ދިވެހި ސިފައިންގެ އެއާފޯސް އިފްތިތާހު ކުރުން— ފޮޓޯ/ ވޮއިސް
ހަބަރު
21 Apr 2024 | 16:03
ރެއާއި ދުވާލު ދިވެހީންގެ ޚިދުމަތުގައި ސިފައިން ކުރާ މަސައްކަތް ޝުކުރާއެކު ބަލައިގަންނަން: ރައީސް މުޢިއްޒު

ރެއާއި ދުވާލު ދިވެހީންގެ ޚިދުމަތުގައި ސިފައިން ކުރާ ހިންމަތާއި މިންނަތް ޝުކުރާއެކު ހުރިހާ ދިވެހީންވެސް ބަލައިގަންނަ ކަމަށް ރަޢީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވެފައު ވަނީ ދިވެހި ސިފައިންގެ 132 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ގައުމާއި ރައްޔިތުންނަށްޓަކައި ރޭގަނޑާއި ދުވާލު އިހްލާސްތެރި ހިދުމަތުގައި ގަދަ ހިތްވަރާ އަޒުމާއެކު ދިވެހި ސިފައިން ކުރައްވަވާ ހިންމަތާއި މިންނަތް ދިވެހިން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކު

ރަޢީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

ދިވެހި ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، ޤާނޫނުއަސާސީއާއި ސިފައިންގެ ޤާނޫނުގައި ކަނޑައަޅާ ބަޔާންކޮށްފައިވާ ފަދައިން ދިވެހި ސިފައިން ތަރުތީބުކޮށް، ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ސަރަޙައްދު ސަލާމަތްތެރިކަމާއެކު ބެލެހެއްޓުމުގައި އަމިއްލަ ޤާބިލްކަން ހުރި ބަޔަކަށް ދިވެހި ސިފައިން ހެދުމުގެ މަސައްކަތް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

އެ ނިންމެވުމާއި އެއްގޮތަށް  "އެމް.އެން.ޑީ.އެފް އެއަރ ކޯރ" އުފައްދަވައި، ވައިގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސިފައިންގެ ބާރުގެ ޚިދުމަތަށް އެންމެ ފުރަމަތަ ފަހަރަށް އަންމޭންޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫ.އޭ.ވީ) ޑްރޯންގެ ޚިދުމަތް ވަނީ ފަށާފައެވެ. 

އެ ޑްރޯންގެ ފުރަތަމަ އޮޕަރޭޝަން އިއްޔެ ކުރިއަށް ގެންގޮސްފައިވާއިރު، އެ އޮޕަރޭޝަންގައި މ.ރަތްމަންދޫ ބޭރުން ފަރުމަސް ބާނަން ގޮސް އުޅެނިކޮށް ގެއްލުނު ދޯނި ވަނީ ހޯދައި އެ އޮޕަރޭޝަން ކާމިޔާބު ކަމާއެކު ނިންމާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.