަހީމް
ވަޒީރުންނަށް ރުހުން ނުދިނަސް "މުއިއްޒު ދުވެލި" ގައި ސަރުކާރު ހިނގަމުންދާނެ ކަމަށް ރައީސް މުއިއްޒުގެ ހާއްސަ އެޑަވައިޒަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.