ހަންކެޑެ މަޝްރޫއުގެ ބިންގާ އެޅުން-- ފޮޓޯ: ދިޔަރެސް
ހަބަރު
16 Apr 2024 | 10:08
ހަންކެޑެ ޕްރޮޖެކްޓްގެ ބިންގާ އަޅައިފި

އިންޓަގްރޭޓެޑް ޓޫރިޒަމްގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދަން ނިންމާފައިވާ ހަންކެޑެ ޕްރޮޖެކްޓް ގެ ބިންގާ އަޅައިފިއެވެ.

އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމަށް ފަށާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ހަންކެޑެ މަޝްރޫއު ގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިނިސްޓަރ އޮފް ހޯމްލޭންޑް އަލީ އިހުސާން ޝަރަފްވެރިކޮށްދެއްވި އިރު،  ފަތުރުވެރިކަމުގެ ދާއިރާގެ އެކިފަރާތްތަކާއި ދައުލަތުގެ އިސް ފަރާތްތައް ވެސް މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިހުސާން ވިދާޅުވީ، ރައީސް ޑރ.މުޢިއްޒު އަކީ ހުސްވައުދު ވެވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަމަށާއި އެމަނިކުފާނުގެ ވައުދުތައް ދައުރުގެ ކުރީ ކޮޅު ފަށައި ކުރިޔަށް ގެންދެވުމަކީ އެކަމުގެ ހެއްކެއް ކަމަށެވެ.

ހަންކެޑެ މަޝްރޫއަކީ އައްޑޫ ބަދަލު ކޮށްލާނެ ޕްރޮޖެކްޓެއް ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އެކަމުގެ ނަފާ އައްޑޫ ރައްޔިތުންނަށް މި ފަސް އަހަރުގެ ތެރޭގައި ފެނިގެން ދާނެ ކަމަށެވެ.

 ޗައިނާ ނެޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 2،080 އެނދުގެ މި މިޝްރޫއު  އޮތީ މިހާރު އަމަލީ މަސައްކަތް ފެށޭ ހިސާބުގައި ކަމަށް މީގެ ކުރިން ރައީސް ޑރ.މުޢިއްޒު ވަނީ އެމަނިކުފާނު އައްޑޫ އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި ވިދާޅުވެފައެވެ. އަދި މި މަޝްރޫއު ނިމިގެންދާއިރު، 1،980 ވަރަކަށް ވަޒީފާގެ ފުރުސަތު އައްޑޫ ސިޓީން ހުޅުވިގެން ދާނެ ކަމަށް ވެސް ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މި މަސައްކަތުގެ ވާހަކަ އެމްޑީޕީ ސަރުކާރުން 2021 ވަނަ އަހަރު ދައްކަން ފެށި ނަމަވެސް މިދިޔަ އަހަރު ނިމުނު އިރު ވެސް އެ މަސައްކަތެއް ނުފެށުނު ކަން ފާހަގަކުރައްވާ ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، މި ސަރުކާރުން ތަރައްޤީ ގެނެސްދޭނީ އަމަލީ ގޮތުން ކަމަށާއި، ހަމައެކަނި ވާހަކައެއްގެ ގޮތުގައި ފޮތެއްގައި ލިޔެގެން ނޫން ކަމަށެވެ.

އިންޓަގްރޭޓެޑް ޓޫރިޒަމްގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ މި މަޝްރޫއު، ކުރީ ސަރުކާރުން ފެށުމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ކޮމްޕެނީ (އެމްއެފްއެމްސީ) އާއި ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އާއި އެކު މިދިޔަ އަހަރު ސޮއި ކުރި ނަމަވެސް އޭރު އެ މަސައްކަތް ފަށާފައިއެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ