ރޭގެ ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ- ފޮޓޯ/ ޕީއެންސީ
ހަބަރު
18 Apr 2024 | 09:34
ކޯޓުތަކުގައި އެމްޑީޕީގެ ނުފޫޒު އޮތް މިންވަރު ދަނީ ހާމަވަމުން: ރައީސް މުޢިއްޒު

ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމަށް އެމްޑީޕީގެ ނުފޫޒް ފޯރާ މިންވަރު ހާމަވެ ޔަގީންވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރޭ ސޯސަންމަގުގައި އޮތް ކެމްޕެއިން ޖަލްސާއެއް ގައި ވާހަކަދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ގައުމުގެ ހަމަޖެހުން ގާއިމް ކުރުމަށް ޝަރުޢީދާއިރާއަށް ނުފޫޒް ފޯރުވުން ނިމުމަކަށް ގެނައުމަށް އެމަނިކުފާނު ވައުވެވަޑައިގެންނެވި ކަމަށެވެ. އަދި އެ ވައުދު މަތީގައި މިހާރުވެސް ހުންނެވި ކަމަށް ވިދާޅުވިއެވެ.

ސިޔާސީ ވެގެން، ސިޔާސީ މަގާމެއއގައި މީހަކު ހުރީތީ އެމީހެއްގެ ކިބައިން ބަދަލު ނުހިފާނަމޭ. ހައްޔަރު ނުކުރާނަމޭ. އެއްވެސް ވަރެއްގެ ޝަރީއަތެއް ނުހިންގާނަމޭ. ސިޔާސީ ވެގެންނެއް ޝަރުއީ ދާއިރާގެ ބޭނުމެއް އަދި އެހެން ކަމެއްގައިވެސް، ސަރުކާރުން ނުފޫޒް ފޯރުވައިގެނެއް ނުކުރާނަމޭ

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ރައީސް ވިދާޅުވުގޮތުގައި، އެމަނިކުފާނު ހުވާ ކުރެއްވި ދުވަހުވެސް، އެހިނދުން ފެށިގެން ޝަރުއީ ދާއިރާ މިނިވަންވެފައިވާ ކަމަށް ވިދާޅުވި ކަމަށާ އެ ހިނދުން ފެށިގެންވެސް މި ސަރުކާރުން ޝަރުޢީދާއިރާއަށް ފޯރުވި ނުފޫޒެއް ނޯންނާނެ ކަމަށެވެ. އަދި ޖުޑީޝަރީއަށް ނުފޫޒު ފޯރުވާނަމަ ގުޅިފަޅު ހިއްކުން ހުއްޓުވާ މޭޔަރުގެ ރޭހަށް ކޮންގްރެސްގެ އިން ނެރުނު ކެންޑިޑޭޓް އާޒިމާ ޝަކޫރަށް ކޯޓްތަކުން ކުރިމަތި ކުރުވި ކަންކަން އެ ގޮތަށް ހިނގީސްތޯ ރައީސް ސުވާލު އުފެއްދެވި އެވެ.

އެހެންވީމާ ޝަރުއީ ދާއިރާ އެއޮތީ ސަރުކާރުގެ ނުފޫޒުން މިނިވަން ކޮށްފައި

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

އެހެން ނަމަވެސް، ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ އެކުލެވިގެންވާ ގޮތް އޮންނަ ގޮތުން، އެތަނުގައި އަދިވެސް އޮތީ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ބާރު ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެ ކޮމިޝަނުގެ ރައީސަކީވެސް އެމްޑީޕީ މެންބަރެއް ކަމަށާ، އަދި އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އަކީވެސް ޖޭއެސްސީގެ މެންބަރެއް ކަމަށެވެ.

އެކަން މި ސާބިތުވަނީ، މީގެ ދުވަސްކޮޅެއް ކުރިން ނޫންތޯ ކުރީގެ ރައީސް، ރައީސް ޔާމިންގެ މައްސަލަ ލަސްވާތީ އެ މައްސަލަ ބަލަން ޖޭއެސްސީއަށް ހުށަހަޅާނަމޭ (އަސްލަމް ވިދާޅުވީ). އެވާހަކަ ވިދާޅުވިތާ ދެތިންދުވަސްތެރޭ މިހާރު އެ އޮތީ މާދަމާއަށް ޝެޑިއުލް ކޮށްފައި. މިއޮއްހާ ދުވަހު އެ ބޭފުޅުން ހިފެހެއްޓީ ނޫންތޯ. އެ ބޭފުޅުން ބޭނުންވީމަ އެބަ ޝެޑިއުލް ކުރެވޭ، އަޅުގަނޑު މީގެ ކުރީން ވެސް އާންމުކޮށް ހުންނާނެ ގޮވާލާފައި ހުންނާނެ ޖުޑީޝަރީއަށް އެމަނިކުފާނުގެ މައްސަލަ އިންސާފުވެރި ކަމާ އެކު އަވަހަށް ނިންމަަދޭށޭ. އެކަން އޮންނާނީ އަޅުގަނޑު ގޮވާލާފައި

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ރައީސް މުޢިއްޒު ވިދާޅުވީ ޔާމީން މިނިވަންވެވަޑައިގަތުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އުންމީދެއް ކަމަށާ ކެމްޕެއިން ގައި ވެސް ތަކުރާރުކޮށް އެ ވާހަކަ ވިދާޅުވެފައިވާނެ ކަަމަށެވެ. އަދި އިންތިހާބުން ކާމިޔާބު ލިބުމަށް ފަހު ބޭއްވެވި ފުރަތަމަ ބައްދަލްވުމުގައި އެންމެ ފުރަތަމަ ވެސް ގޮވާލެއްވީ ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމަށް ކަމަށެވެ. އަދި އޭގެ އަނެއް ދުވަހު އެމަނިކުފާނު ގެއަށް ބަދަލު ކުރެވުނު ކަމަށެވެ. 

އެހެން ނަމަވެސް ޖޭއެސްސީގެ ކޮންޓްރޯލް، ޖޭއެސްސީގެ ރައީސް އަކީ އެމްޑީޕީގެ ބޭފުޅެއް. މަޖިލީހުގެ ރައީސް އިހަށް ދުވަހު މި މައްސަލަ ޖޭއެސްސީއަށް ލާނަމޭ ހަމަ ވިދާޅުވެފައި، ދެތިން ދުވަހު ޝެޑިއުލް ވީމަ އެބަ އެނގޭ އެބޭފުޅުންގެ ކޮންޓްރޯލް އަދިވެސް ޖުޑީޝަރީ ތެރޭގައި ހިންގާވަރު. ވަރަށް ހިތާމަހުރި ކަމެއް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

މިއާއިއެކު ރައީސް ވިދާޅުވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށާ، ސިޔާސީ ގޮތުން އިންތިޚާބުވެފައި ތިބޭ މީހުން އެތަނުގައި ބައިތިއްބަން ބޭނުން ނުވާ ކަމަށެވެ. އަދި އެކަން އެކަން ކުރެވޭނީ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.