ފްރޮންޓްލައިން ފުލުހުންނަށް ހިންގި ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭ ޕްރޮގްރާމްގެ ބައިވެރިން. ފޮޓޯ: ފުލުހުން
ހަބަރު
11 Dec 2023 | 18:15
ފްރަންޓް ލައިން ފުލުހުންނަށް ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭ ޕްރޮގްރާމެއް ހިންގައިފި!

ފްރަންޓް ލައިންގައި މަސައްކަތް ކުރާ ފުލުހުންނަށް ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭ ޕްރޮގްރާމެއް ހިންގައިފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ޕްރޮގްރާމަކީ “ސްޓްރެސް އެންޑް ޓްރޯމާ އިން ޕޮލިސިންގ'' ނަމުގައި ހިންގި ޕްރޮގްރާމެކެވެ.

ފުލުހުން ބުނެފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ވޯކްފޯސް ހެލްތް އެންޑް ވެލްބީންގ އާއި ދަ ވައިބް ޖަމުއިއްޔާ ގުޅިގެން ފެށި މި ސިލްސިލާގެ ފުރަތަމަ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މި މަހު 10 ވަނަ ދުވަހު ކަމަށެވެ.

ފްރަންޓް ލައިންގައި މަސައްކަތްކުރާ ފުލުހުންނަށް ހާއްސަކޮށްގެން މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ "ޓީ އެންޑް ޓޯކް" ކޮންސެޕްޓުގެ ދަށުން ކަމަށާއި، މި ޕްރޮގުރާމުގައި، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން، ފުލުހުން ނަފްސާނީ ދުޅަހެޔޮ ބަޔަކަށް ވުމުގެ މުހިންމުކަން، ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުން ތަހައްމަލްކުރަމުންދާ ތަފާތު ވައްތަރުގެ ޓްރޯމާތައް އަދި އެ ޓްރޯމާއިން އަރައިގަތުމަށް ބޭނުންކުރެވިދާނެ ބައެއް އުކުޅުތައް ކިޔައިދީ ތަފާތު އެކި މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

މި ޕްރޮގްރާމުގައި މައުލޫމާތުދެއްވީ އެންލައިޓް އަ މައިންޑްފުލް ކޮމިއުނިޓީގެ ފެސިލިޓޭޓާރުންނާއި ދަ ވައިބް ޖަމުއިއްޔާގެ ފެސިލިޓޭޓަރުންނެވެ. ފްރަންޓްލައިންގައި މަސައްކަތްކުރާ ހުރިހާ ޑިޕާޓްމަންޓް ހިމެނޭހެން 27 މުވައްޒަފުން މި ޕްރޮގްރާމްގައި ބައިވެރިވި ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

"ސްޓްރެސް އެންޑް ޓްރޯމާ އިން ޕޮލިސިންގ" ގެ ދަށުން، ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންގެ ނަފްސާނީ ދުޅަހެޔޮކަން މޮނިޓަރކުރުމަށް ވޯކްފޯސް ހެލްތް އެންޑް ވެލްބީންގ އިން ދަނީ އިތުރު ސެޝަންތަކެއް ހިންގުމަށް ވެސް މަސައްކަތްކުރަމުން ދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި ޕްރޮގްރާމުގެ މަޤްސަދަކީ ފުލުހުންނަށް ކުރިމަތިވާ ޓްރޯމެޓިކް ހާދިސާތަކުން ފަސޭހައިން އަރައިގަތުމަށް ދަސްކޮށްދިނުމާއި ފުލުހުންގެ ރެޒިލިއަންސް ވަރުގަދަކުރުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.