11 Dec 2023
ބަޖެޓުން ފުށިދިއްގަރު ފަޅު އުނި ކުރީ ގައުމީ ވިސްނުމެއްގައެއް ނޫން: އަހްމަދު ހަލީމް
ފުށި ދިއްގަރު ފަޅު ތަރައްގީކުރުމުގެ މަޝްރޫއަށް އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގައި ހިމެނި 400 މިލިއަން ރުފިޔާ ކޮމިޓީއިން އުނިކޮށް ބަޖެޓް ފާސްކުރަން ތަޅުމަށް ފޮނުވީ އިހުލާސްތެރި ވިސްނުމެއްގައި ނޫން ކަމަށް ރައްޔިތުގެ މަޖިލިހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް ހަލީމް) މިއަދު ވިދާޅުވެއްޖެއެވެ.
11 Dec 2023
ފެނަކައިގެ ޑީއެމްޑީއަކަށް ނާއިފް
ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ޕީއެންސީގެ ރެޖިސްޓްރަރ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ މަންދޫބްކަންވެސް ކުރައްވަވާ އިބްރާހިމް ނާއިފް އައްޔަން ކުރައްވައިފިއެވެ.
11 Dec 2023
ފުލުހުންނަށް ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭ ޕްރޮގްރާމެއް!
ފްރަންޓް ލައިންގައި މަސައްކަތް ކުރާ ފުލުހުންނަށް ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭ ޕްރޮގްރާމެއް ހިންގައިފިއެވެ.
11 Dec 2023
ނާއިބު ރައީސް ކިއުބާގެ ބޮޑުވަޒީރުގެ ނާއިބާއި ބައްދަލުކުރައްވައިފި
ނާއިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ކިއުބާގެ ބޮޑުވަޒީރުގެ ނާއިބު އިނޭސް މަރީއާ ޗަޕްމަން ވުއޯއު އާ ބައްދަލުކުރައްވައިފިއެވެ.
11 Dec 2023
އިޖުތިމާޢީ ތަރައްޤީއާ ބެހޭ ވުޒާރާގެ ނާއިބަކަށް ލަހުފާ!
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ނާއިބަކަށް، ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވަމުން އަންނަ މަރިޔަމް ލަހުފާ ޢައްޔަނު ކުރައްވައިފި އެވެ.
11 Dec 2023
ވަޤުފު އިމާރާތް އަޅަން ބޭނުންވާ ފަރާތްތަކަށް، ފުރުސަތު ހުޅުވާލައިފި!
‏ވަޤުފު އިމާރާތް އަޅަން ބޭނުންވާ ފަރާތްތަކަށް، ވަޤުފު ޤާއިމުކުރުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ.
11 Dec 2023
މިސްކިތް ބިނާ ކުރަން ބޭނުންވާ ފަރާތްތަކަށް ބިން ހަމަޖައްސައިދެނީ!
މިސްކިތް ބިނާ ކުރަން ބޭނުންވާ އަމިއްލަ ފަރާތްތަކަށް ބިން ހަމަޖައްސައިދިނުމަށް އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.
11 Dec 2023
އެއަރލައިނެއްގައި އަޅުވާ ފުރަތަމަ ދިވެހި ފިލްމުގެ ޝަރަފް "ނޮވެމްބަރަަށް"!
ބައިނަލްއަގުވާމީ އެއަރލައިނެއްގައި އަޅުވާ ފުރަތަމަ ދިވެހި ފިލްމުގެ ޝަރަފް ޑަރޑާކް ރެއިން އެންޓަޓެއިންމަންޓުން އުފައްދާފައިވާ "ނޮވެމްބަރ" ފިލްމުން ހޯދައިފިއެވެ.